އޮންލައިންކޮށް އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސްއަށް އެދުނު މީހަކަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދިޔައީ، އޭނާއަށް ލައިންސަންސް ކާޑުގައި އިން ފޮޓޯއިން އޭނާ ފެންނަން ނެތުމުންނެވެ. އެ ފޮޓޯގައި އޭނާގެ ބަދަލުގައި ފެންނަން އިނީ ހުސް ގޮޑިއެކެވެ.

އެމެރިކާއަށް ނިސްބަތްވާ ޖޭޑް ޑޯޑް ނަމަކަށް ކިޔާ އެ އަންހެން މީހާ އާ އައިޑީ ލިބުނީ މެއިލް މެދުވެރިކޮށެވެ. އޭނާއަށް ހައިރާންކަން ލިބިގެން ދިޔައީ އެ ކާޑު އޭނާއަށް ލިބުނު އިރު، މޫނު ފެންނަން އިންނަން ޖެހޭ ތަނެއްގައި ގޮޑިއެއް އިނުމުންނެވެ.

އެންމެ ފަހުން އޭނާ ވަނީ ޑިޕާޓްމެންޓް އޮފް މޯޓޯ ވެހިކަލް އޮފީހަށް ގޮސް، އެ އޮޅުން ރަނގަޅު ކޮށްދިނުމަށް އެދިފައެވެ. އެ މީހުންވެސް ފުރަތަމަ ހީކުރީ ޖޭޑް މަޖާ ކުރަނީ ކަމަށެވެ.

"އެތަނުގައި އިން އަންހެން މީހާ ފުރަތަ ގަބޫލެއްވެސް ނުކުރި، އަހަރެން ބުނިން އަހަރެންގެ ލައިސަންސް ރަނގަޅު ކޮށްދޭން. އެންމެ ފަހުން އޭނާ ވަނީ ސިސްޓަމުން އޭތި ބަލާފައި. އަދި މަނޭޖަރު މިކަމުގައި ބޭނުންވާނެ ކަމަށް އޭނާ ބުނި"

ހިކްމޭން ކައުންޓީގައި ދިރިއުޅެމުން އަންނަ ޖޭޑް ވަނީ އެ ލައިސަންސްގެ ފޮޓޯ ފޭސްބުކްގައި އާއްމުކޮށްފައެވެ. އެ ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައި ވެއެވެ.

އެ ފޮޓޯއަށް 19000 ޝެއާ ލިބުނެވެ. އަދި 9000 އަށްވުރެ ގިނަ ލައިކްސް ލިބުނުއިރު، އެތައް ހާސް ބަޔަކަު އެއަށް ކޮމެންޓް ކޮށްފައި ވެއެވެ. އެންމެންނަށްވެސް އެކަން ވަނީ ބޮޑު މަޖާ ކަމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު