ބަރުދަނުގައި 1.5 ޓަނުގެ ފޯޑް ރޭންޖާ ޓްރަކެއް ކަފު ޖަހައިގެން 26 މޭލަށް ދުވެގެން މީހަކު ރިކޯޑެއް ހަދައިފިއެވެ.
އޮސްޓްރޭލިއާ އަށް އުފަން ކޮރޭ ފިލްޕޮޓް ވަނީ 16 ގަޑިއިރާއި 12 މިނެޓަށް ދުވެ ރިކޯޑެއް ހަދައިފައެވެ. އުމުރުން 23 އަހަރުގެ މި މީހާގެ ފުރަތަމަ ނިންމުމަކަށްވީ މިދިޔަ އަހަރު ވަރުގަދަ މުބާރާތެއްގައި ބައިވެރިވުމެވެ. ކަން ދިމާކުރި ގޮތުން ފުރަބަންދުގެ ހާލަތަށް ދާން ޖެހުމުން އެއްވެސް މުބާރާތެއް މިދިޔަ އަހަރު ނުބާއްވައެވެ.
"ވޯލްޑް ސްޓްރޯންގެސްޓް މެރެތަން" ފަދަ ބޮޑަތި މުބާރާތްތަކުގައި ބައިވެރިވުމަށް ކޮރޭ ޝައުގުވެރިކަން ހުންނަން ފެށީ 2016 ވަނަ އަހަރު ރޯސްގެ ކާމިޔާބީ ފެނިފައެވެ. ޔޫޓިއުބްއިން ރޯސްގެ ވީޑިއޯއެއް ބެލުމަށް ފަހު ކޮރޭ ވަނީ މި އަހަރު އެންމެ ވަރުގަދަ މެރެތަން އެއްގެ އެވޯޑް ހޯދާނެ ކަމަށް އޭނާގެ މައިންބަފައިން ގާތުގައި ބުނެފައެވެ.
ރޭހުގައި ބައިވެރިވުމަށް ތައްޔާރު ވުމުގެ ގޮތުން ކޮރޭ ވަނީ ކޮންމެ ދުވަހަކު ގަދަ އަޅައި މަސައްކަތް ކޮށްފައެވެ. އެގޮތުން އަހަރަކާ ގާތް ކުރާހާ ދުވަހުުު ޓްރެއިނިން އެއްގެ ގޮތުގައި ޕިކަޕު ފަދަ އުޅަނދުތަައް ކޮށްޕައިގެން ގައިގައި ވަރު ޖެއްސުމަށް މަސައްކަތް ކުރިއެވެ.
މީސް މީޑިއާ ޕްލެޓްފޯމުތައް މެދުވެރިކޮށް ކޮރޭ ވަނީ ޗައިލްޑްސޭފް އޮސްޓްރޭލިއާ އަށް ފަންޑްރެއިސް ކޮށްދީފައެވެ. މިއީ ކުޑަކުދިންގެ ރައްކާތެރިކަމަށާއި ކުޑަކުދިންނަށް ލިބެމުންދާ އަނިޔާއާއި ދެކޮޅަށް މަސައްކަތް ކުރާ ބަޔެކެވެ. އިންޓަގްރާމުގައި ކޮރޭ ލިޔެފައިވާ ލިޔުމުގައި ބުނެފައިވަނީ އަބަދުވެސް ބޭނުންވަނީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ކަމުގައެވެ.
ބޮޑު ކާމިޔާބީއެއް ހާސިލް ކުރެވުނު އިރު އެކަމުގައި އެކި ގޮތްގޮތުން އެހީތެރިވެދިން މީހުންނަށާއި ލޯކަލް ކޮމިއުނިޓީއަށް ކޮރޭ ވަނީ ޝުކުރުގެ ބަސްތައް ފޮނުވައިފައެވެ.