ބޮލީވުޑަށް ކުރިމަތިވެފައިވާ ޑްރަގުގެ ބަލިމަޑުކަން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ފޮރުވިފައިވާ އެެތައް ކަމެއް އަންނަނީ ހާމަވަމުންނެވެ. މުޖުތަމަޢުގެ އެތައް އިނގިއްޔެއް ދަނީ ބޮލީވުޑުގެ ފަންނާނުންނާއި ދިމާއަށް އަމާޒުވަމުންނެވެ.
ޑްރަގުގެ މައްސަލައިގައި ދީޕިކާ ޕާޑުކޯންއާއި، ޝްރަދާ ކަޕޫރާއި އަދި ސާރާ ޢަލީ ޚާން މިއަދު އެންސީބީއަށް ހާޟިރުކޮށް ސުވާލުކޮށްފައިވާއިރު، މި ތިން ތަރިންނަށް ވެސް ކޮށްފައިވާ ޑްރަގުގެ ތުހުމަތުތައް ވަނީ ދޮގުކޮށްފައެެވެ.
މި މައްސަލައާައި ގުޅިގެން ޝްރަދާ ކަޕޫރާއި ކުރެވުނު ސުވާލުތަކުގެ ތެރެއިން ސުޝާންތު ސިންގ ރާޖުޕޫތު ޑްރަގު ބޭނުންކުރާ ކަމަށް ޝްރަދާ ވަނީ އެއްބަސްވެފައެވެ. ޝްރަދާ ބުނެފައި ވަނީ، ސުޝަންތް އޭނާގެ ވެނިޓީ ވޭނުގައި ޑްރަގު ބޭނުން ކުރާކަމަށެވެ. އަދި ސުޝާންތުގެ ކުރީގެ މެނޭޖަރު ޖާޔާ ޝާހާއި ޝްރަދާ ވާހަކަ ދެއްކި ނަމަވެސް ޑްރަގު ބޭނުން ކޮށްފައި ނުވާނެ ކަމަށް ވަނީ ބުނެފައެވެ.
ސްޝާންތްއާއި ޝްރަދާ އެއްކޮށް ފެނިގެންދިޔަ ފިލުމު ''ޗިޗޯރޭ''ގެ ކާމިޔާބީ ފާހަގަ ކުރުމަށް ސުޝަންތާއެކު ފަރމް ހައުސްއަށް ދިޔަ ނަމަވެސް ޑްރަގު ބޭނުން ކޮށްފައި ނުވާނެކަމަށް ޝްރަދާ ބުނެފައިވެއެވެ.
ދީޕިކާ ޕަޑުކޯންއާއި ފަސް ގަޑިއިރު ވަންދެން ކުރެވުނު ސުވާލުތަކަށް ޖަވާބުދެމުން އޭނާ ވަނީ އޭނާގެ މެނޭޖަރު ކަރިޝްމާ ޕްރަކާޝްއާއިއެކު ވަޓްސްއަޕްގައި ވާހަކަދައްކާފައިވާކަމަށް އެެއްބަސްވި ނަމަވެސް ޑްރަގު ބޭނުން ކޮށްފައި ނުވާނެކަމަށް ބުނެފައެވެ.
މިއަދު އެންސީބީން ސާރާ ޢަލީ ޚާނާއި ވެސް ޑްރަގުގެ މައްސަލައިގައި ވަނީ ސުވާަލުކޮށްފައެވެ. ނަމަވެސް ސާރާަ ވެސް ވަނީ ޑްރަގު ބޭނުން ކޮށްފައި ނުވާނެކަމަށް ބުނެފައެެވެ.
އަދި މީގެ އިތުރުން، ކަރަން ޖޯހަރުގެ ''ދަރުމާ ޕްރޮޑަކްޝަން''ގެ މުވައްޒަފެއްކަމަށްވާ ޝިތިޖް ޕްރަސާދާއި ވެސް ޑްރަގު މައްސަލައިގައި ސުވާލު ކުރުމަށްފަހު އޭނާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.
ދެންމިހާރު ސުޝާންތެއް ނެތްތާ! އެހެންވީމަ އޭނަނޫން އެންމެން އިނޮސެންޓް.
ދެން ތިތާ ނުހުންނާނެ ގޯސް ކަމެއް ކުރާ އެކަކުވެސް ސުޝާންތު ނޫނީ. ސުޝާންތު އޭނާގެ ނަފްސު ދިފާއުކުރަން ނާންނާނެތާ އެހެންވީމަ އެންމެން ހުރިހާ އެއްޗެއް ޖަހާނީ އޭނާގެ ބޮލައް.