ބޮލީވުޑްގެ މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅެފައިވާ އެތައްބައެއްގެ ސަޕޯޓު ހޯދާފައިވާ ފިލްމީ ތަރި ޝާހް ރުކް ހާނުގެ ފޭނުން ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭކަން މީސް މީޑިއާ ބަލާލުމުން އެނގިގެން ދާނެއެވެ. އެ ފޭނުންގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރީން ވެސް ހިމެނޭ އިރު މި ބަލާލަނީ ޝާހް ރުކް ހާންގެ ފޭނުންގެ ތެރެއިން ހިމެނޭ ބައެއް ހޮލީވުޑް ފިލްމީ ތަރީންނާއި ލަވަކިއުންތެރިންގެ ލިސްޓަށެވެ.

ޝާހް ރުކް ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "މައި ނޭމް އިޒް ހާން" ، "ދިލްވާލެ ދުލްހާނިޔާ ލޭ ޖައެންގޭ" ، "ސުވެޑަސް" ހިމެނޭއިރު ކިންގް ހާންގެ ނަމުން މަޝްހޫރު ޝާހް ރުކް ހާންގެ ފޭނުންގެ ތެރޭގައި ލިއެނާޑޯ ޑިކެޕްރިޔޯ، ހޫގް ޖެކްމެން، ރޮބާޓް ޕެޓިންސަން، ފަދަ ފިލްމީ ތަރީން ހިމެނެއެވެ.

ލިއެނާޑޯ ޑިކެޕްރިޔޯ

ލިއެނަޑޯ ޑިކެޕްރިއޯ އާއި ޝާހް ރުކް ހާން ވަނީ މާޓިން ސްކޫސީސް އާއެކީ ޕްރޮޖެކްޓެއް ހިންގުމަށް ވާހަކަ ދައްކާފައިވެއެވެ. "އެކްސްޓްރީމް ސިޓީ" ނަން ކިޔާފައިވާ މި ޕްރޮޖެކްޓްގައި މަޝްހޫރު ސްކްރީން ރައިޓާ ޕައުލް ޝްރެޑާ ވެސް ބައިވެރިވެފައިވާ އިރު މި ޕްރޮޖެކްޓް ކޮންމެވެސް ސަބަބަކާ ހެދި ވަނީ ހުއްޓުމަށް އައިސްފައެވެ. ލިއެނާޑޯ ބުނީ ޝާހް ރުކް އާއި އެއްކޮށް މަސައްކަތް ކުރަން ފުރުސަތު ލިބުމުން ވަރަށް އުފާވި ކަމަށާއި އަދި ޝާހް ރުކް ހާން އޭނާ މަޝްހޫރު ކުރާނޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

ހޫގް ޖެކްމެން

ބޮލީވުޑްގެ ތަރީންގެ ތެރެއިން ވޮލްވެރިންގެ ކެރެކްޓާ ކުޅެން ރަނގަޅު އެއް ބޮލީވުޑްގެ ތަރިއެއްގެ ނަން ބުނުމަށް ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ހޫގް ބުނީ އެ ރޯލު ކުޅެން އެންމެ ރަނގަޅީ ޝާހް ރުކް ހާން ކަމަށެވެ.

ޑެނިއަލް ރެޑްކްލިފް


ހެރީ ޕޮޓާގެ ތަރި ޑެނިއަލް ރެޑްކްލިފް އަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގެ މީހުންންނަށްވެސް އާ ނަމަކަށް ނުވާނެ އެވެ. ހެރީޕޮޓާގެ އޭ ބުނުމުން ނޭނގޭނެ މީހަކު މަދުވާނެ އެވެ. ޑެނިއެލް ރެޑްކްލިފް އަކީވެސް ޝާހް ރުކް ހާންގެ ފޭން އެކެވެ. އަދި އޭނާ ވަނީ ޝާހް ރުކް ހާން އާއި އެކު ބޮލީވުޑްގެ ފިލްމެއް ކުޅެން ބޭނުންވެފައި ހުރިކަން ހާމަކޮށްފައެވެ.

ޒައިން މަލިކް

މަޝްހޫރު ޕޮޕް ލަވަކިއުންތެރިޔާ ޒައިން މަލިކް ވަނީ ޝާހް ރުކް ހާން ދެކެ ލޯބިވާކަން ހާމަކޮށްފައެވެ. ޒައިން ވަނީ އޭނާގެ އަންހެނުން ގިގީ ހަދީދް އާއި އެކު ޝާހް ރުކް ހާންގެ ފިލްމު 'ޑެވްޑަސް' ވެސް ބަލައިފައެވެ.

އެކޮން

އެކޮން ވަނީ ޝާހް ރުކް ހާން އާއި ކަރީނާ ކަޕޫރްގެ ފިލްމު "ރާވަން"ގެ ލަވައެއް ކަމަށްވާ "ޗަމްމަކް ޗަލޯ" ލަވަ ހެދުމުގައި މަސައްކަތްކޮށްފައެވެ. ޝާހް ރުކް ހާން އާއި އެއްކޮށް މަސައްކަތް ކުރުމަށް ފުރުސަތު ލިބުމުން އެކޮން ބުނީ ޝާހް ރުކް އަކީ ހިންހެޔޮ ކުޅަދާނަ ފިލްމީ ތަރިއެއް ކަމަށެވެ.

ޕިޓް ބުލް

ޝާހް ރުކް ހާން އާއި ޕިޓް ބުލް

ދުނިޔޭގެ މަޝްހޫރު ލަވަކިއުންތެރިޔާ ޕިިޓްބުލް އިންޑިއާގައި އޮތް ކްރިކެޓް މުބާރާތެއް ބެލުމަށް ކުރި ދަތުރެއްގައި ޝާހް ރުކް އަށް ތައުރީފުކޮށް ވާހަކަ ދައްކާފައިވެއެވެ. ޝާހް ރުކްއަކީ މޮޅު ފިލްމީ ތަރިއެއްކަން ހާމަކޮށް ޕިޓްބުލް ބުނީ ޝާހްރުކްއާ އެއްކޮށް މަސައްކަތް ކުރުމަށް ފުރުސަތެއް ލިބިއްޖެ ނަމަ ވަރަށް އުފާވާނެ ކަމަށެވެ.