މީހަކާއި އިނުމާއި ގުޅޭ ގޮތުން މީހުން ކުރާ ސުވާލުތަކަކީ އާންމު، އަދި ގިނަ މީހުން އެހާ ގަޔާ ނުވާ ވާހަކައަކަށް ވަނީ ވެފައެެވެ. އަދި މި ސުވާލު މީހަކު ގާތު ދުވާލަކު ކިތައް ފަހަރު ކުރެވޭތޯ މީ ކޮންމެ މީހެއްގެ ހިތުގައި ވެސް އުފެދޭނެ ސުވާލެކެވެ.

ދުވާލެއްގެ މައްޗަށް ބައްތިރީހަކަށް ފަހަރު މީހަކާ އިންނަނީ ކޮން އިރަކުން ކަމާއި މެދު ކުރެވޭ ސުވާލުތަކުން ބައެއް މީހުން މީހަކާއި އިނުމަށް ފޫހިވެއެވެ. އަނެއްބައި މީހުން އިތުރަށް މީހަކާއި އިނުމަށް ގަޔާވެއެވެ. ބާކީ ތިބި މީހުން އެސުވާލު ކުރާ މީހުންދެކެ ފޫހިވެއެވެ. އަދި ދުވާލަކު ކިތަންމެ ފަރަކު އެހި ނަމަވެސް، ސުވާޅު ކުރާ މީހާ ބޭނުންހާ އިރަކު މީހަކާއި ނީނދެވޭނެ ކަމަށާއި، މީހަކާއި ނީންދެ ހުއްޓަސް އެހެން މީހަކަށް މައްސަލައަކަށް ވާން ނުޖެހޭނެ ކަމަށް ބުނެ އުޅެއެވެ.

އެހެން މީހުންގެ ދިރިއުޅުމުގެ ކަންކަން ދާ ގޮތަށް އަބަދުވެސް ސުވާލުކޮށް އުޅުމުގެ އާދަ ދިވެހިންގެ ކިބައިގައި ހުންނަ ވާހަކަ ދައްކަނީ ވެސް ހުދު ދިވެހިންނެވެ. އެކަކު އަނެކަކުގެ ޒާތީ ކަންކަމާއި ބެހި އޭގެ ވާހަކަ ދައްކާ އަދި ޒާތީ ދިރިއުޅުމާއި ބެހޭ އެތައް ސުވާލުތަކެއް އަމާޒުވާތީ އޭގެ ޝަކުވާވެސް ކުރަނީ އަހަރެމެން ދިވެހިންނެވެ.

އެގޮތުން އެންމެ ގިނަ މީހުންގެ ސިކުނޑިތަކަށް އުނދަގޫވާ ސުވާލަކީ ޒަވާޖީ ހަޔާތެއް ފެށުމާއި ގުޅޭ ގޮތުން އަމާޒުވާ ސުވާލުތަކެވެ.

ލޯތްބަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށްވެސް އާންމު ލަފްޒެކެވެ. އެކި މީހުން ލޯބި ސިފަކުރާ ގޮތް ތަފާތެވެ. އަދި ހަމަ އެގޮތައް އެކި މީހުން ލޯބިދޭ ގޮތްވެސް ތަފާތެވެ. ނަމަވެސް މިއަދު ލޯބީގެ މާނަ އަސްލު ތަސައްވަރު ކުރެވެނީ ކިތައް ބޭފުޅުންނަށް ތޯ، މީވެސް ކުރެވޭ އާންމު ސުވާލެކެވެ.

ލޯތްބަކީ އަޅުގަނޑުމެންގެ ތެރޭގައި އާންމު ލަފްޒެއް ކަމަށް ވާއިރު އެކި މީހުން އެ ލަފްޒު ސިފަކުރާ ގޮތް ތަފާތެވެ. އަދި ހަމަ އެގޮތައް އެކި މީހުން ލޯބިދޭ ގޮތްވެސް ތަފާތެވެ. ނަމަވެސް މިއަދު ލޯބީގެ މާނަ އަސްލު ތަސައްވަރު ކުރެވެނީ ކިތައް ބޭފުޅުންނަށް ތޯ މީވެސް ކުރެވޭ އާންމު ސުވާލެކެވެ.

މީހަކާއި އިނދެވެން އަންނަނީ ލޯބި ވެވިގެންނެވެ. އަދި ދިރުއުޅުމުގެ މަގު ޗާޓެއް ކުރަހައިގެންނެވެ. ފުރާފުރިހަމަ ވުމުން ކޮންމެސް ޒަމާނަކުން މީހަކާ އިންނާނެތާއެވެ. ވީމާ މީީހަކާއި އިންނާނީ ކޮން އިރަކުންތޯ އަބަދު ސުވާލު ކުރުމަކީ ބޭއަދަބީ ސިފައެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޗޯރުކޯރި

  މިހާރު އުޅޭ ކުދިން ރައްޓެހިވެގެން ވަކި ފާލެއް ހަމަވަންދެން އުޅެ ވަކި ރާތަކައް ހަނދު އޮއްސުނީމަ ނޫނީ ކައިވެންޏެއް ނުކުރާނެ 😤
  މިކަމާހުރެ އަހަރުމެންކަހަލަ މީހުން މިތިބެންޖެހެނީ ހުއްސަރިބަޔައް 😒
  އަޅޭ ދީނުގަ އޮއެއް ގޮތައް ދެއާއިލާ ވާހަކަ ދައްކާފަ އަވަހައް އިނިއްޔާ ވަނީ ކީއްތަ؟
  ގުލުޝަނާ އުލުފަތާ ހަލާލު ގޮތުގަ ފޮޅުވީމަ ފޮނިރަހަ މާގަދަވާނެ ދޯ، އަދ ގުޅުން ބަދަހި ކުރުމުންވެސް ނޯ ހެޑޭކްސް ✌️😎

  25
  4
 2. ޭެްަތަކުރު

  އަދި މީހަކާ އިންނަ ވަރެއް ނުވޭ

 3. އަލީ

  ތަންދޮރު ނޭނގޭ ރޯނުއެދުރުން އާނމުކޮށް އެހެންމީހުންގެ ޒާތީ ކަނތަކާއި ބެހި އުޅެނީ.

  17
 4. އަހަރެން

  މީހަކާ އިނަސް މި ދިވެހިންގެ އަނގައިގައި ޓޭޕެއް ނޭޅޭނެ..އޭރައް ބުނާނެ ކުއްޖަކު ީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީހޯދަނީ ކޮންއިރަކުންތަ..އެހެޔޮ ސިއްހީ މައްސަލަތަކެއް ގެ ސަބަބުން ކުދިން ނުލިބުނަސް..ނުބެހޭ ކަމެއް ނޯންނާނެ.. ބޮޑު ކަމެއް

  26
  1
 5. ލޮލް

  މިއީ ކައިވެންޏަކި ކޯއްޗެއްކަން ނޭގޭ ކައިވެންޔަކީ ދީނުގައި ކިހާ މަތިވެރި ކަމެއްކަން ވެސް ނޭގޭ މޫވީ ލައިފް ދިރިއުޅެން ބޭނުންވާ ކުދިން ދައްކާފާދާ ވާހަކަ ދެއްތޮ.
  ލޯބީގެ ކުޅިކުޅި ކުޅެ މީހާ ބާވާއިރުވެސް ތިޔަ ކައިވެންޏެއް އޮންނަނީ ނުވެފަ ތޯއްޗެއް.
  ދެން ދެމީހުން ދަސްވެ ނިންމައި ޚަޔާތެއް ފެއްޓީމާ އޮންނަނީ ލޯބީގެ 'ސްޕާކް' ހުސްވެ އައު އުނގެއްގައި ބޯއަޅާލަން ބޭނުންވެފައި.
  މީހާ ޢުމުރުން 15 އަހަރުން ފެށިގެން 'ބިޓުން' ޖެހުން އޯކޭ. އެކަމަކު ރަނގަޅު ނިޔަތެއްގައި ސުވަރުގެ ވަންތަ ވެރިއަކަށް ވުމަށްޓަކައި ހެޔޮ ކައިވެންޔަކުން ކައިވެނި ކުރުމަށް ނޯ ތެންކްޔޫ.
  އަޅެ ފަހެ ދީނުގައި ވާގޮތަށް ޒަވާޖީ ޙަޔާތެއް ފެށީމަ ކާކަށްތޯ ސަހަރޯވެރިވަނީ؟
  ދިވެހިންގެ ސުވާލު ކުރުންތަކަށް ބަދަލެއް ނަޔަސްވެސް ތިމާގެ ދޯދިޔާ ވިސްނުމަށް ކަމެއް ކުރެވިދާނެ ކަންނޭގޭ.

  15
  4
  • ޚފނެ ބތ

   ވެލް ސެއިޑް 💋

   6
   3
  • ތަޅު

   ކައިވެނިނޫނަސް ރިލޭޝަންޝިޕަކަށް ވެސް ދާން ބޭނުން ނުވާ ކުދިން އުޅޭ.

 6. ފަހުދު

  މަށަށް އިނގޭ ކަލޭ ރެޑީ ކަން މަށާ އިންނަން
  އެކަމު ގާނޫނު ފާސް ވީމައެންނު ވާނީ..
  ލަވް ޔޫ އަރޫ 👨‍❤️‍👨👨‍❤️‍👨👨‍❤️‍👨