ޔޫޓިއުބު ޑައިމެންޑު ލިބުނު ފުރަތަމަ އިންޑިޔާގެ ލަވަކިއުންތެރިއަކަށް ނޭހާ ކައްކަރު ވެއްޖެ އެވެ. ހިންދީ މިއުޒިކު ސިނާއަތުގައި އެންމެ ފުންނާބު އުސް ލަވަކިއުންތެރީންގެ ތެރޭގައި ހިމެނޭ ނޭހާ އަށް މި ޝަރަފު ލިބުމާއި އެކު އޭނާ ވަނީ އެކަން ފޭނުންނާއި ހިއްސާކޮށްފަ އެވެ.

The Only Indian Singer to own YouTube Diamond Award!!!! This wouldn’t have been possible without my Family’s support...

Posted by Neha Kakkar on Wednesday, 6 January 2021

ނޭހާގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި އޭނާ ވަނީ ޔޫޓިއުބު ޑައިމެންޑު ލިބުމުން ވަރަށް އުފާވާކަމަށް ބުނެފަ އެވެ. އަދި މި ޝަރަފު ލިބުނު އިންޑިޔާގެ ފުރަތަމަ އަންހެން ލަވަކިއުންތެރިއަކަށް އޭނާ ވުމުންވެސް ވަރަށް އުފާވާކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

ފޮޓޯ: ނޭހާ ކައްކަރުގެ ފޭސްބުކް ޕޭޖު

މަޝްހޫރު އެތައް ލަވައެއް އަޑުއެހުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ ނޭހާ ވަނީ ޑައިމެންޑު ލިބުމުން އާއިލާ އަށާއި އެތައް ބަޔަކަށް ޝުކުރު އަދާކޮށްފަ އެވެ. އޭނާ ޝުކުރު އަދާކުރި މީހުންގެ ތެރޭގައި ޓޯނީ ކައްކަރް އާއި ސޯނޫ ކައްކަރް އަދި އޭނާގެ މަންމަ އާއި ބައްޕަ ހިމެނެ އެވެ.

ޔޫޓުއިބުން ދިހަ މިލިއަނަށްވުރެ ގިނަ ސަބުސްކުރައިބާސް ލިބޭ ކޮންމެ ޔޫޒާރ އަކަށް ޔޫޓިއުބު ޑައިމެންޑު ދެއެވެ. ނޭހާ ކައްކަރުގެ ޔޫޓިއުބު ސަބުސްކުރައިބާސްގެ ގޮތުގައި 11.8 މިލިއަން މީހުން އެބަ ތިއްބެވެ. ނޭހާގެ އިންޑިޔާގެ ފޭނުންގެ އިތުރުން ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް ފޭނުން އެބަ ތިއްބެވެ.

ނޭހާ ކައްކަރު ވަނީ ދާދި ފަހުން ލަވަކިއުންތެރިޔާ ރޯހަންޕުރީތު އާއި ކައިވެނި ކޮށްފަ އެވެ. އެ ކައިވެންޏަށް ދައުވަތު ދީފައި ވަނީ ދެ އާއިލާގެ މީހުންނަށާއި ގާތް އެކުރިންނަށެވެ. ނޭހާ ގެ ހަނީމޫން ފޮޓޯތަކާއި ކައިވެނީގެ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަމެއްވެސް ވަނީ ލިބިފަ އެވެ.