ޕްރިޔަންކާ އާއި ނިކް ކައިވެނިކޮށްގެން އުޅޭތާ މިހާރު ދެއަހަރުވެއްޖެ އެވެ. މި ދެމަފިރިންނަކީ އުމުރުގެ ގޮތުން ބޮޑު ތަފާތެއް ހުރި ދެމަފިރިން ނަމަވެސް، ދެމަަފިރިންވެސް ދަނީ، ކައިވެނި މަތީގައި ދެމިތިބެމެ، އެތައް މިސާލެއް ދައްކަމުންނެވެ. ޕްރިޔަންކާ އާއި ނިކް އާއި ދެ މީހުން ދިރިއުޅެމުން ގެންދަނީ ލަންޑަންގައެވެ.

މިހާރު ޕްރިޔަންކާ އުޅެނީ ވަރަށް ބިޒީކޮށެވެ. އެގޮތުން އަންނަ އަހަރު ތެރޭގައި ނެރުމަށް ހަމަޖެހިފައިވާ އޭނާ ފެނިގެންދާ ޕްރޮޖެކްޓްތަކުގައި މަސައްކަތުގައި އޭނާ ދަނީ ޝާމިލް ވަމުންނެވެ.

މިހާރު ބޭރުގެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި، މި ދެމަފިރިން ދަރިން ހޯދުމަށް މަޝްވަރާތައް ދަނީ ކުރަމުންނެވެ.

އީޓީ އޮންލައިން ކިޔާ ވެބްސައިޓެއްގައި ބުނެފައިވާގޮތުން އެ މީހުން ގެންދަނީ "އަވަސް މުސްތަގްބަލެއްގައި ދަރިން ހޯދުމާއި ގުޅޭގޮތުން ވާހަކަދައްކަމުން". ކަމަށެެވެ.

އެހެން ނަމަވެސް 2019 ވަނަ އަހަރުގެ ޖުލައި މަސް ތެރޭގައި ޕްރިޔަންކާ އާއި ނިކް ވަނީ އެ މީހުން ދަރިން ހޯދުމާއި، ގުޅޭގޮތުން އެއްވެސް ކަހަލަ ޕްރެޝަރެއް ނެތް ކަމަށް ބުނެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ޕްރިޔަންކާ އާއި ނިކް އެއްކޮށް އެމާޒެން ޕްރައިމް ވީޑިއޯއެއްގައި ދަނީ މަސައްކަތް ކުރަމޖންނެވެ. އަދި ނިކް ޕްރިޔަންކާއާއެކު ޓެކްސްޓް ފޯ ޔޫއިން ފެނިގެން ދާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޕްރިޔަންކާގެ ކރުިއަށް އޮތް ފިލްމަކީ ދަ ވައިޓް ޓައިގާ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ކޮންމެ މީހެއްގެ ފަރާތުން މަޝްވަރާ ޓީމެއް ހަދައިގެން ނަތންޔާހޫ ލައްވާ މެދުވެރިއެއްގެ ރޯލު ކުޅުވައިގެން 20 އަހަރު ވަންދެން ހައްލެއް ހޯދުމަށް ބަހާލެވިގެންވާ އެކި ސްޓޭޖްތަކަކަށް އދ ގައި ތި މަޝްވަރާތައް

  2. ހުސޭނުބޭ

    ކޮންމެ މީހެއްގެ ފަރާތުން މަޝްވަރާ ޓީމެއް ހަދައިގެން ނަތންޔާހޫ ލައްވާ މެދުވެރިއެއްގެ ރޯލު ކުޅުވައިގެން 20 އަހަރު ވަންދެން ހައްލެއް ހޯދުމަށް ބަހާލެވިގެންވާ އެކި ސްޓޭޖްތަކަކަށް އދ ގައި ތި މަޝްވަރާތައް ކުރިޔަށް ގެންދިއުން ބުއްދިވެރި

  3. ލަންޑަން

    މަ ހީކުރީ އެމެރިކާ ގަ ކަމައް ދިރި އުޅެނީ ..

  4. ޢަހުރނ

    ތިޔަކަމާއި މަޝްވަރާ ކުރަން ރާއްޖޭގެ ފުންނާބު ކިލާ މަޖިލިސް މެމްބަރުން ގެންދޭ