ބައެއް މީހުންނަށް ކޮފީއާއި ނުލާ ދުވަސް ފެށުމަކީ ވަރަށްވެސް އުދަގޫ ކަމެކެވެ. ފަހަރުގައި ކޮންމެ ދުވަހަކު އެގޮތަށް ކަންކުރުމަށް އަންނާތީ ކަމުގައި ވެދާނެއެވެ. ނަމަވެސް ރޯދަ މަހު މިޖެހެނީ ކޮފީއާ ދުރުވާށެވެ. މުޅިން ދުރުވާން ނުޖެހުނު ކަމުގައި ވީނަމަވެސް ހަމަގައިމުވެސް ހެދުނު ބޯ ކޮފީ ތަށިން މަޙްރޫމްވީތާއެވެ.
ކޮފީ ބޯ މީހަކު ކޮފީ ނުބޮއެ ހުއްޓާލުމަކީ ވަރަށް އުދަގޫ ކަމެކެވެ. އެންމެ މަހަކަށް ވިޔަސް އެކަން އޮތީ ހަމައެގޮތަށެވެ. ކޮފީގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން ކޮފީއަށް މީހާ ދެވިހިފައެވެ.
ރަމަޟާންމަހު އެއްކޮށް ކޮފީއާއި ދުރުވެގެން ހުރުމަކީ ކޮފީ ބޯ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ކޮފީ ބޯ ހިއްވާނަމަ މިގޮތަށް ކަންތައް ކުރާށެވެ.
ރޯދަ ވިއްލާ ވަގުތު ކޮފީ ބުއިމުން ދުރުހެލިވާށެވެ. ސަބަބަކީ ހުސްބަނޑާ ހުރެ ކޮފީ ބޮއެފިނަމަ ގޭސްޓުރިކްގެ މައްސަލަ ދިމާވުމަކީ ގާތްކަމެކެވެ. ރޯދަ ވިއްލުން އެންމެ ރަނގަޅީ ކަދުރު އޮށަކުންނެވެ. ކޮފީ ބުއިމަށް އެންމެ ރަނގަޅީ ރޯދަ ވިއްލާތާ 2 ގަޑިއިރު ފަހުންނެވެ. އޭވަގުތު ހުންނާނީ ހަށިގަނޑުގެ ގުލުކޯޒް ލެވެލް އެއްވަރެއްގައި ހިފެހެއްޓިފައެވެ.
ކޮފީއަކީ އޭގައި އެންޑިއޮކްސިޑެންޓްސް ގިނަ އަދަދަކަށް ހުންނަ ބުއިމެއްކަމުން ބައެއް ބަލިތަކުން ސަލާމަތްވުމަށް ކޮފީ އެހީތެވިވެއެދެވެ. މިހެންކަމުން ރޯދަ މަސް ވިޔަސް ރޯދަ ނޫން މަހެއް ވިޔަސް ކޮފީ ނުބޮއެ ހުރުމަކީ ބުއްދިވެރިކަމެއްނޫނެވެ.
ޑާ. އަގަ އިން ނެންނު
ނުގިރާ ކޮފީ ކާންޖެހޭނީ.
ދުވާލު ރޯދައަށް ހުރެ ނުބޮނިކޮއް އޯކޭ ވާނެ.
ކޮފީ ބޯންވިގޮތް ކިޔައިދޭން އުޅޭނެކަމެއް ނެތް.