ކައިވެނިކޮށްގެން އުޅޭ ތިން ކުދިންގެ ބައްޕައަކު މީގެ ހަތަރު އަހަރު ކުރިން ފަށައިގެން އަންހެން ހެދުން އަޅައިގެން އުޅޭ ސަބަބު މި ވަނީ ހާމަކޮށްފައެވެ. އޭނާ ބުނާގޮތުގައި، ފެޝަންއަށް ބަލާއިރު، ވަކި ޖިންސެއް ނޯންނާނެ އެވެ.

މާކް ބްރިޔާން ނަމަކަށް ކިޔާ އެެމެރިކާއަށް ނިސްބަތްވާ އެ މީހާ އަންހެނުން ލާ ކަހަލަ ސްކާޓާއި، އުސް ފައިވަނަށް އަރައިގެން އުޅެއެވެ. އޭގައި އޭނާ އޮފީހަށާއި، ފިހާރަތަށްވެސް ދެއެވެ. އަދި ބައެއް ފަހަރު ގޭގައިވެސް އުޅެނީ އެހެންނެވެ.

އުމުރުން 61 އަހަރުގެ މާކް އެންމެ ފުރަތަަމަ އުސް ފައިވާނަށް އަރާފައި ވަނީ، އޭނާ ކޮލެޖްގައި އުޅުނު އިރު އެވެ. އެއިރު އޭނާގެ ލޯބިވެރިޔާގެ އެދުމުގެ މަތިން އޭނާއާއެކު ނަށާލުމަށެވެ.

އޭގެ އަހަރުތަކެއް ފަހުން އޭނާ ދިޔައީ ސްކާޓް ލަމުންނެވެ. އަދި އިންސްޓަގްރާމް އެކައުންޓެއް ހުޅުވައި މާކް ދަނީ އޭނާ ހެދުން އަޅާ ގޮތް ދައްކަމުންނެވެ.

އެކި ހެދުންތައް އަޅައިގެން އޭނާގެ ފޮޓޯތައް ކޮންމެ ދުވަހަކުވެސް އިންސްޓަގްރާމް ކުރެއެވެ. އެކި ވައްތަރު ސްކާޓާއި އެކި ކުލަކުލައިގެ ހީލްސް ލައިގެންނެވެ. މަތިން އޭނާ ލައި އުޅެނީ ގަމީހެކެވެ. އޭނާއަށް ކަމުދަނީވެސް ގަޔަށް ބާރުކޮށް ހުންނަ ސްކާޓެވެ.

މާކް ބޯޑްޕެންޑާއަށް މައުލޫމާތުދެމުން ބުނީ، އޭނާއަށް ގަޔަށް ބާރުކޮށް ސްކާޓް ލައިގެން އުޅޭ އަންހެނުން ވަރަށް ކަމުދާ ކަމަށެވެ. އަދި ހީލްސް އާއެކު އެ އަންހެނުން އުޅޭ ގޮތް އޭނާއަށް ވަރަށް ކަމުދާ ކަމަށް އޭނާ ބުންޏެވެ.

އޭނާ މިގޮތަށް ހެދުން އަޅާތީ ގިނަބަޔަކު އޭނާއަކީ އެއް ޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް ބުނަމުން ދެއެވެ.

މާކް ބުނީ އެގޮތަށް އޭނާއާ ދިމާލަށް ކިޔާ ބައެއް ފަހަރު އޭނާ އެއީ އެ މީހުންނާއި ބެހޭ ކަމެއް ނޫން ކަމަށް ބުނާ ކަމަށެވެ. އަދި ބައެއް ފަހަރު އޭނާއަކީ އެކަހަލަ މީހެއް ނޫން ކަމަށްވެސް ބުނެފައިވާނެ ކަމަށް އޭނާ ބުންޏެވެ.

އަދި ސްކާޓްސް އާއި އުސް ފައިވާނަކީ ވަކި ޖިންސަކަށް ހާއްސަ އެެއްޗެއްގެ ގޮތުގައި އޭނާ ނުބަލާ ކަމަށް މާކް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ފފ

    މި ދެން ހަބަރެއްތަ

    26
    2
  2. އަޅޭ

    އަންހެންކުއްޖަކު ފައިކޮޅު ރީތިވާހަކަ ބުނުމުން ފައިދައްކަންވެގެން އުޅެގެން ހަދައިގެން މިހާރު އެހެރަ ފެންނަނީ ސަލާމަތްނުވާ ހިސާބަށް ފިކުރުގޮސް ބޯބާލައިގެން... މީހުންގެ ސަމާލުކަން ބޭނުންވެގެން، އެކިނަންނަމުގައި އިޖްތިމާޢީ ކޮވިޑް ފަތުރާމީހުންގެ ޢަދަދު ދަނީ ގިވަވަމުން

  3. XD

    ފިރިހެނުން ވަރަށް ރުޅިއަންނާނެ ތިކަމާ އެމީހުންގެ ހިތްދޫވެ ދާނެތީ.

  4. ކާފަ

    ޙަޔާތްކެނޑުނީމަ އުޅޭނެ އޮރިޔާމުންވެސް..
    .

    24
  5. Anonymous

    ފިރިހެނުން އަންހެން ވައްތައްރު ވުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެއް،

    33
    • މޯލްޑިވިޔަން

      އިން ޑިޔާގަ ތިބޭ ހިޖުރާއިން؟؟؟؟. ހީވަނީ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އަރަބިންގެ ތެރޭ ނުތިބޭތީ އެމީހުންނާ ބެހޭގޮތުން ބިން ބާޒް އަށް އެއްޗެއް ނޭގެނީ ހެން

      • ރއްދު

        އިންޑިއާގެ ހީޖުރާ އިން އަކީ ޚުންސާއިން ނުވަތަ އިންޓަސެކްސް މީހުން އެމީހުން އެއީ އެގޮތަށް އުފަންވި މީހުން ތަންކޮޅެއް ބޮޑަށް ދިރާސާ ކޮށްފަ އެއްޗެކޭ ބުނެ ބަލަ

      • ހިޖުޅާ

        ތޮށިމަތިން ވިޔަސް އިބުނި ބާޒަށްވުރެ ބޮޑު ދަންނަބޭކަލަކަށް ވެލެއްވީތީ ކޮލިފިކޭޝަން ސެޓްފިކޭޓާ ހަވާލުވެލެއްވުމަށް އަވަހަށް ވަޑައިގަންނަވާ

  6. ކުނބު

    އިންޑިއާގެ ތިބެނީ ހިޖުޅާއިން، ހިޖުރާއެއްނޫން. އިގިރޭސިން ލިޔާއިރު ރާ އަކުރު ލިޔުނަސް ޕްރޮނައުންސް ކުރަނީ ޅަވިޔަނި