ރާޅާ އަޅަން ގޮސް އުޅުނު އޮސްޓްރޭލިއާގެ މީހަކަށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން މަރުވެއްޖެއެވެ.
އޮސްޓްރޭލިއާގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި ފެމުނު މިޔަރު (ގްރޭޓް ވައިޓް ޝާކް) ދަތް އެޅުމުގެ ސަބަބަން މަރުވެފައިވަނީ އުމުރުން 60 އަހަރުގެ ފިރިހެނެކެވެ.
އޮސްޓްރޭލިއާގެ ސްޓޭޓެއް ކަމަށްވާ ކުއީންސްލޭންޑް އަށް ނިސްބަތްވާ މި ފިރިހެން މީހާ ރާޅާ އަޅަން ގޮސްފައިވަނީ ކިންގްސްކްލިފްގެ މޫދަށް ކަމަށް ސާފް ލައިފް ސޭވިން ނިއު ސައުތް ވޭލްސް އިން ވަނީ ބުނެފައެވެ.
މި ހާދިސާއާއި ގުޅިގެން އެގައުމުގެ ފުލުހުން ބުނެފައިވަނީ ރާޅާ އަޅަން ގޮސް އުޅުނު މީހަކަށް މިޔަރެއް ހަމަލާ ދިން ކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދަށް ދިޔަ އިރު އާންމުންގެ ގިނަ ބަޔަކު އޭނާ ސަލާމަތް ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އޭނާ މަރުވެފައިވަނީ އެ ސަރަހައްދަށް ކަމަށާއި މިޔަރު ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ ފަލަ މަސްގަނޑަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށް ސާފް ލައިފް ސޭވިންއިން ވަނީ ބުނެފައެވެ.
މި ހާދިސާ އާއި ގުޅިގެން އެ ހިސާބުގެ ރާޅާ އަޅާ ސަރަހައްދު 24 ގަޑިއިރަށް ބަންދު ކުރުމަށް ނިންމައި އެ ހިސާބު އެއްކޮށް ހުރިހާ ގޮތަކުން ދިރާސާ ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިޔަރު ހޯދުމަށް ޖެޓްސްކީ އާއި ޑްރޯން އަދި ހެލިކަޕްޓަރު ތައް ވަނީ ނެރެފައެވެ.
މިޔަރުތައް ދިރާސާ ކުރަމުން އަންނަ ފަރާތަކުން ބުނެފައިވަނީ އެ ފިރިހެން މީހާގެ ފައިގެ ހުރި ނިޝާންތަކަށް ބަލާއިރު އެއީ ކުޑަ މިޔަރެއް ނޫން ކަމަށް އެނގޭ ކަމަށާއި ބެލެވޭ ގޮތުގައި އެ މިޔަރުގެ ދިގު މިނުގައި 9.8 ފޫޓު ހުންނާނެ ކަމަށެވެ.
މި ހާދިސާގައި މީހާގެ ހަށިގަނޑު ފެނިފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަހު ޑައިވިން އަށް ދިޔަ މީހަކަށް މިޔަރެއް ވަނީ ހަމަލާ ދީފައެވެ. މިއަދާއި ހަމައަށް އޭނާގެ ހަށިގަނޑު ފެނިފައެއް ނުވެއެވެ. އަދި އޭޕްރިލް މަހުގެ ތެރޭގައި ގްރޭޓް ބެރިއަރ ރީފުން މިޔަރެއް ވަނީ ވައިލްޑްލައިފް އޮފިސަރަކަށް ހަމަލާދީ މަރާލާފައެވެ.
ފެމުނު މިޔަރު(ޓައިގަރ ސާރކް)
ޖާބިރޫ ހީވޭތަކަމެއްހެން ކައިނުލަނީސް މައިތިރިވޭ އަވަހައް.
މިރާއްޖެއިންވެސް މިއަރުގެހަމަލާމަދެއްނޫން