ބޮލީވުޑުގެ ''ދަބަންގް ގަރލް'' ސޮނާކްޝީ ސިންހާއަކީ އޭނާގެ ސަޕޯޓަރުންނެކޭ އެއްފަދައިން ދަންވަރު ގަޑީގައި ކެއުމަށް ވަރަށް ފޯރި ހުންނަ މީހެކެވެ. އެކަން އޭނާވެސް އެއްބަސްވެފައެވެ.

އޭނާ ވަނީ ބުދަ ވިލޭރޭ ކުރި އިންސްޓަގުރާމު ޕޯސްޓެއްގައިވެސް އެކަން ހާމަކޮށްފައެވެ.

ސޮނާކްޝީއަށް އެންމެ ކަމުދާ ''ސްނެކްސް'' އާއި އެކު ނަގާފައިވާ ވީޑިއޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް ބުނެފައިވަނީ އެހެން މީހުންނެކޭ އެއްފަދައިން އޭނާއަކީ ވެސް ''މިޑްނައިޓް ސްނޭކަރ''އެއް ކަމަށާއި ހަމައެކަނި ތަފާތަކީ އެހެންމީހުން އިންސްޓަގުރާމުގައި އެ ވާހަކަތައް ހިއްސާ ނުކުރުން ކަމަށް ވެސް ބުނެފައިވެއެވެ.

ވަރުން ޝަރުމާ ފަދަ ބައެއް މަޝްހޫރު ފަންނާނުންގެ އިތުރުން ސޮނާކްޝީގެ 38 ހާސް ސަޕޯޓަރުން ވެސް ވަނީ އޭނާގެ މި ވީޑިއޯއަށް ލައިކް ދީފައެވެ.

މީސް މީޑިޔާގައި ހަރަކާތްތެރި ސޮނާކްޝީ މި ފަހަކަށް އައިސް އޭނާ ކުރާ ގިނަ ކަންތައްތަކެއް އަންނަނީ އޭނާގެ ފޮލޯވަރުންނާއި ސަޕޯޓަރުންނާއި ހިއްސާ ކުރަމުންނެވެ.

އައު އަހަރު ފެށުމުގެ މުނާސަބަތުގައި ސޮނާކްޝީ ވަނީ އޭނާގެ ސަޕޯޓަރުންނަށް 2020 ވަނަ އަހަރަށް ޝުކުރުވެރިވެ އެ އަހަރުން ލިބުނު ފިލާވަޅުތަކުން އިބުރަތް ހާސިލު ކުރުމަށް ވެސް އެދިފައެވެ.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

އެކްޓިން ކެރިއަރ ފެށުމުގެ ކުރިން ސޮނާކްޝީ ވަނީ ކޮސްޓިމް ޑިޒައިނަރެއްގެ ގޮތުގައި ފިލުމު އިންޑަސްޓްރީގައި މަސައްކަތް ކޮށްފައެވެ. އޭގެފަހުން 2010 ވަނަ އަހަރު ފިލުމު ދަބަންގް އިން ބޮލީވުޑަށް ތަޢާރަފްވި ސޮނާކްޝީ ވަނީ އެތައް ފިލުމެއްގައި މަސައްކަތްކޮށް ގިނަ އެވޯޑުތަކެއް ހާސިލް ކޮށްފައެވެ.

ސޮނާކްޝީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ފިލުމު ''ބޫޖް: ދަ ޕްރައިޑް އޮފް އިންޑިޔާ''، ''ދަބަންގް 3'' އަދި ''މިޝަން މަންގަލް'' ފަދަ ކާމިޔާބު ފިލުމުތަކުންނެވެ.