އިންޑިއާގެ މަޝްހޫރު ޕްރޮޑިއުސަރ އެކްތާ ކަޕޫރް މި ވަނީ ޖޫން މަހުގެ 14 ވަނަ ދުވަހު މަރުވި އެކްޓަރ ސުޝަންތް ސިންގ ރާޖްޕުތް ފެނިގެން ދިޔަ ފުރަތަމަ ޑްރާމާގެ ފުރަތަމަ ސީންގެ ވީޑިއޯއެއް އާއްމު ކޮށްފައެވެ.

އުމުރުން 34 އަހަރުގެ ސުޝަންތް އަކީ 2008 ވަނަ އަހަރު ނުކުތް ސްޓާ ޕްލަސްގެ "ކިސް ދޭޝް މޭހޭ މޭރާ ދިލް" އެވެ. އެ ޑްރާމާގެ ދެވަނަ ލީޑް ތަރިއަކީ ޝުޝަންތް އެވެ.

އޭގެ ފަހުން ސުޝަަންތް ފެނިފައި ވަނީ ޕަވިތްރާ ރިޝްތާ އިންނެވެ. އޭނާ ކުޅުނު ބޮލީވުޑްގެ ފުރަތަމަ ފިލްމަކީ 2013 ވަނަ އަހަރު ނުކުތް ކައި ޕޯ ޗީ އެވެ.

އެކްތާ ކަޕޫރް އާއްމު ކުރި އެ ސީން އިން ފެނިގެން ދަނީ ކާރެއްގެ މަތީގައި އޮށޯވެގެން އޮންނަ މަންޒަރެެވެ. ދެން ފެންނަނީ އޭނާ ކާރުގައި ކޮޅަށް ހުންނަ މަންޒަރެެވެ. އަދި ގަހެއްގެ ފަތް ކޮޑިއެއް އަތަށް ލައިގެން އޭނާ އުޅޭއިރު، ދެން ފެނިގެން ދަނީ އޭނާ ކާރަށް އަރައިގެން ދާ މަންޒަރެެވެ. ދެން ފެނިގެން ދަނީ އެހެން ސީން އެކެވެ. އޭނާ ފުޓްބޯޅަ ކުޅެން ކުޅުންތެރިޔަކަށް އަނިޔާވެގެން ބިންމަތީގައި އޮއްވާ އޭނާއަށް އެހިވާ މަންޒަރު ފެނިގެން ދެއެވެ. އަދި އޭނާ ގޯލް ޖަހާ މަންޒަރުވެސް ފެނިގެން ދެއެވެ.

އެ ވީޑިއޯގައި އިންޑިއާގެ ޑްރާމާގެ ވައްޓަފާޅި އެބަހުއްޓެވެ. އެ އަޑުތަކާއި ރާގު އެބަ ހުއްޓެވެ. އަދި ސީންތައް ނަގާފައި ވަނީވެސް އިންޑިއާގެ ޑްރާމާތަކުން ފެންނަ ގޮތަށެވެ.

https://www.instagram.com/tv/CDk_B66AATO/?utm_source=ig_embed

ސުޝަންތްގެ ފުރަތަމަ ސީން އާއި ގުޅޭގޮތުން އަހަރެންނާއި ވަރަށް ސުވާލު ކުރޭ. މިއީ އަހަރެމެން އޭނާއާާއެކު ނެގި ފުރަތަަމަ ސީން މިއީ "ކިސް ދޭޝް މޭހޭ މޭރާ ދިލް". އެކްތާ ބުނެފައި ވެއެވެ.

އެކްތާ ބަނީ ސުޝަންތްއަށް ހެޔޮ އެދޭ ކަމަށް ބުނެފައެވެ.

ސުޝަންތް ވަނީ ފަހުންް ވަނީ ބައެއް އިތުރު ފިލްމްތަކުން ވެސް ފެނިގެން ގޮސްފައެވެ. އޭނާ އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދީ "އެމްއެސް ދޯނީ" ދަ އަންޓޯލްޑް ސްޓޯރީންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ....

    Kaley men dhn thi shushanth ehge vaahaka hutaalan vehje ehnu. Islam dheenuga shiruku marekan shake ne gothega bayaan koffa vaa gotha amila maru vyma ves ena varuge meehe nethigen abadhu meena ge vaahaka. Bola undhagoo vehjey. Mashakee vaguthu noos varah ginain kiyaa meehe ekm theena ge habaraa hedhi hikedey goe vehje. Umeedhaky amila a maruvaa meehun ge habaru tha feature koffa naaruvaane kama

    Vaguthuge kiuntheri e

    18
    9
  2. ނަބީހް

    ދެން ވެސް ތަބާވެ ފޮލޯކޮއް ހަަދަންވީ އެ މީހުންނައް ތޯ؟ ހޭވައްޓާލާ ބަލާ ނަމޫނާ ލިބިގަންނަންވީ އެ މީހުންގެ ސީ ރީސްތަކުން ތޯ؟
    ހު ރި ހިތާމައެއްގެ ބޮޑުކަމާއެވެ. ޝައިޠާނާ އެ ވަނީ އޭނާގެ މަޅީގައި އިންސާނުންގެ އަޢްލަބިއްޔަތު ޖައްސާފައެވެ.
    އަހަރެންގެ ނަސޭހަތަކީ އަހަރެމެން އަތުގައި ﷲ ތަޢާލާގެ ފޮތާ އެ އިލާހުގެ ރަސޫލާގެ މަގު އެބަ އޮތެވެ. އެ ސީދާ މަގު ދޫކޮށް އަހަރުމެން މި ފައިތިލަ ސާބިތުކޮށް ހިނގަމުން ދަނީ ޝައިޠާނާގެ ފިޔަވަޅުތަކުގައެވެ. ﷲ ގެ ވަޙީ ބަސްފުޅުގެ މާނަ ބައްލަވާ...
    'އަދި ތިމަން ރަސްކަލާނގެ ޤުރުއާނަށް ފުރަގަސްދީފި މީހާ(ދަންނާށެވެ)! ފަހެ ހަމަކަށަވަރުން އެ މީހަކަށް އޮތީ ދަތި އުނދަގޫ ދިރިއުޅުމެކެވެ. އަދި ޤިޔާމަތްދުވަހުން ކަނު މީހެއްގެ ގޮތުގައި އެމީހަކު މަހުޝަރަށް ފޮނުއްވާހުށީީމެވެ.'
    'އެ މީހާ ދަންނަވާނެތެެވެ. އަޅުގެ ވެރި ރަސްކަލާކޮ! ކަނު މީހެއްގެ ގޮތުގައި މިއަޅާ މަހުޝަރަށް ފޮނުއްވީ ކީީއްވެ ތޯއެވެ؟ހަމަކަށަވަރުން ލޮލަށް ފެންނަ މީހަކު ކަމުގައި ދުނިޔެމަތީގައި މި އަޅާ ވީމެވެ.'
    'އެކަލާނގެ ވަހީ ކުރައްވާނެތެވެ. ހަމަ އެފަދައިން ތިމަންރަސްކަލާނގެ އާޔަތްތައް ކަލެޔާ ހަމަޔަށް އައެވެ. ފަހެ އެ އާޔަތްތައް ކަލޭ ހަނދާން ނައްތައިލީމެވެ. ހަމަ އެފަދައިން މިއަދު ކަލޭގެ މަތިން ހަނދާންނައްތައި ލެވޭނެތެވެ.(އެބަހީ ﷲ ގެ ރަހުމަތުން މަހްރޫމް ކޮއްލެވޭނެތެވެ.)
    ޠާހާ ސޫރަތުގެ (124،125،126)..
    ސުވާލަކީ ޓީވީ ސީރީސްތަކާއި ނުބައި ޑައިލޮގްތަކާއި ދެ ޖިންސުގެ އައުރަ ނިިވާނުކުރާ މަސްހުނި މަންޒަރުތަކާއި ލަވަޔާއި މިޔުޒިކީ މަންޒަރުތައް ހެއްޔެވެ؟ ނުވަތަ ޤުރުއާން ހެއްޔެވެ؟ އެންމެހާ ދިވެހީންނޭ. ގޮތެއް ކަނޑައަޅާ...

    3
    2
  3. ހަސަނު

    "އަދި ގަހެއްގެ ފަތް ކޮޑިއެއް އަތަށް ލައިގެން އޭނާ އުޅޭއިރު" ???

    5
    2
  4. ޝެޒީ

    ނޫން ސުޝާންތް އަށް ވީގޮތް އެގެންބޭނުން. ޢޭނަގެ ހަބަރުތައް ކިޔާލަން ބޭނުން

    6
    6
  5. މާތް

    ކަމޯ، އެކަމަކުވާ.، ކާރުމަތީގަ ސީން މިނެޓެއް، ކޮޅަށް ހުންނަން މިނެޓެއް، ލޯހުޅުވާލަން މިނެޓެއް، ދޭތެރެެއަކުން ކަމާނުގުޅޭ ބޮޑުއަޑުފަތްގަނޑެއް

    1
    1
  6. ދެރަ

    އިންޑިޔާގެ ޑްރާމާ ތަކުން އެމީހުންގެ ދީނާއި ސަގާފަތް ޕްރޮމޯޓު ކުރާވަރު ތިޔަ ވީޑިއޯއިން ފެނިގެން އެބަދޭ.. ދިވެހި ޑްރާމާތަކާ ފިލްމުތަކުން ދިވެހިންގެ ސަގާފަތާ އިސްލާމް ދީން ޕްރޮމޯޓު ނުކުރަނީ ކީއްވެތަ؟

    8
    1