ސާފްތާހިރުކަަމަށް ލޯބި ކުރުން މީ މުހިންމު ކަމެކެވެ. ބަލިތަކުން ސަލާމަތްވާންވެސް އޮތް ހައްލެވެ. ނަމަވެސް އެކަންކަމާއި ގިނަބަޔަކު ދުރުކަން މި ވަނީ ހާމަވެފައެވެ. ދިރާސާއަކިން ދައްކާގޮތުގައި، ނިދަން އޮންނަ ގޮދަޑީގައި އަޅާފައި އޮންނަ ބެޑްޝީޓް ނުދޮވެ އެތައް މަސްތަކެއް ވަންދެން ބޭނުން ކުރާ މީހުން އެބަ އުޅެއެވެ.

ހާމޮންޑްސް ފާރނީޗާއިން ކުރިއަށްގެންދިޔަ 2000 މީހުންގެ ސާވޭއެއްގެ ނަތީޖާއިން ދައްކާގޮތުގައި 30 އިންސައްތަ މީހުން އެ މީހުން ނިދާ އެނދުގެ ބެޑްޝީޓްތައް ދޮންނަނީ އަހަރަކު އެއްފަހަރު ނޫނީ އެއްވުރެ މަދުން ކަމަށް ބުނެފައެވެ. އަދި 38 އިންސައްތަ މީހުން ބުނާގޮތުގައި، އެ މީހުން ލައި އުޅޭ ކޯޓު ދޮންނަނީވެސް އަހަރަކު އެެއްފަހަރު ނުވަތަ އެ އަށްވުރެ މަދުންނެވެ.

ޑޮކްޓަރު އަރަގޮނާ ޖިއުސައްޕެއް ވިދާޅުވެފައިވާގޮތުގައި، ބެޑްޝީޓްތައް ގަވާއިދުން ނުދޮވެ ބޭނުން ކުރާނަމަ ޖަސާރީމް ހެދި ހަންގަނޑު ވަރަށް ބޮޑަށް ހަލާކުވެ ގައިން ވަސް ދުވާ ގޮތް ދިމާވާނެ އެވެ.

"ބެޑް ޝީޓާއި، ބާލިސް އުރަތައް ޖެހޭނޭ އާއްމުކޮށް ދޮންނަން، އެ އެއްޗެހި ހަޑިކޮށް ހުންނަ ނަމަ ހަންގަނޑަށް ދިމާވާ އެކި މައްސަލަތައް ކުރިމަތިވާނެ. އެކަންކަން ދިމާވަނީ ބެޑްޝީޓުން ޖަރާސީމްތައް ހަންގަނޑަށް ވަންނާތީ"

ކުޝަންސް އާއި ބްލޭންކެޓްތައް ދޮންނަނީވެސް އަހަރަކު އެއް ފަހަރު ކަމަށް 50 އިންސައްތައަށްވުރެ ގިނަ މީހުން ބުނެފައި ވެއެވެ. އަދި ޖީން އެއްޗެހި ގަވާއިދު ދޮންނަ ކަމަށް ބުނަނީ 18 އިންސައްތަ މީހުންނެވެ.

އެ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ގިނަ އަންހެނުން ބުނާގޮތުގައި، އެ މީހުން ލާ ކޮންމެ ފަހަރަކު ކަހަލަ ގޮތަކަށް ޖަންގިޔާ ދޮންނަ ކަމަށެވެ. އަދި ފިރިހެނުންގެ ތެރެއިން 50 އިންސައްތަ މީހުން ބުނަނީ އެ މީހުން ދޮންނަނީ ފަސް ވަރަކަށް ޖަންގިއްޔާ \އެއްފަހަރާ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޯރި

    އުމުރުން އެއްފަހަރުވެސް ބެޑުޝީޓު ނުދޮވޭ މާލޭ ގިނަމީހުން. ކުލީ ލާރިގަނޑުން ބަންގާޅީއަކަށް މުސާރަދީފަ އެކަމަށް ލާފަ ހުންނަނީ.

  2. ކޮބިޑު

    މަށަށްހީވަނީ ކޮވިޑު ފެތެރުނީވެސް ތީގެން ކުނިވެފަހުރި ބެޑްޝީޓަކުންހެން

  3. 👍

    😦