މަޝްހޫރު އެކްޓަރުންނަށް މަލާމާތް ކުރުމަކީ އާއްމު ކަމެކެވެ. ހާއްސަކޮށް މީސް މީޑިއާގެ ޕްލެޓްފޯމްތަކުގައި ބައެއް ތަރިންނާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކައި، މަލާމާތްކޮށް ހަދައެވެ. މިފަދަ މަލާމާތްތައް ހުއްޓުވުމަށް އެ ތަރިން އަމިއްލަ ދިފާއުގައިވެސް ނުކުމެފައެވެ.

މިފަހަރު އާއްމުންގެ މަލާމާތް ރައްދުވެފައި ވަނީ އަބިޝޭކް ބަޗަން އަށެވެ. އޭނާ އިންތިޒާރު ކުރަނީ އޭނާ ފެނިގެން ދާ ދަ ބިގް ބުލް ނެރޭނެ ދުވަހަކަށެވެ. އޭނާއަށް މަލާމަތް ކުރި މީހުންނަށް އޭނާ ޖަވާބުވެސް ދީފައި ވެއެވެ.

އޭނާ އަށް މަލާމާތް ކުރި މީހަކު ބުނެފައި ވަނީ، އޭނާއަކީ "އެއްވެސް ކަމަކަށް ރަނގަޅު މީހެއް ނޫން"ކަމަށެވެ. އަދި އޭނާގެ ހުންނަނީ "ލިބެން ޖެހޭ ވަރަށް ވުރެ ރީތި އަންބެއްކަމަށް"ވެސް ބުނެފައި ވެއެވެ.

އަބިޝޭކް ކައިވެނިކޮށްގެން އުޅެނީ ރީތީގެ ރާނީ އައިޝްވާރިޔާ ރާއީ އާއެވެ. އެ ކައިވެންޏަށް އަންހެން ދަރިއަކުވެސް ލިބިފައި ވެއެވެ.

އަބިޝޭކްއަށް މަލާމަތް ކޮށް ކޮމެންޓެއް ކޮށްފައި ވަނީ ދަ ބިގް ބުލްގެ ޓްރޭއިލާ ޓްވިޓާގައި އާއްމު ކުރުމުން އެއަށެވެ. ފަހުން އެ ޓްވީޓް ވަނީ ޑިލިޓްކޮށްފައެވެ.

"ތިއީ އެއްވެސް ކަމަކަށް ރަނގަޅު މީހެއް ނޫން، އަހަރެން ވަރަށް ޖެލަސްވޭ، އަބިޝޭކްގެ ވަރަށް ރީތި އަންބަކު ހުންނާތީ.... އަދި އެއީވެސްް އަބިޝޭކްއަސޤ ހައްގު ނުވާ ވަރުގެ އަންހެނެއް".

އަބިޝޭކް ވަނީ އެ މަލާމަތްތަކަށް ރައްދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަންނި

    ކޮބާތަ ދިން ޖަވާބަ ކީ ހީވަނީ ލިޔެފަ އޮތީ ޚަބަރުގެ އެއްބައިހެން

    22
  2. މުބީނު މާރނީ

    ރީތި ކަމަކީ އެއްވެސް އެއްޗެއް ނޫން. އަނބި ރީތީ ހެވިއްޔާ.

    14
    3
  3. އެމަންޖެ

    އަންނިޔައް ހާދަވަރެއްވެޔޭދޯ އައިސްއާ ބެހިލައިފިއްޔާ.

    12
    1
  4. 😀

    ކުރީގެ ބިޓެއްހެން ހީވަނި

    12
  5. އަޅެ

    މިހާރުވެސް އައިށްވާރިޔާ މޭކަޕް ނުކޮށް ހުއްޓާ ފެނިބަލަ ، އޭނާ ރީތި ތޯ ؟ އަދި އައިށްވާރިޔާ ހެނދުނު ހޭލާފައި ހުންނައިރު ބަލާބަލަ އޭނާ ރީތި ތޯ ؟.ރީތީ ކަން ގުޅިފައިވަނީ އެމީހެއްގެ އާޓިފިށަލް މޭކަޕާ.ހަގީގީ ބުރުސޫރަ ރީތި މީހުން މި ދުނިޔޭ އިން މަދުވާނެ.

    11
    3
  6. ޝާފީ

    އަބިޝޭކް ގެ އިސްކޮޅާ ރޫފަ އަކީ ޔޫރޮޕިޕއަން ސްޓޭންޑަޑް ކަންކަން. ފުރިހަމަ އިސްކޮޅު އެބަހުރި. ފުރިހަމަ ސިއްހަތު އެބަހުރި. ފައިސާ އެބަހުރި. ނޭފަތް އެހާ ބޮޑު. (މިބުނި އެއްޗެއް ގެ މާނަ އަންހެން ވެރިންނަށް އިނގޭނެ). މިލިއަނަރެއް. ދެން އަންހެނަކަށް ބޭނުންވާނީ އިތުރު ކޮންކަމެއް. އެކްޓް ކުރަން ކޮންމެ މީހަކަށް ނޭންގިދާނެ. ޓިސް ޓިސް ހުރިއްޔާ އެއީ މައްސަލާ އެއް ނޫން.