ބަތަލާ އަނުޝްކާ ޝަރުމާއާއި ކުރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ ލޯބީގެ ގޮތުން ގުޅުނު ޚަބަރާއި އެކު މީސް މީޑިޔާތަކުގައި އެންމެ ގަދައަށް ދެކެވެން ފެށި ވާހަކައަކީ މި ދެ ފަންނާނުންގެ ވާހަކައެވެ. މި ދެ ފަންނާނުން ވަނީ 2017 ވަނަ އަހަރު ކައިވެނިކޮށް އަދި 2021 ވަނަ އަހަރު ވަނީ ދަރިއަކު ވެސް ލިބިފައެވެ. މިއަދު ވެސް މީސް މީޑިޔާތަކުގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ މި ދެ ފަންނާނުންގެ ވާހަކަތަކެވެ.

ޒީ ނިއުސްގައި ސްޕަރ ސްޓަރ އާމިރު ޚާން ވިރާޓްއާއި ކުރި އިންޓަވިއުއެއްގައި ވިރާޓަށް އެންމެ ކަމުދަނީ އަނުޝްކާގެ ކޮން ސިފަތަކެއް ތޯ ސުވާލު ކުރުމުން ވިރާޓް ބުނެފައިވަނީ އެއީ އަނުޝްކާގެ ތެދުވެރިކަން ކަމަށެވެ. އަނުޝްކާއަކީ އޭނާގެ ހިތުގައި އޮންނަ އެއްޗެއް އެއްވެސް ފޮރުވުމެއް ނެތި ބުނާ މީހަކަށް ވާތީ އެކަމުގެ ސަބަބުން ދެމީހުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ.

މީގެއިތުރުން އަނުޝްކާއަކީ އޭނާގެ ކައިރީގައި އުޅޭ އެންމެން ވެސް ކުރިއެރުމަށް އެދޭ އަދި އެކަމަށް މަސައްކަތް ކުރާ މީހެއް ކަމަށް ވެސް ވިރާޓް ބުނެފައިވެއެވެ. އަނުޝްކާއާއި އެކު ހޭދަކުރެވުނު އަހަރުތަކުގެ ތެރޭގައި އަނުޝްކާ ފަރާތުން ވަރަށް ބައިވަރު ކަންތައްތައް ދަސްކޮށްފައި ވާނޭ ކަމަށް ވެސް ވިރާޓް ބުނެފައިވެއެވެ. އަދި ޚުދު ވިރާޓްގެ ކުރިއެރުމަށް އަނުޝްކާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށް ފާހަގަ ކޮށްފައިވެއެވެ.

މިހާރު މި ދެ ފަންނާނުންގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނީ ދަރިފުޅު ވަމިކާ ރަނގަޅު ގޮތުގައި ބޮޑު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަނުޝްކާ

    ހަޑި ވިރާޓު!

    • ވަމިކާ

      ތުމްހާރީ އިތްނީ ހިއްމަތް؟ ދުބާރާ އޭސާ ބޯލީތޮ ޕާޕާކޯ ކެހެދޫންގީ ނަޔީ މާ ލާނޭކޭލިޔޭ