ދިވެހިންގެ މެދުގައި އެންމެ މަގުބޫލް "ޓިކްޓޮކް" ތަރި ކަމަށްވާ މަރިޔަމް ޝިފާ އޭނާގެ ބައެއް ވާހަކަތައް "ބައިސްކޯފް" އިން ގެނެސްދޭ "ލޮކްޑް އަޕް ވިތު" ޕްރޮގްރާމްގައި ހިއްސާ ކޮށްފިއެވެ. އޭނާ ދެއްކި ވާހަކަތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ވާހަކައަކީ ޝިފާ އެންމެ "ޓިކްޓޮކެއް" ހަދާލަން ބޭނުން ވަނީ ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އާއި އެކު ކަމަށް ބުނި ވާހަކައެވެ.
ޕްރޮގްރާމްގައި ޝިފާ އާއި ސުވާލު ކުރެވުނީ ރާއްޖޭގެ ޝަހްސިއްޔަތުތަކުގެ ތެރެއިން ޝަހްސިއްޔަތަކާއި އެކު ޓިކްޓޮކެއް ހަދަން ފުރުސަތު ލިބިއްޖެނަމަ އިހްތިޔާރު ކުރާނީ ކާކުތޯއެވެ. ޖަވާބުގައި ޝިފާ ބުނީ އޭނާގެ ޗޮއިސް އަކީ ޖާބިރު ކަމަށެވެ. ޖާބިރާއި އެކު ޓިކްޓޮކެއް ހަދަން ބޭނުން ވަނީ ވީޑިއޯތަކުން ފެންނަ ގޮތުގައި ޖާބިރަކީ ވަރަށް މަޖާ މީހަކަށް ވާތީ ކަމަށް ވެސް ޝިފާ ބުންޏެވެ.
@shifaaaaaaaa._
ޝިފާ އަކީ ބައެއް ފިލްމުތައް ވެސް ކުޅެފައިވާ ފަންނާނެކެވެ. އޭނާ ވަނީ ފިލްމު "ދެވަންސޫރަ"، "ނިވައިރޯޅި" އަދި "ފޯޓީ ޕްލަސް" ފަދަ ފިލްމުތަކުން ފެނިފައެވެ.
ޝިފާ ވަނީ އޭނާ "ޓިކްޓޮކް" ބޭނުން ކުރަން ފެށުނު ގޮތް ވެސް ހިއްސާ ކޮށްފައެވެ. ޝިފާ ބުނީ އޭނާ އަށް ޓިކްޓޮކް ތައާރަފް ކޮށްދިނީ ބެސްޓްފްރެންޑް ކަމަށާއި، އެއީ ފޫހިވެގެން އުޅޭތީ ބެސްޓްފްރެންޑް ކުރި ކަމެއް ކަމަށެވެ.
ރަން ކޮންނައެއް
މުސްތަފާއާއި .ޖާބިރު މީމީހުން ކަމަށް ބަލާ ވަރު ބައެއް ނޫން
ޝިފާ ޓިކް އެއް ހަދާލާށޭ ކީކޭބުނާނީ. ހަދާލާ ހަދާލާ މިހާރު ހެދޭނީ ފަހަކުން ނުހެދޭނެ ފަހުން ޖަވާބުދާރީ ވާންޖެހޭނީ.
އެއުޅެނީ އެހެން އެއްޗެއް ބޭނުންވެގެން. އަހަރުމެންމީ ގަމާރުންނެއްނޫނޭ. ރަންކޮޅޭ މޑޕ ގެ ކުރީސަފުގެ ކޮންމެވިޔަފާރިވެރިއަކު އަތުންވެސް ތިހޯދަން އުޅޭ އެތިލިބޭނެ.
މަހަމަ ހުވާ ތިވީގޮތުން ޖާބެ ތިޔަ މަންޖެއާ ނުގުޅައިފިއްޔާ ހިނގާނީ އެކޮޅުކޮޅުން!
ޝިފާ ތިއުޅެނީ ޖާބިރުއާ އިންނާނެ ގޮތެއް ހޯދަންތަ..؟
ޝިފާ..އޭނައަތަކު ލާރިއެެއް ނޯންނާނެ.. ދައްކަނީ ހުސް ދަޅަ. މާރަނގަޅުވާނެ ގާސިމްއާއި އެކު ޓިކްޓޮކް ކުޅުނަސް. މިހާރުވެސް އެހެރީ ނަހުލާ ރިސޯޓު އޯނަރަކައް ހަދާފަ.