ކެއްސުމާއި އަރިދަފުސް ރޯގާއަށް އެންޓިބަޔޮޓިކްސްއަށް ވުރެން ރަނގަޅު ފަރުވާއަކީ މާމުއި ކަމަށް ސައިންސްވެރިން ބުނެފިއެވެ.

މާމުއިއަކީ އިންސާނުންނަށް ޖެހޭ އެކި ބަލިތަކަށް އެންމެ ރަނގަޅު ފަރުވާ ކަމަށް މީގެ ކުރިންވެސް އެކި ފަރާތްތަކުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ކެއްސުން، އަރިދަފުސް ރޯގާގެ އިތުރުން ކަރުގައި ރިއްސުން ފަދަ ކަންކަން ހިމެނެއެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ މާހިރުން ބުނެފައިވަނީ ބަލިވެގެން ޑޮކްޓަރަށް ދައްކަން ދާ ފަރާތްތަކަށް އެންޓިބޮޔޮޓިކްސް ދިނުމުގެ ބަދަލުގައި ޑޮކްޓަރުން ޖެހެނީ މާމުއި ސަމުސާއެއް ބޭނުން ކުރުމަށް އިރުޝާދު ދޭން ކަމަށެވެ.

މާމުއި އަކީ އެންޓިބަޔޮޓިކް އެއްގެ ގޮތުގައި ބޭނުން ކުރާތާ އެތަށް ޒަމާނެއް ވެފައިވާއިރު، އެންމެ ސަމްސާއެއްގެ މާމުއިއިން ކެއްސުމަށް ބޮޑު ލުޔެއް ލިބެއެވެ. އަދި މާމުއިގައި އެކުލެވޭ “ހައިޑްރޮޖެން ޕެރޮކްސައިޑް“ އިން އެންޓި-މައިކްރޮބިއަލް ލިބެއެވެ.

މީގެއިތުރުން މާމުއި އަކީ ލުނބޯ އަދި ކަޅު ސަޔާއެކުވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ.

މާމުއިއަކީ ކެއްސުމާއި ރޯގާއަށް ރަނގަޅު އެއްްޗެއް ކަމަށް ދިވެހި ބޭސްވެރިންވެސް ބުނެ އުޅެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަކުރުބެ

    ثُمَّ كُلِي مِنْ كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا يَخْرُجُ مِنْ بُطُونِهَا شَرَابٌ مُخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِلنَّاسِ إِنَّ فِي ذَلِكَ لَآَيَةً لِقَوْمٍ يَتَفَكَّرُونَ

    16
  2. އެންދެރި

    ގުރުއާނަކީ އޭގަ އެއްްވެސް ކުށް ނެތް ފޮތެކެވެ. އެފޮތުގަ މާމުޔާ ބެހޭގުން ތަފްސީލްކޮށް އެނގެން އެބައޮތެވެ.

    42
    1
  3. Anonymous

    އަހަރެމެންގެ ފޮތުގައި މާ ކުރިން ތި ވާހަކަ ބަޔާން ކުރައްވާފައި އެބައޮތް

    6
    1