އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އާއި ގުޅޭ މައްސަލައެއް ކޮމެޓީން ބަލަމުން ގެންދިޔައިރު ބައްދަލުވުމަށް އެއްވެސް ސަމާލުކަމެއް ނުދީ ރައްޔިތުން މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި) ސްކެޗެއް ކުރަހަން އިން މަންޒަރު ފެނުމުން ބައެއް މީހުން މީސް މީޑިއާގައި އެކަން ފާހަގަ ކުރަމުން އެބަގެންދެއެވެ.

ބައްދަލުވުން ކުރިއަށް ދަނިކޮށް ނަގާފައިވާ ފޮޓޯތައް އެމްޑީޕީން އާއްމުކުރިއިރު ފެންނަނީ މެންބަރު އިންތި އަންހެނެއްގެ ސްކެޗެއް ކުރަހަން އިން މަންޒަރެވެ. އެކަމާއި ގުޅިގެން އިންތި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އެކަން ފާހަގަކޮށް މީހަކު ކޮށްފައިވާ ޓްވީޓަކަށް "އިމޯޖީ" އަކުން އިންތި ވަނީ ޖަވާބު ދީފައެވެ.

އިންތި ބޭނުން ކުރި އިމޯޖީ އަކީ ވަކިކަމަކަށް ސަމާލުކަން ނުދޭކަން ނުވަތަ އެކަމުގެ ނަތީޖާއަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދޭކަން ހާމަކުރުމަށް ބޭނުން ކުރާ އިމޯޖީއެކެވެ. އެހެންކަމުން ބެލެވެނީ އިންތި މުހިއްމު ބައްދަލުވުމެއްގައި ސްކެޗެއް ކުރަހަން އިނީ ބައްދަލުވުމުގައި ނިންމީ ނިންމުމަށް ސަމާލުކަން ދޭން އޭނާ ބޭނުން ނުވާތީއެވެ.

އިންތި ސްކެޗެއް ކުރަހަން އިން ބައްދަލުވުމުގައި ރައީސް އޮފީހުގެ ދެމިނިސްޓަރުން ކަމަށްވާ މުހައްމަދު ޝިފާޒު އާއި ޑރ.މުސްތަފާ ލުތުފީ ވެސް ތިއްބެވިއެވެ. ދެން ބައްދަލުވުމުގައި އިންނެވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ނައިބު މުގައްރިރުކަމުންނާއި މެމްބަރުކަމުން ޝުއައިބު އެއްފަރާތް ކޮށްފައިވާ ކަމަށް އެމްޑީޕީން ބުނުމުން ވަރަށް ގިނަ ބަޔަކު އަންނަނީ އެއީ ޑިމޮކްރަސީގެ ރޫހާއި ހިލާފު ނިންމުމެއް ކަމަށް ބުނެ އެމްޑީޕީއަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފާތުން

    😂😂😂

    21
    2
  2. ކުކުޅޭ

    ކުޑަ އިރު ވެސް ވަރަށް ކުރަހާނެ! އެންމެ ގިނަ އިން ކުރަހާނީ ޓިނާއ އަސުރު މާ

    24
    2
  3. Anonymous

    🤦‍♀️

    13
  4. ަައަބޯ

    ޢަބަދުވެސް އެމް ޑީ ޕީ ކުދިންކޮޅުގެ ޙާލު ތިފެނިވަޑައިގަންނަވަނީ މުޅިޤައުމު ވަތުބަތާނަޔާއެއްކޮށް ރައްޔިތުން ޙަވާލުކުރީމަވެސް ޤައުމުހިންގަންނޭތްގުނު ކުދިންކޮޅެއްތީ!

    17
  5. ފަންސުރު

    އިންތިއަށްވެސް އެނގޭ އެއީ ޝޯއެއްކުރަން ބާއްވާ ބައްދަލުވުމެއްކަން. އެކަން ނިމޭނީ ކިހިނެތްކަން. ވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއް ނެތްކަން.

    10
  6. ދޮންއަމާ

    ސަޅި ކުރެހުމެއް ހުނަރު ހުރިކަން ފާހަގަކޮށްލެވެ.