ދުނިޔޭގެ ބައިނަލްއަގްވާމީ ވިޔަފާރިއާއި ޖިއޯ ޕޮލިޓިކްސް ނުވަތަ ބައިިނަލްއަގްވާމީ ސިޔާސީ މަސްރަހުގައި އެމެރިކާގެ ރޯލު އަބަދުވެސް ބޮޑުވެ. އެހެންވެ އެމެރިކާގެ އިންތިހާބުތަކާއި އެ ގައުމުގެ ރައީސް ކަން ކުރެއްވި ބޭފުޅުން ކުރައްވާ ކަންކަމަކީ މުޅި ދުނިޔެހެން ވަރަށް ކައިރިން ބަލަމުންދާ ކަންކަމެވެ.

މި ގޮތުން އެމެރިކާގެ ތާރީހުގައި އެ ގައުމެއްގެ ރައީސެއް ކުރެއްވި ކަންކަން ކަމުގެ ތެރެއިން އެންމެ ބޮޑަށް ދައުރުވި އެއް ވީޑިއޯއަކީ މިއަދު މި ދެކޭ ޓެލްކޮނޮޖީ ނުދެކެނީސް ކުރިމަތިވި ހާދިސާއެއްގެ ވީޑިއޯއެކެވެ. ދުނިޔޭގެ ތާރީހު ރައްކާ ކޮށްފައިވާ "ހިސްޓްރީ ޑޮޓް ކޮމް" ގައިވާ ގޮތުން ނަމަ އެއީ އެމެރިކާގެ ރައީސެއްގެ އަމަލަކާ ގުޅޭ ގޮތުން އެންމެ ބޮޑަށް ވާހަކަ ދެކުވުނު އަމަލަކީ އެއީއެވެ.

އެއީ ޖެނުއަރީ 8، 1992 ގައި އެމެރިކާގެ އޭރުގެ ރައީސް ޖެއޯޖް ޑަބްލިއު ބުޝް ޖަޕާނަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ހިނގައި ދިޔަ ކަމެކެވެ. އެމެރިކާ ދައުލަތުގެ އޭރުގެ އެންމެ އިސް ވެރިޔާ ޖަޕާނަށް ކުރެއްވި އެންމެ މަތީ ދަތުރުފުޅުގެ މުނާސަބަތުގައި އެ ގައުމުގެ ބޮޑު ވަޒީރު ކީޗި މިޔާޒަވާ އެ ދުވަހުގެ ރޭ ފަރިއްކުޅުވުމެއް ބޭއްވިއެވެ. އެ ރަސްމިއްޔާތުގައި ފަރިއްކުޅުވުމަށް ފަހު، ކުއްލިއަކަށް ހާލުކޮޅު ދެރަވެ ރައީސް ބުޝްއަށް ހޮޑު ލެވުނެވެ. ރައީސް ބުޝްއަށް ހޮޑު ލެވުނީ ވެސް ބޮޑު ވަޒީރު މިޔާޒާވާގެ އުނގު މައްޗަށެވެ. ވަގުތުން ސެކިއުރިޓީގައި ތިބި އޮފިސަރުން ބުޝް ނަގައިގެން ގެންދިޔައެވެ.

ބުޝްއަށް ފަރުވާ ދެއްވި ޑޮކްޓަރުން އޭނާގެ ހާލަތު ބެލުމަށް ފަހު ބުނެފައިވަނީ އެކިއުޓް ގެސްޓްރޮއެންޓްރިސް ނަކަމަށް ކިޔާ ރޯގާއެއްގައި އެމަނިކުފާނު އާލާސްކަންފުޅާ ހުންނެވި ކަމަށެވެ. މައިބަދައިގައި ރިއްސުމާއި އަވަސް އަވަހަށް ހޮޑުލުމާއި ބޭރަށް ދިއުން ފަދަ ކަންކަން ހިނގުމަކީ އެ ރޯގާގެ އާލާމާތްތަކެވެ.

 

ނޮވެމްބަރު 1992 ގައި ބޭއްވުނު އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އިދިކޮޅު ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ބިލް ކްލިންޓަންގެ ކެމްޕޭން ޓީމުން މި ހާދިސާގެ ބޭނުން ހިފާފައިވެއެވެ. މި ހާދިސާއާ އެކީ ރައީސްކަމުގެ ޒިންމާތައް އުފުލެވޭ ވަރަށް ވުރެ ބުޝްގެ ސިއްހީ ހާލުކޮޅު ދެރަ ކަމަށް ބުނެ ކްލިންޓަންގެ ކެމްޕޭން ޓީމުން އެކި ވާހަކަ ދައްކާފައިވެއެވެ. އެ އަހަރުގެ އިންތިހާބު ކާމިޔާބު ކުރީ ވެސް ކްލިންޓަންއެވެ.

އެމެރިކާގެ ރައީސްގެ ގޮތުގައި ޖެއޯޖް އެޗްޑަބްލިއު ބުޝްއަށް ހުންނެވީ ހަތަރު އަހަރުގެ އެންމެ ދައުރަކަށެވެ. ދެވަނަ ދައުރެއް ކަށަވަރު ކުރުމަށް ދިމާވި އެންމެ ބޮޑު އެއް ހުރަހަކަށް ވެސް މި ހާދިސާވެއެވެ. އެހެންވިޔަސް އޭނާގެ ދަރިފުޅު ޖެއޯޖް ޑަބްލިއު ބުޝް އެ ގައުމުގެ ވެރިކަމުގައި އަށް އަހަރު ހުންނެވި މަންޒަރު ދުނިޔޭގައި ހުއްޓައި ބުޝް ދެކެވަޑައިގަތަވެ. ޖެއޯޖް އެޗްޑަބްލިއު ބުޝް ދުނިޔެ ދޫކުރެއްވީ ނޮވެމްބަރު 30، 2018 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ތިއީ ގަޅައެއް! ކަނޑުމަތީ އުޅޭ ހޮޑުލާ ދޫންޏެއް!

    2
    4
  2. ޅަބޭ

    ހަމައެހެންމެ، ކެނެރީގޭ ނަޝީދު އޭނަ ރާއްޖޭގެ ރައީސްއަކައް ހުރިއިރު ޕޯޑިއަމެއްގަ ހުރެ ގަންޖާ މަރިޖުއާނާ އިސްތިހާރުކޮއް، އެބޯން ހިތްވަރުދީވަފޭ. އެއީ ރާއްޖޭގެ ރައީސެއްގެ އެންމެ ތަފާތު ވީޑިޔޯ.

    6
    10