ބޮލީވުޑްގެ ބަތަލާ ޖެކްއެލިން ފެނާންޑެޒްއަކީ މީސް މީޑިއާގައި ވަރަށް ހަރަކާތްތެރި ފަންނާނެކެވެ. ޖެކްއެލިންގެ ކަންތައްތައް ބަރާބަރަށް މީސް މީޑިޔާ ބޭނުން ކޮށްގެން ސަޕޯޓަރުންނަށް އަންގައިދެމުން އަންނަ ޖެކްއެލިން މި ފަހަރު ހިއްސާ ކުރީ އޭނާގެ ކުޑައިރުގެ ފޮޓޯއެކެވެ.
މި ހަފުތާ ބަންދުގައި ޖެކްއެލިންގެ ސަޕޯޓަރުންނާައި އޭނާ ހިއްސާ ކޮށްފައިވަނީ ކުޑައިރުގެ ހަނދާންތަކެވެ. ފޮޓޯއަކުން ނަގާފައިވާ މި ފޮޓޯ އިންސްޓަގުރާމު އެކައުންޓުގައި ހިއްސާކޮށް ޖެކްއެލިން ބުނެފައިވަނީ މިއީ ހަފުތާ ބަންދު ދުވަސްތައް ކަމަށެވެ.
ޖެކްއެލިންގެ މި ފޮޓޯއަށް އެތައް ބަޔަކު ލައިކް ދީފައިވާއިރު އޭނާގެ ކުޑައިރުގެ މައުސޫމު ކަމާއި ލޯބިކަމަށް އެތައް ބަޔަކު ތަޢުރީފުކޮށް ކޮމެންޓް ކޮށްފައިވެއެވެ.
ޖެކްއެލިންގެ މި ފޮޓޯއަށް ވަނީ ބޮލީވުޑުގެ އެތައް ފަންނާނުންނެއް ވެސް ތަޢުރީފުގެ ކޮމެންޓްތައް ކޮށްފައެވެ. މަނީޝް ޕޯލް، އުރްވަޝީ ރައުޓެލާ، ޝިލްޕާ ޝެޓީ، ޕްރިތީ ޒިންތާ، ޔައްމި ގޯތަމް، އެފަދަ އެތައް ފަންނާނުންނެއް ހިމެނެއެވެ.
ޖެކްއެލިން އިންސްޓަގުރާމުގައި އެންމެ ފަހުން ހިއްސާކުރި މި ފޮޓޯ އެތައް ބަޔަކަށް ކަމުގޮސްފިއެވެ. އެ ފޮޓޯގައި ހިނިތުންވެލައިގެން ހުރި ކުޑަކުޑަ ޖެކްއެލިންއަށް އެތައް ބަޔަކު ތަޢުރީފުތައް ދަނީ ލިބެމުންނެވެ.
2009 އަހަރު ފިލުމު ''އަލާލުއްދީން'' އިން ބޮލީވުޑަށް ތަޢާރަފްވި ޖެކްއެލިން ވަނީ މިހާތަނަށް ކާމިޔާބު އެތައް ފިލުމުތަކެއް ކުޅެފައެވެ. ''މާޑާ 2''، ''ހައުސްފުލް 2''، ''ރޭސް 2''، ''ކިކް''، ''ޖުޅުވާ 2'' ފަދަ ފިލުމުތައް ހިމެނެއެވެ.
ޖެކްއެލިންގެ ކުރިއަށް އޮތް ފިލުމަކީ ލަކްޝްޔަ ރާޖު އަނަންދުގެ ފިލުމު ''އެޓޭކް''އެވެ. މި ފިލުމުގައި ޖެކްއެލިންގެ އިތުރުން ޖޯން އަބްރަހަމްއާއި ރަކުލް ޕްރީތު ސިންގް ވެސް ފެނިގެންދާނެއެވެ.
މީކާކު ނުދަންނަން.