ޕްރިޔަންކާ ޗޯޕްރާއަކީ ބޮލީވުޑް އަދި ހޮލީވުޑްގެ ފިލްމުތަކުންވެސް ބޮޑު މަޝްހޫރުކަމެއް ހޯދަމުން އަންނަ ކުޅަދާނަ ތަރިއެކެވެ. ފިލްމީ ދާއިރާގެ އިތުރުން ޕްރިޔަންކާއަކީ އެތަށް ބައެއްގެ ސަމާލުކަން ހޯދައިފައިވާ ޖިންސުއްލަތީފެކެވެ. ޕްރިޔަންކާ އަދި ކައިވެންޏެއް ކޮށްފައިނުވާއިރު ޕްރިޔަންކާ ވަނީ ބޮލީވުޑްގެ މަޝްހޫރު ބައެއް ފަންނާނުންނާއި ލޯބީގެ ގޮތުން ގުޅިފައެވެ. އެގޮތުން ޕްރިޔަންކާ ލޯބީގެ ގޮތުން ގުޅުން ބައެއް ފަންނާނުން ތިރީގައި އެވަނީއެވެ.
އަކްޝޭ ކުމާރު
އަކްޝޭ ކުމާރަކީ ބޮލީވުޑްގެ އެތަކެއް ފިލްމަކުން ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ ފަންނާނެކެވެ. އަކްޝޭ ކުމާރާއި ޕްރިޔަންކާ ލޯބީގެ ގޮތުން ގުޅިފައިވަނީ "އަންދާޒް" އަދި " މުޖްސެ ސާދީ ކަރޯގީ" ފަދަ ފިލްމުތަށް އެއްކޮށް ކުޅުމަށް ފަހު އެ ދުވަސްވަރުގައެވެ. އަކްޝޭ އާއި ޕްރިޔަންކާ ވަކިވެފައިވަނީ އަކްޝޭގެ އަންހެނުން ޓްވިންކަލްގެ ސަބަބުންނެވެ.
ޝާހްރުކް ހާން
ޝާހްރުކް ހާން އަކީ ބޮލީވުޑްގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރަމުން އަންނަ ފަންނާނެކެވެ. އަދި އޭނާ އަކީ ބޮލީވުޑްގެ އެންމެ ތަނަވަސް ފަންނާނުވެސް މެއެވެ. ޝާހްރުކްހާން އާއި ޕްރިޔަންކާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ވަކިވެފައިވަނީ އާއިލީ މައްސަލައެއްގެ ސަބަބުންނެވެ.
ޝާހިދް ކަޕޫރު
ޕްރިޔަންކާ ވަނީ ޝާހިދް ކަޕޫރާއިވެސް ލޯބީގެ ގޮތުން ގުޅިފައެވެ. ކަރީނާ ކަޕޫރާއި އެކި ގިނަ ދުވަސްތަކެއްގައި ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ޕްރިޔަންކާއާއި ލޯބީގެ ގޮތުން ޝާހިދް ގުޅިފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގައެވެ.
ކޮބާ ސުނިއަންކާ؟
??
ޕްރިޔަންކާ އަށް މި ލިޔުން ފެނިއްޖެޔާ ކިހާވަރަކުން ދާނެބާ؟
ހުރިހާ ވަނަތަކަކާއި ކާމިޔާބީއާއި އެކުވެސް ހުސް މީހުންގެ ފިރިންނާ ރައްޓެހިވެލަން މިލިބުނީ ނޫނީ އެނގުނީ. ކޮބައި ދެން ކާމިޔާބުވެފަ!!!
ތި ލިސްޓުގައި ކްރިސްޓިއާނޯ ރޮނާލްްޑޯ
ނުހިމެނޭބާ.