މަޝްހޫރު ޓީވީ ސީރީސް "އެރޯ" ގެ އެންމެ މުހިންމު ކެރެކްޓަރ ކަމަށްވާ "ގްރީން އެރޯ" ގެ ކެރެކްޓަރ ކުޅެމުން އަންނަ އެކްޓަރ ސްޓީވަން އެމެލް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

ސްޓީވަން އާއި އެކު އޭނާގެ އަނބިމީހާ ސިނދްރެއްލާ ޖީން އާއި ދަރިފުޅު ވެސް ރާއްޖެ އައެވެ.

ސްޓީވަން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ގެންދަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ނޭނގެއެވެ.

އޭނާ ޗުއްޓީ އަށް ރާއްޖެ އައިސްފައި މިވަނީ އޭނާ ކުޅެމުން އަންނަ "އެރޯ" ގެ ސީޒަން-6 ނިންމާލުމަށް ފަހު އެވެ. މިސީރީސްގެ ހަތްވަނަ ސީޒަން ދައްކަން ފަށާނީ އަންނަ އޮކްޓޯބަރ މަހު އެވެ.

"އެރޯ" އަކީ ޔޮޓެއްގައި ދަތުރު ކުރަމުން ދިޔަ ދެބަފައިން ގެއްލި އޭގެ ފަހުން އޭގެތެރެއިން އެކަކު ސަލާމަތްވެ އޭނާގެ ދިރިއުޅުން ބަދަލުކޮށްލާ ގޮތް ދައްކުވައިދޭ ސީރީސް އެކެވެ. ގެއްލުނު ޒުވާނާ އެނބުރި އުފަން ސިޓީ އަށް އައިސް އެސިޓީގައި އުޅޭ ނުލަފާ މީހުންނާއި ދެކޮޅަށް މަސައްކަތް ކުރާ މަންޒަރު މިސީރީސް އިން ދައްކުވައިދެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަހޫ

  ސްޓީވަންއެއްނޫން ކިޔަނީ. ސްޓެފަން އެމެލް.

  • ސްޓީވެން

   އެޔީ ހަމަ ސްޓީވެން... ސްޓެފަން ކިޔާނީ ނަމުގައި "އޭ" އަކުރު ހުންނަމީހުނަށް.

 2. ސްޓީވަން

  ސްޓެފެން އެމެލް ރާއްޖެ ދިޔައީ. މަ އަދި ގޭގަ މި އޮތީ

  • ސިންދްރެއްލާ

   ހަހަ

 3. ެުއުހޫ

  ސްޓީވަން އެއީ ސްޕެލް ކުރާނީ އެގޮތައް.. ސާބަސް އަހޫ

 4. އޮލިވަރ ކުއީން

  ފުރަތަމަ އޭނާ އަށް

 5. އޮލިވަރ ކުއީން

  ސްޓީވަން އަންހެނުންނަށް ކިޔަނީ ސިނދްރެއްލާ ޖީން އެއް ނޫން ކެސޭންޑްރާ ޖީން.