ބޮލީވުޑްގެ ލޯބީގެ ފިލްމްތަކުގެ ތާޖު އަޅުވައިގެން އުޅޭ އެކަކީ ކަރަން ޖޯހަރެވެ. އޭނާގެ ލޯބީގެ ފިލްމްތަކަކީ ހާއްސަ ފިލްމްތަކެކެވެ. އޭނާއާ ގުޅޭގޮތުން އެތައް ފަހަރަކު އެތައް ވާހަކައެއް ދައްކާފައި ވެއެވެ. އުމުރުން 48 އަަހަރުގެ ކަރަން އަދިވެސް މީހަކާއި ނުހުންނާތީވެސް އޭނާއަށް އެތައް ފާޑުކިޔުންތައް އަމާޒު ވެއެވެ. އޭނާއަކީ ސަރަގެސީ މެދުވެރިކޮށް ލިބުނު ދެ ކުދިންގެ ބައްޕައެކެވެ. އެއީ ރޫއީ އާއި ޔަޝް އެވެ. އޭނާ އެގޮތަށް ދަރިއަކު ހޯދުމުން ވެސް ފާޑުކިޔުންތައް އަމާޒުވިއެވެ.

އަދި އޭނާއަކީ އެއްޖިންސުން ގުޅުން ހިންގާ، އެކަަމަށް ތާއިދު ކުރާ މީހެއްގެ ގޮތުގައިވެސް ގިނަބަޔަކު ފާހަގަކުރެއެވެ.

އެހެން ނަމަވެސް އޭނާއަކީ މީގެ އަހަރުތަކެއް ކުރިން އަންހެނަކު ދެކެ ލޯބިވި މީހެކެވެ. އެއީ އޭނާގެ ފުރަތަމަ ލޯބިވެރިޔާ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ކަރަންގެ ފުރަތަމަ ލޯބިވެރިޔާ އަކީ އަކްޝޭ ކުމާރްގެ އަންހެނުން ޓްވިންކަލް ޚަންނާ އެވެ. އެކަން ޓްވިންކަލްވެސް ވަނީ އިންޓަވިއުއެއްގައި ފާހަގަކޮށްފައެވެ.

ޓްވިންކަލް އާއި ކަރަން ކިޔެއީ އެއް ސްކޫލެއްގައެވެ. އެ ސްކޫލަކީ އޭނާގެ ފިލްމް ތާރޭ ޒަމީމް ޕަރް ފިލްމް ކުޅުނު ސްކޫލެވެ.

ޓްވިންކަލް ބުނީ، ކަރަން އޭނާ ދެކެ ލޯބިވިކަން ސްކޫލްގައި އުޅުނު އިރު އެއްބަސް ވި ކަމަށެވެ.

މަސައްކަތުގެ ގޮތުން ބަލާއިރު، ކަރަން ޖޯހަރަކީ އިންޑިއާގެ އެންމެ ހިޓް އެކަކެވެ. އޭނާއަކީ ހަމައެކަނި ފިލްމް އުފައްދާ މީހެއް ނޫނެވެ. އޭނާއަކީ ކޮސްޓިއުމް ޑިޒައިނަރެކެވެ. އެކްޓަރެވެ. ޓީވީ ޕްރެޒެންޓަރެކެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމްތަކަށް ބަލާއިރު، ކޫޗީ ކޫޗީ ހޯތާހޭ އާއި ބްރަހްމަސްތަރާ ހިމެނެއެވެ.