އާ އާހަރު އާއިލާއާއެކު ހޭދަކުރުމަށްފަހު ބަތަލާ އާލިއާ ބަޓް މި ވަނީ މަސައްކަތަށް ނުކުމެފައެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން ދަނީ ސާންޖޭ ލީލާ ބަންސާލީގެ ގަންގުބާއީ ކަތިއަވަޑީ ފިލްމްގެ މަސައްކަތެވެ. އެ ފިލްމްގެ ލީޑް ރޯލުން ފެނިގެން ދަނީ އާލިއާ އެވެ.

މިިޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ފިލްމްގެ ޝޫޓިންގ މިދިޔަ ހަފްތާ ތެރޭގައި ފެށުނު ނަމަވެސް، ބޭނުންވި ގޮތަށް ޝޫޓިންގ ކުރިއަށްގެންދެވޭ ގޮތް ވަނީ ނުވެފައެވެ. ސަބަބެއް ކަމަށްވާ ޖެނުއަރީ 17 ވަނަ ދުވަހު އާލިއާ މާބޮޑަށް ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުމެވެ.

އެ ފިލްމްގެ ރޯލަކުން ފެނިގެން ދާ ސީމާ ޕަލްވާ ބޮމްބޭ ޓައިމްސްއަށް ބުނީ، އޭނާ އެ ޝޫޓިންގގައި ބައިވެރިވެފައިނުވާ ކަމަށާއި، ނަމަވެެސް އާލިއައަށް ޝޫޓިންގ ތެރޭގައި އެހެން ދިމާވީ ސަންޖޭގެ ސަބަބުން ކަަމަށް ނުވާނެ ކަމަށެވެ.

"އޭނާއަށް އެހެންވީ އެހެން ސަބަބަކާއި ހެދި ކަމަށް ވާނީ، ސަންޖޭ އަކީ މަސައްކަތުގައި މާބޮޑަށް ތެޅިގަނެގެން އުޅޭ މޫހެއް ނޫން، އޭނާއަަކީ ވަރަށް މަދުން ޝޫޓިންގތައް ކޮންމެ ދުވަހަކުވެސް ބާއްވާ މީހެއް، އަދި މިހާތަނަށް އެ ފިލްމްގެ ކަންކަން ދިޔައީވެސް ވަަރަށް ރަނގަޅަށް"

އަދި މިހާރު އެ ފިލްމްގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، މިހާރު ހުރީ ފިލްމްގެ ލަވަތައް އެކަނި ކަަމަށެވެ.

މި ފިލްމްގެ ޝޫޓިންގ ކުރިއަށްގެންގޮސްފައި ވަނީ މުމްބާއީގެ ސުބާބަންގައެވެ.

އާލިއާ ހޮސްޕިޓަލްގައި އެޑްމިޓް ކުރި ނަމަވެސް، އޭނާ ވަނީ އެ ދުވަހު ދޫކޮށްލާފައެވެ. އޭނާ އެ ދުވަހު އުޅުނީ ބޮލުގައި ރިއްސާތީ އެވެ. އަދި ކުޑަކޮށް ވަރުބަލި ވެގެންނެވެ. އަދި އޭނާ އޭގެ އަނެއް ދުވަހު ޝޫޓިންގއަށް ދިޔަ ކަމަށްވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗާލީ 13

    ހަހަހަހަހަަ ހަފްތާއެއްގެ ތެރޭ ފިލްމް ނިމުނީ ޔޯ..... 90 ޕަސެންޓް ޔޯ، ބަންސާލީ ހާދަ އަވަހަކަށް ފިލްމެއް ތި އުފެއްދީ.... މި މީހުންނަށް ހީވަނީ ނޫސްތއް ކިޔަން ތިބެނީ ތަންދޮރު ނުދައްނަ ގަމާރުން ހެން

    7
    2