ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސަންޖޭ ދަތު އަށް ފުއްޕާމޭގެ ކެންސަރު ޖެހިފައި ހުރުމުން ފަރުވާ ހޯދުމަށް އެމެެރިކާއަށް ފުރައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އިންޑިއާގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މަޝްހޫރު ނޫސްވެރިޔާ ކޯމަލް ނަހްތާ ކުރި ޓްވީޓެއްގައެވެ.

ކޯމަލް ނަހްތާގެ ޓްވީޓުގައި ބުނެފައި ވަނީ ސަންޖޭ ދަތު ދާދި ފަހުން ބަލިވެ ޑޮކްޓަރަށް ދެއްކުމުން ވަނީ ފުއްޕާމެއަށް ކެންސަރު ޖެހިފައިވާކަން އެނގިފައި ކަމަށާއި ސަންޖޭއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ.

ސަންޖޭ ދަތު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މި ދަނޑިވަޅުގައި ސިއްހީ ހާލަތު ހުރި ގޮތުން މަސައްކަތްތަކާ ދުރަށް ޖެހިލަން ބޭނުންވާ ކަމަށެވެ. އަދި އާއިލާއިންނާއި ރަހުމަތްތެރިން އަދި ހެޔޮ އެދޭ މީހުން އޭނާ ރަނގަޅު ހާލެއްގައި ހުރުމަށް އެދޭ ކަމަށާއި އެކަމާ ޝުކުރުވެރިވާ ކަމަށް އޭނާ ބުންޏެވެ.

ސަންޖޭ ދަތުގެ ގާތް ރަހުމަތްތެރިއަކު "ޓައިމްސް އޮފް އިންޑިއާ" އަށް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި ކުއްލިއަކަށް ލިބުނު ހިތާމަވެރި ހަބަރާއެކު ސަންޖޭ ދަތަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި އެންމެ ބޮޑަށް އޭނާ ދެރަ ވަނީ ދަރިންނަށް ވާނެ ގޮތަކާއި މެދު ވިސްނައި ކަމަށް ސަންޖޭ ދަތްގެ ރަހުމަތްތެރިއާ ބުންޏެވެ.
"މިހާރު ދަނީ އޭނާ އަށް އިތުރު ފަރުވާ ހޯދުމުގެ މަސައްކަތް ކުރަމުން. ވަރަށް އަވަހަށް ސަންޖޭ ދަތު ފުރާނެ ބޭސް ފަރުވާ އަށް އެމެރިކާއަށް" ސަންޖޭގެ ރަހުމަތްތެރިއާ ބުންޏެވެ.

ސަންޖޭ ދަތު އެންމެ ފުރަތަމަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެ ދުވަހު އެޑްމިޓްވެ އޭނާގެ ކޮވިޑް-19އިގެ ޓެސްޓު ވަނީ ހަދާފައެވެ. އެ ޓެސްޓު ވީ ނައްސިއެވެ. އޭގެ އެއް ދުވަސް ފަހުން އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިމާލު ބެ

    ސޯސޭޑު.ގެޓުވެލްސޫން ބު ރޯ

    7
    1
  2. ބައްޕަ

    ދިވެހިން ވެސް ކެންސަރަށް ފަރުވާ ހޯދަން މިދަނީ އިންޑިޔާ އަށް ، މީނަ މިދަނީ އެމެރިކާ އަށް ، ރާއްޖޭމީހަކު މީނަ ޔަށް ގުޅާފަ ބުނެ ދީބަލަ އެމެރިކާ އަށް ވުރެ ރަނގަޅީ އިންޑިޔާގެ ކޮޗިން އޭ އަދި ހޮސްޕިޓަލުގެ ނަން ވެސް ބުނެދީ އޭރުން ފަސޭހަވާނެ

    10