ކޮވިޑް-19 އާ ގުޅިގެން ރައްޔިތުން އަމަލު ކުރަން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ އުސޫލުގައިވާގޮތުގެ މަތިން ކަންތައްކުރާ ވަގެއްގެ ވީޑިއޯއެއް އާއްމު ވެއްޖެއެވެ.

އެ މީހާ ވައްކަން ކޮށްފައި ވަނީ ރެސްޓޯރެންޓަކުންނެވެ. މިހާރު މީސް މީޑިއާގައި އެ ވީޑިއޯ އާއްމުކޮށްފައި ވަނީ އެ މީހާ ވައްކަން ކުރި ރެސްޓޯރެންޓުގެ ވެރިފަރާތުންނެވެ.

ރެސްޓޯރެންޓްގެ ވެރިފަރާތުން ވީޑިއޯ އާއްމުކޮށް ބުނެފައި ވަނީ، އެޗްޕީއޭގެ އުސޫލުތަަަކަށް މީހުން ތަބާ ވަމުންދާ ކަމަށެވެ. އޭނާ ބުނީ ރޭ ފަތިހު 4:25 ހާއިރު އެ ރެސްޓޯރެންޓަށް ވަގެއް ވަން ކަމަށާއި، އޭނާ ހުރީ މާސްކް އަޅައިގެން ކަމަށެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ މާސްކް އަޅައިގެން ހުރި މީހާ ސެނެޓައިޒާ ބޭނުންކޮށްގެން އޭނާއަށް އަތްލެވިފައި ހުރި ތަންތަން ފޮހޭ މަންޒަރެވެ. އޭނާ އެ ރެސްޓޯރެންޓްގެ މެނޫ ބަލާ މަންޒަރުވެސް އެ ވީޑިއޯއިން ފެނިގެން ދެއެވެ.

އެ ވީޑިއޯ އާއްމު ކުރި މީހާ ވަނީ، އެއީ ކާކުކަން އެނގޭނަމަ އެކަން ހިއްސާ ކުރުމަށް އެދިފައެވެ.

އެމީހާ އިތުރަށް ބުނެފައި ވަނީ އެތަނުގައި ސްޕީކަރާއި، ޓެބްލެޓަކާއި، ހޮޓްލައިން ފޯނުވެސް އޮތް ކަމަށެވެ. އެހެން ނަމަވެސް އޭނާ އެތަނުން އެއްވެސް އެއްޗެއް ވަގަށް ނަގާފައި ނުވާ ކަމަށް ބުންޏެވެ.

އޭނާ ވަގަށް ގެންދިޔައީ ޕެޓީ ކޭޝްގެ ގޮތުގައި ބަހައްޓާފައިހުރި ފައިސާ ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަންނި

    ނައިޝް.

  2. Anonymous

    ހާދަ ރަމގަޅު ވަގެއް

  3. ހުސޭނުބޭ

    ދެން ހުރިހައި ވަގުން ވައްކަންކުރަންވީމާ އެޗްޕީއަށް ގުޅާ ރަގަޅު ގަޢިޑްލައިނެއް އެމީހުން ކައިރީ ބުނެގެން ހޯދާތި