ބޭނުންވާ ތަކެތި:

3 ބިސްކޯދު

1/2 ޖޯޑު ހަކުރު

1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް

1/2 ޖޯޑު ޗޮކްލެޓް ޗިޕްސް

2 މޭޗުމަތީ ސަމްސާ އަންސޯލްޓެޑް ބަޓަރ

1/4 މޭޒުމަތީ ސަމްސާ ލޮނު

1 މޭޒުމަތީ ސަމްސާ ބޭކިން ޕައުޑާ

1 މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑަރ

1/2 ޖޯޑު ފުށް

ވިޕްޑް ކްރީމް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ތިން ބިހާއި ހަކުރު ކޮޅު ރަނގަޅަށް އެއް ކުރާށެވެ. އެއަށްފަހު ބަޓަރ، ފުށް ، ކޮކޯ ޕައުޑަރ ، ލޮނު އަދި ބޭކިން ޕައުޑަރ އެއްކޮށްލުމަށް ފަހު ރަނގަޅަށް ފުށްގަނޑު ގަށާލާށެވެ. އެއަަށްފަހު އޭގެ ތެރެއަށް ޗޮކްލެޓް ޗިޕްސް އަޅާށެވެ.

ތަވާގައި ބަޓަރ ކޮޅެއް ހޭކުމަށް ފަހު ހޫނުކޮށްލާށެވެ. އަދި ގިރާފައި ހުރި ފުށްކޮޅުން ފަހަރަކު ސްކޫޕެއް އެޅުމަށް ފަހު ކޮންމެ ފުށްކޮޅެއް ފުށުން ޖަހަމުން ފިހާށެވެ. ކޮންމެ ފުށެއްވެސް ފިހަންވާނީ މަދުވެގެން އެއްމިނެޓް ވަންދެންނެވެ. ޕޭންކޭކް ފިހެވުމުން ބޭނުން ނަމަ މައްޗަށް ވިޕްޑް ކްރީމް ކޮޅެއް އެޅިދާނެއެވެ،

ކިޔުންތެރިންގެ ހިޔާލު