ބޮލީވުޑުގެ ސްޕަރސްޓަރ ސަލްމާން ޚާނަކީ އެކްޓްކޮށް ޕްރޮޑިއުސް ކުރުމުގެ އިތުރަށް ލަވަ ވެސް ކިޔައިފައިވާ ފަންނާނެކެވެ. މިފަހަރު ފިލުމު ''ކާގަޒް'' ގައި ސަލްމާން ޚާންގެ އަޑުން ކިޔައިފައިވާ ޅެމެއް ބެލުންތެރިންނަށް އިވިގެންދާނެއެވެ.

ސަތިޝް ކޯޝިކް ޑައިރެކްޓްކޮށް ޕަންކަޗް ޓްރިބާތީ މައިގަނޑު ރޯލުން ފެނިގެންދާ ި ފިލުމުގެ ޓްރެއިލާ މި ހަފްތާގައި ރިލީޒް ކުރުމަށް ފަހު ވަނީ ބެލުންތެރިކަން މަގުބޫލުކަން ހޯދައިފައެވެ.

މި ފިލުމަށް ބެލުންތެރިންގެ ބޮޑު ސަޕޯޓެއް ލިބިގެންދިޔަ އެއް ސަބަބަކީ މި ފިލުމުގައި އެންމެ ފުރަތަމަ ފަހަރަށް ސަލްމާން ޚާންގެ އަޑުން ކިޔާފައިވާ ޅެން ހިމެނިފައިވާތީއެވެ.

މި ފިލުމަކީ 19 އަހަރު ވަންދެން ދިރިހުރުމަށްޓަކައި ހަނގުރާމަ ކުރަމުން އައި މީހަކު މަރުވުމުން އެމީހާގެ މުދާތަކަށް ވެގެންދާ ގޮތް ދައްކުވައިދޭ ފިލުމެކެވެ. މި ފިލުމުގައިފިލުމުގެ ޑައިރެކްޓަރ ސަތިޝް ކޯޝިކް ވެސް ވަކީލެއްގެ ރޯލުން ފެނިގެންދާނެއެވެ.

ޕަންކަޗް ޓްރިބާތީގެ މޮޅު އެކްޓިން ފެނިގެންދާ މި ފިލުމުގައި ސަލްމާން ޚާން ކިޔައިފައިވާ ޅެމަކީ ''ޕޮއެޓްރީ އޮފް ކާގަޒް'' އެވެ. މި ޅެމުގައި ކިޔައިދީފައިވަނީ ދުނިޔޭގެ ބޮޑެތި މައްސަލަތައް ވެސް ކުޑަކުޑަ ކަރުދާހެއްގެ މައްޗަށް ބަރޯސާވެ ބޮޑެތި އަދި މުހިންމު ނިންމުތައް ނިންމުމާއި ބެހޭގޮތުންނެވެ. އަދި މި ކަމުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް އަންނަމުންދާ ބަދަލުތަކާއި ބެހޭގޮތުންނެވެ.

މިއީ ސަލްމާން ޚާން މި ގޮތަށް ފިލުމަކަށް ޅެެމެއް ކިޔައިދޭ ފުރަތަމަ ފަހަރެެވެ. މި ޅެން ކޮމްޕޯސް ކޮށްފައިވަނީ ރާހުލް ޖެއިންނެވެ. ޅެން ހަދާފައިވަނީ އަސީމް އަހުމަދު އައްބާސްއެވެ.