ހަމަނުޖެހުމަށް އޮތް ބިރު ކުޑަވުުމުން ޓްރަމްޕްގެ ބޭން އުވާލާނެ ކަމަށް ޔޫޓިއުބް އިން ބުނެފިއެވެ.

ޔޫޓިއުބް އިން ޓްރަމްޕް ސަސްޕެންޑް ކޮށްފައި ވަނީ މުޖުތަމައުގައި ހަމަނުޖެހުން އުފެދޭ ގޮތަށް ހިއްވަރުދީ ވާހަކަދައްކާފައި ވާތީއެވެ. ޔޫޓީއުބް އިން ޓްރަމްޕްގެ ޗެނެލް ސަސްޕެންޑް ކޮށްފައި ވަނީ ޖެނުއަރީ މަހުއެވެ.

ޔޫޓިއުބް އިން މިހެން ބުނެފައި ވާއިރު ޓްވިޓަރ އިން ވަނީ ޓްރަމްޕްގެ ބޭން އުވާ ނުލާނެ ކަމަށް ބުނެފައެވެ. ފޭސްބުކް އިން ދަނީ ޓްރަމްޕްގެ ބޭން އުވާލުމުގެ ކުރިން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

ފޭސްބުކްގެ ވެރިޔާ މާކް ޒުކަބާކް ޓްރަމްޕް ބޭން ކުރުމަށް ފަހު ފޭސްބުކްގައި އާއްމުކުރި ބަޔާނެއްގައި ވިދާޅުވީ ފޭސްބުކާއި އިންސްޓަގްރާމް އިން ޓްރަމްޕް ބޭން ކުރީ އެކުންފުނީގެ ޕްލެޓްފޯމްތައް ބޭނުން ކޮށްގެން އިންތިޚާބީ ސަރުކާރާއި ދެކޮޅަށް ހަމަނުޖެހުންތައް ހިންގުމަށް ހިތްވަރުދެމުން ގެންދާތީ ކަމަށެވެ.

އޭރު އޭނާ ބޭން ކުރީ މަދުވެގެން ދެހަފްތާ ދުވަހަށް ޓްރަމްޕްގެ އެކައުންޓްތައް ބޭނުން ނުކުރެވޭ ގޮތަތަށެެވެ. އެހެންކަމުން ވެރިކަމުގައި ހުރެ ފޭސްބުކް އާއި އިންސްޓަގްރާމް ބޭނުން ކުރުމުގެ ފުރުސަތު ޓްރަމްޕް އަށް ލިބިފައެއް ނުވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ޤާނޫނީ ސައްހަކަން ކަށަވަރު ކުރުމަށް ކޮންގްރެސްގައި ވޯޓް ނެގުމާއި ދިމާކޮށް ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓަލް ބިލްޑިންގަށް ވަދެ ހަމަނުޖެހުން ހިންގުމުން ޓްރަމްޕް އަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވިއވެެ. އަދި އެފަދަ ފަރާތްތަކުން ވަނީ ޓްރަމްޕްގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގާފައި ވަނީ ޓްރަމްޕް އެކަމަށް ހިތްވަރު ދިނުމުން ކަމަށް ބުނެ ޓްރަމްޕް އަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.