އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އެންމެ ގަޔާވެގެން އަޑުއަހާ ޕްލެއި ލިސްޓް ލަވަތައް ހިމެނޭ ނަންތައް މި ވަނީ އާއްމުކޮށްފައެވެ.

އޭނާ ރައީސް ކަމުގެ ދައުރުގައި ވައިޓް ހައުސްގައި ހުންނެވި ދުވަސްވަރުގެ އަޑުއެހި ލަވަތައްވެސް ހިމެނޭ ގޮތަށް އާއްމުކުރި އެ ލިސްޓާއެކު އޭނާ އިންސްޓަގްރާމުގައި ވިދާޅުވެފައި ވަނީ މިއުޒިކަކީ އޭނާގެ ހަޔާތުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ އެއްޗެއް ކަމަށާއި އަދި ހާއްސަކޮށް އޭނާ ރައީސް ކަމުގައި ހުންނެވި އިރު އެކަން ހާއްސަވިކަމަށް ބުނެފައި ވެއެވެ.

ރައީސް ކަމުގައި އޮބާމާ ހުންނެވި އިރު އޭނާ ލިއުއްވާފައިވާ ފޮތް 'އަ ޕްރޮމިސް ލެންޑް' ގައި އޭނާ ބުނެފައިވާގޮތުން އޮބާމާ އަށް ކަމުދާ ލަވަތަކުގެ ތެރޭގައި ކްލެސިކް ރޮކް، ޖޭޒް، ހިޕް ހޮޕް ލަވަތައް ހިމެނެ އެވެ. އޮބާމާގެ މި ފޮތް އިއްޔެ ބާޒާރަށް ނެރެފައިވާއިރު މި ފޮތުގައި އޭނާގެ ވެރިކަމުގައި ދިމާވި ވަރަށްގިނަ ކަންކަން ހިމަނާފައި ވާނެ އެވެ.

ބަހުސްތަކަށް ލިޔެފައިވާ އެއްޗިސް މުރާޖާ ކުރާއިރު ޖޭއި ޒެޑްގެ 'މައި ފަސްޓް ސޮންގް' ނޫނީ ފްރޭންކް ސިނަތްރާސްގެ 'ލަކް ބީ އަ ލޭޑީ' އަޑުއަހާކަމަށް އޭނާ ބުނެފައި ވެއެވެ. އަދި ވެރިކަމުގެ ދައުރުގައި އޭނާ އާއި އަންހެނުން މިޝޭލް އާއި ދެމީހުން ވެގެން އާޓިސްޓުން ކަމަށްވާ ސްޓީވީ ވޮންޑާ އަދި ގްލޯރިޔާ އެސްޓެފެން ފަދަ ލަވަކިއުންތެރިން ގެނެސް ޝޯ ބާއްވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

 

View this post on Instagram

 

A post shared by Barack Obama (@barackobama)

އޮބާމާ ބުނީ އޭނާގެ ވެރިކަމުގައި އެންމެ އަޑުއަހާ ހިތްވާ ލަވައަކީ ބިއޯންސް ހުށައަޅާދީފައިވާ 'އެޓް ލާސްޓް' ލަވަ ކަމަށެވެ.

އެމެރިކާގެ 44 ވަނަ ރައީސް ކަން ކުރައްވާފައިވާ ބަރަކް އޮބާމާ އަކީ އެޤައުމުގެ ގިނަ ރައްޔިތުން ބަލައިގަންނަށް އެހެން ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރެއްވި ރައީސެކެވެ. އޭނާ ވެރިކަމުގައި ހުންނެވި އިރު ނައިބު ރައީސް އަކަށް ހުންނެވި ޖޯ ބައިޑެން އަކީ މިހާރުގެ އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވި ރައީސް އެވެ. އޮބާމާ އާއި ގާތް ގުޅުމެއް އޮންނަ ބައިޑެން ރައީސް ކަމުގެ ޓިކެޓު ކާމިޔާބު ކުރެއްްވުމުން ބައެއް ފަރާތްތަކުން ހީކޮށްގެން ތިބީ އޮބާމާ ބައިޑެންއާއި އެކު ވެރިކަމުގެ ކަންކަމުގައި އުޅޭނެ ކަމަށެވެ. ނަމަވެސް އޮބާމާ ބުނީ އޭނާ ބައިޑެންގެ ސަރުކާރުގައި މަސައްކަތް ނުކުރައްވާނޭ ކަމަށެވެ.