މައިންބަފައިންނަކީ ދަރިންދެކެ އެންމެ ލޯބިވާ ދަރިންނަށް އެންމެ ބޮޑަށް އަޅާލުމާއި އޯގާތެރިކަން ދޭން ޖެހޭ މީހުންނެވެ. ނަމަވެސް ހުރިހާ ފަހަރަކު މައިންބަފައިންގެ ފަރާތުން ދަރިންނަށް ލިބެނީ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމެއް ނޫނެވެ. މިއީވެސް އެފަދަ ހާދިސާއެކެވެ.

އެމެރިކާގެ ޕެންސިލްވޭނިއާގައި ދިރިއުޅެމުން އަންނަ އުމުރުން 29 އަހަރުގެ ފިރިހެނެއް ކަމަށްވާ އޮސްޓިން ސްޓެވެންސް މިވަނީ އޭނާގެ އެންމެ 10 މަހުގެ އަންހެން ދަރިފުޅު ރޭޕް ކޮށްލާފައެވެ. ބައްޕަގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތަކުގެ ސަބަބުން އެކުއްޖާ ވަނީ މިހާރު މަރުވެފައެވެ.

އުމުރުން އެންމެ ދިހަމަހުގެ ކުއްޖަކަށް ބޮޑެތި ޖިންސީ ގޯނާތަކެއް ކޮށްފައި ވާތީ ޕެންސިލްވޭނިއާގެ ފުލުހުންނާއި ޕްރޮސެކިއުޓަރުން އޮސްޓިންގެ އަނިޔާވެރިކަން ސިފަކޮށްދިނުމުގެ ގޮތުން ބުނެފައި ވަނީ އެއީ "ފުރޭތައެއް" ކަމަށެވެ.

ފުލުހުން ބުނީ ޒަރާ ނަމަކަށް ކިޔާ އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަތާ އިރުކޮޅެއް ތެރޭގައި އެކުއްޖާ މަރުވެފައިވާ ކަމަށެވެ. އެކުއްޖާ މަރުވެފައި ވަނީ ޖިންސީ ގޯނާ ކުރުމުގެ ސަބަބުން ކުއްޖާގެ އެތެރެހަށީގެ ގުނަވަން ތަކަށް ވެސް ގެއްލުން ލިބިގެންނެވެ.

"ކުއްޖާ ޖަހާފައިވާ ނެޕީގައި ވެސް އޮތީ ލޭ. މިއަނިޔާވެރި އަމަލު ސިފަކޮށްދޭނެ އެއްވެސް ގޮތެއް އަހަރެންނަކަށް ނޭނގޭ." ފުލުހުންގެ ތަރުޖަމާން ވިދާޅުވިއެވެ.

ފުލުހުންގެ ތަރުޖަމާން ވިދާޅުވީ އޮސްޓިން ވަނީ އޭނާގެ ދަރިފުޅު މަރުވެއްޖެކަން އެނގޭނީ ކިހިނެއްތޯ ބަލަން ވަރަށް ގިނައިން ގޫގުލް ވެސް ކޮށްފައެވެ. ގޫގުލް އިން އޭނާ މައުލޫމާތު ހޯދާފައި ވަނީ ކުއްޖާ އަށް ޖިންސީ ގޯނާ ކުރުމަށް ފަހުއެވެ.

އޮސްޓިން މިހާރު ހައްޔަރު ކޮށްފައި ވާއިރު މިމަހުގެ 13 ވަނަ ދުވަހު އޭނާގެ ޝަރީޢަތުގެ މަޖިލީހެއް ވަނީ ތާވަލް ކޮށްފައެވެ.

މަރުވި ކުއްޖާގެ މަންމަ އާއި އޮސްޓިންގެ ކައިވެނި ވަނީ ދުވަސްތަކެއް ކުރިން ރޫޅިފައެވެ. އެހެންވެ ދެމީހުން ދިރިއުޅެމުން އަންނަނީ ވަކިންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސާރާ

    މި ފުރޭތަ ކުދިކޮށް ކޮށާފަ ކުއްތާއަށް ކާންދީ! މީ މަގޭ ޙުކުމް

    146
    5
  2. ކަމަނަ

    ފުރޭތައިން ކުރާ ކަމަކީ ކުދިން ރޮލާ ކެއުން. ތީ ލޮނިމެދު ކެވިގެން އުޅޭ ގިތެލެއް.

    61
    2
  3. ނަގުލު ފިއްތި

    ދިގު ތުނބުޅި ލާފަ ތިބެނީ އާންމުކޮށް ތިކަހަލަ ޖަނަވާރުން.

    31
    130
    • މޯލްޑިވިޔަން

      ޕާ ކިސްތާން އަފްގާނިސްތާނުގަ އާއްމު ކަމެއް

      23
      7
      • އާންމު އާދުމީ

        ޕާކިސްތާނެއް އަފްގާނިސްތާނެއްނޫން. ކަލޭމެންގެ އެމެރިކާގެ ވާހަކަ އެއޮތީ. އަނެއްކޮޅުން ތުނބުޅިއާ ތިކަމާ ގުޅުވީމާ ކަލޭމެންގެ ވިސްނުމުގެ ފެންވަރު އެނގިއްޖެ. ތިއޮްށް ބޭޒާރުވީ

        30
        1
  4. Anonymous

    އެމެރިކާ ފަދައައުމެއްގަ މިކަހަލަ މީހުންނަށް ކަނޑައަޅަހުކުމް ރާއްޖެފަދަ ސައްތައިންސައްތަ އިސްލާމީޤައުމެއްކަމަށް ދައުވަ ކުރާމީހުން އުޅޭ ޤައުމެއްގައި ދޭހުކުމަށްވުރެ ހަރުކަށިވާނެކަމަށް ޤަބޫލްކުރެވޭ. މި ނޫހުން އެމީހާއަށް ކަނޑައަޅާ ހުކުމާ ބޭހޭ ޙަބަރެއް ގެނެސްދޭނެކަމަށް އުންމީދުކުރަން... ސުކުރިއްޔާ

    37
  5. ޙަސަން

    ނަގުލު ފިއްތި އަށް ބުނެލަން އޮތީ އެެއީ ތުންބުޅިން ވާކަމެއް ނޫނޭ ، އެެޢަށް ވުރެ މާ ރަނގަޅުވާނެ ޖިންސީ ގުނަވަނެެއް ހުރީމާ ވާކަމެކޭ ބުންޏަސް،

    59
    2
  6. 😰ނުކިޔަން ހަބަރު

    ނުފަތުރާ މި ހެޔޮ ފައިދާ ނުވަންޏާ

    22
    1