ބޮޑު ކަމެއް ދިމާވާަ ކޮންމެ ފަހަރަކުވެސް މަންމައާއި އެކަމެއް ހިއްސާކޮސް ހައްލެއް ހޯދުމަށް ބޭނުންވެއެވެ. ނަމަވެސް ބައެއް ކަހަލަ ވާހަކަތައް މަންމައާއި ހިއްސާ ކުރުމަށް ގިނަ ފަރާތްތަކުން ޖެހިލުންވެއެވެ. މިކަމަށް ހައްލެއް ހޯދުމަށް އަންނަނިވި ކަންތައްތަކުގެ އަޖުމަ ބަލައިލާށެވެ.
ބުނަން ބޭނުންވާ ކަންތައް ތަފްސީލުކޮށް ބުނެދޭށެވެ.
ވާަހަކައެއް ހިއްސާ ކުރުމަށް ފަށާއިރު އެންމެ ފުރަތަމަ ވެސް އެކަން އޮތް ގޮތް ތަފްސީލުކޮށް އޮޅުންފިލުވައިދޭށެވެ. އަމިއްލަ ޚިޔާލާއި ދެކޭގޮތް ދޫކޮށްލާފައި ކަންއޮތްގޮތް ބުނުމުން ހާލަތު ދެނެގަތުމަށް މަންމައަށް ވެސް ފަސޭހަވާނެއެވެ.
އިހްސާސްތައް ހާމަކުރާށެވެ.
ދެވަނަ ކަމަށް އެކަމަކާއި މެދު ތިމާގެ އިހްސާސްތަކާއި ތިބާއަށް އިހްސާސްވާ ގޮތާއި ދެކޭގޮތް ހާަމަކުރާށެވެ. ތިބާގެ އިހްސާަސްތައް ކޮންމެ ފަހަރަކު، އެންމެ ރަނގަޅަށް މަންމައަށް ދެނެގަނެވޭނެކަމަށް ނުނިންމާށޭވެ.
ބުނަން ބޭނުންވާ ވާހަކައެއް ތެދުބަހުން ސާފުކޮށް ބުނާށެވެ.
މާދުރުދުރުން އޮޅުވައިލައިގެން ބުނަން އުޅުމުގެ ބަދަލުގައި ތެދުބަހުން ބުނާށެވެ. މިވާހަކަ ފަށާނޭ ގޮތެއް ވެސް ނޭނގެެއޭ ބުނުމުގެ ބަދަލުގައި މިއީ ތިމަންނައަށް ދިމާވި ހިއްސާކޮށްލަން ބޭނުންކަމެކޭ ބުނެ ވާހަކަ ފަށާށެވެ.
މަންމަގެ ވާހަކަތައް ބަލައިގަންނާށެވެ.
ތިބާ ދެއްކި ވާހަކައާއި މެދު މަންމަ ދެކޭ ގޮތަކީ ތިބާ ބޭނުންވި ގޮތް ކަމުގައި ނުވެދާނެއެވެ. ނަމަވެސް މަންމަ ދައްކާ ވާހަކަތައް ބަލައއިގަންނާށެވެ. އެހެންނޫނީ ފަހުން ކަމަކާ ވާހަކަ ދެއްކުމަށް މަންމަވެސް ޖެހިލުންވެދާނެއެވެ.
ފަރުވާތެރިކަމާއެކު އަޑުއަހާށެވެ.
އެހެން ކަންކަމާއި މެދު ނުވިސްނާ މަންމަ ދައްކާ ވާހަކަތައް ފަރުވާތެރިކަމާއި އެކު އަޑުއަހާަށެވެ. އަދި ވާހަކައިގެ ތެރޭގައި އެކަމާއި ގުޅިގެން މަންމައާއި ދެބަސްވެ އަރާރުން ނުވާށެވެ.
ސާަބިތުކަމާއި އެކު ކުރިމަތިލާށެވެ.
ތިބާ ހީކޮށްގެން ހުރި ގޮތަށް މަންމަ އަމަލު ނުކޮށްފާނެކަން ވިސްނައިގެން ތިބާގެ ހަށިގަނޑު ހަރަކާތްތަކާއި މުއާމަލާތް ކުރުމުގައި ސާބިތުކަމާއި އެކު ކުރިމަތިލާށެވެ. ވާހަކައިގެ މެދުތެރެއިން ދެން މިކަމެއް ނުވާނެއޭ ކިޔައިފައި ނުދާށެވެ.
ހައްލެއް ހޯދުމަށް ވާހަކަ ދައްކާށެވެ.
ކޮންމެ ކަމެއްގައި ފުރަތަމަ ފަހަރަށް ހައްލެއް ނުލިބިދާނެއެވެ. އެހެންކަމުން މަޑުމައިތިރިކަމާއި އެކު ހައްލެއް ލިބެންދެން ދެފަރާތުގެ ވާހަކަ ކުރިއަށް ގެންދާނީ ދެފަރާތުން ވެސް ދައްކާ ވާހަކައަށް އިހުތިރާމް ކޮށްގެންެނެވެ.
މިކަންކަމާއި މެދު ރަނގަޅަށް ވިސްނާލުމަށްފަހު މަންމައާއި ދައްކަން ނުކެރިފައި އޮތް ވާހަކައެއް ދައްކާލެވޭތޯ މަސައްކަތް ކޮށްލާށެވެ.
ހުރިހާ މަންމަ އަކީ އެއް ކަހަލަ ބައެއް ނޫން. ބައެއް މަންމަ މެންނަކީ ވަރަށް ރުޅި ގަދަ އަދި ދަރިންނާ މާ ބޮޑު ގުޅުމެއް ބާއްވާ ބައެއް ނޫން.. އެހެންވީމަ ކަންކަން ޝެއަރ ކުރަން ރައްޓެއްސަކު މާ ރަނގަޅު ވާނެ އެ ހާލަތުގަ..
މީ މަގޭ އަމިއްލަ ތަޖުރިބާ.....