ކޮރޯނާ ވައިރަސްގެ މުޅިން އައު ވައްތަރެއް ޔޫކޭގައި ފެތުރެމުންދާތީ މިދިޔަ އާދީއްތަ ދުވަހު އިނގިރޭސިވިލާތް ވަނީ ފުރަބަންދު ކޮށްފައެވެ. އަދި އެހެން ގައުމުތަކުން އިނގިރޭސިވިލާތަށް ދިޔުން ވެސް ގިނަ ގައުމުތަކުން ވަނީ މަނާ ކޮށްފައެވެ.

އިނގިރޭސިވިލާތުގެ މި ފުރަބަންދުގައި ބޮލީވުޑުގެ އެކްޓަރ އާފްތާބު ޝިވާދަސާނީއާއި ޕްރިޔަންކާ ޗޯޕްރާ އެނބުރި ގައުމަށް ނުދެވިފައި އެބަތިއްބެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޕްރިޔަންކާ ދަނީ އޭނާގެ ކުރިއަށް އޮތް ހޮލީވުޑު ލޯބީގެ ޑްރާމާ ''ޓެކްސްޓް ފޮރ ޔޫ''ގެ ޝޫޓިންތައް އިނގިރޭސިވިލާތުގައި ކުރަމުންނެވެ. ޖިމް ސްޓްރައުސް ޑައިރެކްޓް ކުރާ މި ޑްރާމާގައި ޕްރިޔަންކާއާއި އެކު ފެނިގެންދާނީ ސެމް ހެއުގަންއެވެ.

ޚަބަރުތަކުގައިވާ ގޮތުން މި ޑްރާމާގެ ޕްރޮޑަކްޝަން ޓީމުން މިހާރު ދަނީ ހާއްސަ ހުއްދައެއްގެ ދަށުން ޑްރާމާގެ ޓީމު އަނބުރާ ޔޫކޭއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންނެވެ. އަނބުރާ އިނގިރޭސިވިލާތަށް ވަނުމަށް ހުއްދަ ލިބިފައިވީ ނަމަވެސް މިއީ ވަރަށް ދިގުލައި ދެމިގެންދާނެ ޕްރޯސެސްއެއް ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

އެހެންކަމުން ޕްރިޔަންކާއާއި ޑްރާމާގެ ޓީމުން ކުޑަދުވަސްކޮޅަކަށް ނަމަވެސް އިނގިރޭސިވިލާތުގައި މަޑުކުރުމަށް ވަނީ މަޖުބޫރުވެފައެވެ.

އާފްތާބު އޭނާގެ އަންހެނުންނާއި ދަރިފުޅުގެ ގާތަށް އިނގިރޭސިވިލާތަށް ވެސް ގޮސްފައިވަނީ މި ދުވަސްވަރެވެ. އާއިލާއާއި އެކު ޗުއްޓީ ހޭދަކޮށްލުމަށްފަހު އެނބުރި އިންޑިޔާއަށް އޭނާގެ ފިލުމުތަކުގެ މަސައްކަތް ފެށުމަށް އަންނަން ވެފައި އޮއްވައި ޔޫކޭ ފުރަބަންދު ކުރުމާއި ގުޅިގެން އާފްތާބު ވެސް މިހާރު ހުރީ ގައުމަށް ނާދެވިފައެވެ.

އެހެންކަމުން އާފްތާބުއާއި ޕްރިޔަންކާގެ ފިލުމުތަކުގައި މަސައްކަތްތައް މިވަގުތަށް ވަނީ މަޑުޖައްސާލަން ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. .....

    ހައްވާ ޝިއުނާ ތިއައްވުރެން ރަނގަޅު ފޮޓޯއެއް ޖަހަން ނުލިބުނީތޯ.

  2. ޣ

    ޔޫކޭގަ ތިބިއްޔާ ޔޫކޭގަ ޝޫޓް ކުރީމަ ނިމުނީނުން. ޔޫކޭގަ ޝޫޓް ކުރާ އެއްޗެއްވިއްޔާ.