ފޮޓޯ އިން ތިޔަ ފެންނަނީ ކޮންމެ ދުވަހަކު ފެންނާނެ ފަދަ މަންޒަރެއް ނޫނެވެ. އެއީ އާއްމު ގޮތެއްގައި ބުޅާ ތަކަކީ މީދާތައް ފަހައި ދުވާ ޖަނަވާރެއް ކަމުން މީދާތައް އުޅޭނީ ވީހައިވެސް ގިނައިން ބުޅާތަކަށް ފިލައިގެންނެވެ.

ނަމަވެސް، ފޮޓޯ އިން ތިޔަ ފެންނަނީ އިނގިރޭސިވިލާތުގެ ބާމިންގހަމްގެ ގެއެއް ތެރެއިން ފެނުނު ވަރަށްވެސް ތަފާތު މަންޒަރެކެވެ. އުމުރުން 43 އަހަރުގެ ސްޓޭފަން ބަދިގެ ތެރޭގައި ހުއްޓާ ސިޓިން ރޫމުން ބުޅާ ގޮވާ އަޑަށް ގޮސް ބެލިއިރު ފެނުނީ ވަރަށް ތަފާތު މަންޒަރެކެވެ.

އެހެންކަމުން ސްޓީފެން ވަނީ އޭގެ ފޮޓޯ އެއްވެސް ނަގާފައެވެ. ނޫސްތަކަށް މައުލޫމާތު ދެމުން ސްޓީފެން ބުނެފައިވާ ގޮތުގައި އެ މީދަލަކީވެސް ވަރަށް ފަހުން އެ ގެއަށް އޭނާގެ ކުޑަ ދަރިފުޅު ގަނެގެން ގެނައި އެއްޗެއް ކަމަށާއި ނަމަވެސް، މިހައިތަނާއި ހަމައަށް މީދާ ގެންގުޅުނީ ބުޅަލާއި ދުރުން ކަމަށެވެ.

އެ މީދާ ބައިންދާފައި އިންނަނަި ގެއިން ބޭރުގައެވެ. އެކަމަކު އެދުވަހު މީދާ ވަނީ އަމިއްލަ އަށް ގޭތެރެއަށް ވަދެ، ބުޅާ ކުރިމައްޗައް އަރައި، އޭތި ދެކެ ބިރު ނުގަންނަކަން ސާބިތު ކޮށްދީފައެވެ. އެއަށް ފަހު ބުޅާވެސް އެ މީދާ އަށް އުނދަގުލެއް ކުުރިމަތި ކުރުވާކަށް ނޫޅެއެވެ.

ބުޅަލަކާއި މީދަލެއް އުޅޭ މަޝްހޫރު ކާޓޫން ”ސްޓުއާޓް ލިޓްލް“ ގެ ކާޓޫނުގައި އުޅޭ ސްޓުއާޓުގެ ނަން އެ މީދަލަށް ދީފައި ވާއިރު، އިނގިރޭސިވިލާތުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ކުޑަ މީދަލަށް އަންނަނީ ބޮޑު ސަމާލުކަމެއް ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަމްޖޭ

    ވާއު ސޯ ކިއުޓް މީދާ ، ބަލާބެލުމަށް ލޯބި ބުޅަލަކާ ލޯބި މީދަލެއް... ?

    11
    4
  2. ޕ

    ޚަބަރުހުސްްވީ

    12
    8
    • އަހްމަދުބޭބެކޮއްކޮ

      ޚަބަރު ހުސްވީ ހޭވެސް ދެބައިވީ

  3. ސޒ

    މި ހަބަރު ކިޔާ ނިމޭއިރު ނޭނގެ ބުޅާ ތި މީދާ ނުކާލާކަމެއްވެސް....

    11
    1
    • ޝާދު

      އޭގަ އެބައިން ދޯ ލިޔެފަ "އެއަށް ފަހު ބުޅާވެސް އެ މީދާ އަށް އުނދަގުލެއް ކުުރިމަތި ކުރުވާކަށް ނޫޅެއެވެ.". އަދި އެއްފަހަރު ހަބަރު ކިޔާލަބަލަ.

  4. އެމަންޖެ

    ދެން ދެމީހުން ދިރިއުޅުމެއްފަށާ.

  5. ބައުކަލޯ

    ތީ ޓޮމް އެން ޖެރީގެ ތަންކޮޅެއް.