ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގގެ ކުއްލި މަރާއި އެކު އެތައް ބަޔަކަށް ލިބުނީ ސިހުމެކެވެ. ޖޫން 14 ވަނަ ދުވަހު އޭނާގެ އަމިއްލަ އެޕާޓްމެންޓުގައި ދަން ޖެހިފައި ހުއްޓާ ސުޝާންތު ފެނުނު އިރު އެންމެ ފުރަތަމަ އެކުލަވާލި ރިޕޯޓްތަކުން ސުޝާންތު މަރުވީ އަމިއްލައަށް ކަން އެނގެއެވެ.

ސުޝާންތުގެ މަރާއި ގުޅޭ ސުއިސައިޑް ނޯޓެއް ނޫނީ މެސެޖެއް ނެތެވެ. އަދި ސުޝާންތުގެ ލޯބިވެރިޔާ ބަތަލާ ރިޔާ ޗަކްރޮބަދީ އާއި އޭނާގެ އާއިލާ މީހުންނަށް ސުޝާންތުގެ މަރާއި ގުޅިގެން އެތައް ތުހުމަތުތަކެއް ކުރެވެއެވެ. ސުޝާންތުގެ މަރާއި އޭނާގެ ކުރީގެ މެނޭޖަރުގެ މަރާއި ގުޅުމެއްވާ ކަމަށް ދެކެވޭ ވާހަކަތަކުގެ އަޑުވެސް ދަނީ ގަދަވަމުންނެވެ.

ބޮލީވުޑް އާއި ސިޔާސީ ގޮތުންވެސް އޭނާގެ މަރާއި މެދު އެތައް ސުވާލެއް އުފެދެމުންދާތީ ސުޝަންއޮޓޮޕްސީ ރިޕޯޓް އިތުރަށް ބެލުމަށް، ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ފޮރެންސިކް އެކްސްޕާޓުންގެ ޓީމެއް އެކުލަވާލައި މަސައްކަތް ފަށާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

އޭއައިއައިއެމްއެސް (އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް)އިން އެކުލަވާލި އެ ޓީމަކީ ސީބީއައި އިން އެ މައްްސަލަ ބަލަން ފަށައި، ހޮސްޕިޓަލްގެ އެހީތެރިކަަމަށް އެދުމުން އެކަން ބެލުމަށް އުފެއްދި ޓީމެކެވެ.

ސުޝާންތުގެ މަރާއި މެދު އެތައް ތިއަރީތަކެއް ހުރި އިރު އެކަންކަން ދޮގުކުރަން ނޫނީ ސާބިތުކުރަން އެންމެ މުހިންމީ ލެބް ރިޕޯޓް ނުުވަތަ ފޮރެންސިކް ތަހުލީލެެވެ.

އެހެންނަމަވެސް ސުޝާންތުގެ ހަށިގަނޑުގެ ބައިތައް ރަނގަޅަށް ރައްކާކޮށްފައި ނެތުމުން އެ ޓީމްގެ މަސައްކަތަށް ވަނީ ހުރަސްތަކެއް އެޅިފައެވެ. މި މައްސަލައިގައި ފުލުހުންވެސް އިހުމާލުވާކަމަށް ފޮރެންސިކް ޓީމުން ބުނެއެވެ. އަދި މިވަގުތަށް ސުޝާންތުގެ މަރަކީ އަމިއްލަ އަށް މަރުވުމުގެ މައްސަލައެއްކަން ނޫނީ ނޫންކަން ނިންމުން ފަސްކޮށްފައިވާ ކަމަށް ވެސް އެ ޓީމުން ބުނެއެވެ.

ފޮރެންސިކް ޓީމް ލީޑް ކުރުމުގައި ހަރަކާތްތެރިވާ ޑރ.ސުދިރު ބުނެފައި ވަނީ، އެ ޓީމުން، ސުޝަންތްއަށް ލިބިފައި ހުރި އަނިޔާތަކުގެ ޕެޓާންތައް ބަލާނެ ކަމަށެވެ. އަދި ހެކިތައް ހޯދުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި ތަހުލީލުތައް ކުރުމަށް ބޭނުންކުރި ސާމްޕަލްސް ދިރާސާ ކުރާނެ ކަމަށާއި، އަދިއޭނާއަށް ދިން އެންޓި ޑިޕްރެޝަންޓްސްތައް ވެސް އޭއިއައިއެމްއެސްގެ ލެބޯޓްރީގައި އެނަލައިޒް ކުރާނެކަމަށް އޭނާ ބުނެފައި ވެއެވެ.

ސީބީއައި އިން އޭއައިއައިއެމްއެސްގެ ފޮރެންސިކް ޑިޕާޓްމެންޓަށް ދިޔައީ މެޑިކަލް ލީގަލް އޮޕީނިއަންތައް ބެލުމަށެވެ. ޕޯސްޓްމޯޓަމް ރިޕޯޓާއި، ވިސެރާ ރިޕޯޓް ވީހާއަަަވަހަށް ހަވާލު ކުރަނެ ކަމުގެ ޔަގީންކަން ވަނީ އެ އިންސްޓިޓިއުޓް އިން ދީފައެވެ.