ގެއްލިއްޖެ އެއްޗެއް ހޯދަން މީސް މީޑިއާ އެހީތެރިވެދޭ ހެެއްޔެވެ؟. ބައެއް މީހުންނަށް މީސް މީޑިއާ ވެގެން ދަނީ ގެއްލުނު އެއްޗެހި ހޯދަން އެހީއަކަށެވެ. މިގޮތަށް އެތައް ބަޔަކު ކަންތައް ކުރާއިރު، ބޮލީވުޑްގެ ތަރި ޖޫހީ ޗަވްލާ ވެސް އޭނާގެ ކަންފަތުލާ މުދި ގެއްލިގެން މީސް މިީޑއާގެ ސަމާލުކަމަށް ގެނައެވެ.

އޭނާގެ ކަންފަތުލާ މުދި ގެއްލިފައި ވަނީ މުމްބާއީ އެއާޕޯޓަށް ކަމަށް އޭނާ ބުންޏެވެ. އޭނާ ވަނީ ގެއްލުނު އެ ކަންފަތު ލާ މުދި ހޯދައިދިން މީހަކަށް ރަނގަޅު ހަދިޔާއެއް ދޭނެ ކަމަށް ވައުދުވެސް ވެފައެވެ.

"އިއްޔެ ހެނދުނު އަހަރެން ވަނީ މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ އަށް ވަނަ ގޭޓުން އެތެރެއަށް ވަދެ، ވަނީ އެމިރޭޓް ކައުންޓަރަށް ޗެކިންވާ ގޮސްފައި، އަދި އިމިގްރޭޝަން ސެކިއުރިޓީއަށް ގޮސްފައި، މި ދިއުމުގެ ތެރޭގައި އަހަރެންގެ ކަންފަތުގައި ލާފައި އޮތް ޑައިމެންޑް މުދި ވަނީ ގެއްލިގައި. އެ މުދި ހޯދައިދިނުމަށް އެހީއަށް އެދެން، އަދި ފެނިއްޖެނަމަ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައުމަށް އެދެެން". އޭނާ ލިޔެފައި ވެއެވެ.

އޭނާ ވަނީ އޭގެ ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ. އޭނާ ބުނީ، ފާއިތުވެދިޔަ 15 އަހަރު ތެރޭގައި އޭނާ އެ ކަންފަތުލާ މުދި ބޭނުންކޮށްފައިވާ ކަމަށް ބުނެފައެވެ.

އޭނާ ކުރި އެ ޓްވީޓާއެކު އެތައް ބައެއްގެ ސަމާލުކަމަން އެ ޓްވީޓަށް ލިބިގެން ގޮސްފައި ވެއެވެ.

މިހާރު އުމުރުން 53 އަހަރުވެފައިވާ ޖޫހީ ވަނީ ބޮލީވުޑްގެ ގިނަ ފިލްމތަކެއްގައި މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    "ކަންފަތުލާ.............މުދި" ވީތަނެއް އެނގޭނީ ފްރާންސް ކީޕަރު ބާތޭޒް އަށް

  2. އަންނި

    ތިޔަ މުދި އެބައޮތް އަޅުގަނޑު އަތުގަ ބަލައި ދުރުވޭ އޭރަށް ދެއްވާނަން.

  3. މޮޔަ

    މިއޮތީ މުދި.....ޖޫހީ ކާރީ ބުނޭ ގުޅާލާށޭ މަށަށް...

  4. ޖާބެ

    ޗިކަން ރިންގ އަޅުވާލާ