ބަރުދަން ހުންނަ ރަޖާ ބޭނުން ކުރުމުން ނުނިދޭ މީހުންނަށް ލުޔެއް ލިބޭކަން މިއީ މިހާރު ދިރާސާތަކުން ހޯދިފައިވާ ކަމެކެވެ. ރޭގަނޑު ނުނިދުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ އުނދަނގުލެކެވެ. ރަނގަޅަށް ނިދަން ބޭނުން ނަމަ ބަރުދަން ހުންނަ މާސްކެއް ލޯ މަތީގައި އެޅުމަކީ އަަވަހަށް ނިދަން މެދުވެރިވާ ކަމެއް ކަމަށް މިހާރު ވަނީ ހޯދުންތަކުން އެނގިފައެވެ.

އާއްމުކޮށް ލޮލުގައި އަޅާ މާސްކަކީ އަލި ބަންދުކޮށްލާ އެއްޗެކެވެ. ބަރުދަން ހުންނަ މާސްކު ބޭނުން ކުރުމުން އަވަހަށް ނިދުމުގެ އިތުރުން، ހޭނުލެވި ނިދީގައި އޮތުމަށް ވެސް އެހީވެދެއެވެ. ލޮލުގައި ބަރުދަން ހުރި މާސްކެއް އެޅުމުން އެ ބަރުދަން ބެހިގެން ދަނީ މުޅި މޫނަށެވެ. މީގެ ސަބަބުން ހަމަޖެހުމަށް މަގުފަހިކޮށްދެއެވެ.

ބަރުދަން ހުރި ލޮލުގައި އަޅާ މާސްކެއް ބޭނުން ކުރުމަކީ ސައިނަސް އަދި މައިގްރައިން އަށް ވެސް ލުއި ހޯދަދޭ ކަމެކެވެ.

weighted eye masks

މިގޮތަށް މާސްކް އަޅާއިރު އެއް ފަޅީގައި ކުޑަ ފިނިކަމެއް ހުންނަ މާސްކް އެޅުމުން އިތުރަށް ލޮލަށް އަރާމު ލިބިގެންދެއެވެ. އަދި މިފަދަ މާސްކު ގަންނަ އިރު މާ ބާރުކޮށް ބަންނަން ޖެހޭ މާސްކް ނުގަތުން މުހިންމެވެ. އަދި މާސްކުގައި ލުއި މީރު ވަހެއް ދުވުމަކީ އިތުރަށް މީހާ އަށް ހަމަޖެހުން ލިއްބައިދޭ ކަމެކެވެ. ހަމަ އެހެންމެ މިގޮތަށް މާސްކު އަޅާ އިރު ޖެލް މާސްކެއް އެޅުމުން ވާ ފައިދާތަކެއް ވެސް ހުރެއެވެ. އެއީ ޖެލް މާސްކު ފްރިޖްގައި ބޭއްވުމަށް ފަހު ލޮލުގައި އެޅުމަކީ ލޯކައިރި ކަޅުވުމުން ދުރުކޮށްދީ، ލޮލަށް އަރާމާއި ރާހަތު ލިއްބައިދޭ ކަމަކަށް ވުމެވެ.

ކިޔުންތެރިންގެ ހިޔާލު