ސްރީލަންކާގެ މޮޑެލް ކުރުމުގެ ދާއިރާއިން އިންޑިޔާގެ ބޮލީވުޑަށް ތަޢާރަފްވެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޖެކުއަލިން ފެނާންޑަޒްގެ މުމްބާއީގައި ހުންނަ އެޕާޓްމަންޓަކީ އިންޓީރިއާ ޑިޒައިނިން އިން ފާހަގަ ކޮށްލެވޭ އެޕާޓްމެންޓެކެވެ.
މުމްބާއީގައި ހުންނަ މި އެޕާޓްމަންޓުން ފާހަގަ ކޮށްލެވޭ ފަރުމާ ކުރުންތައް.
ސަބްލް ޑެކާ
ޖެކްއެލިންގެ މި ގޭގައި ހުދު ކުލައިގެ ފާރެއްގައި ސަބްލް ފްލޯރަލް އާޓް ފަރުމާކޮށް ގޭގެ ސިޓީގައި މުށި ކުލައިގެ ކާޕެޓެއް އަޅައިފައިވެއެވެ.
ތަސްވީރު ފާރު
މުޅި ގެއިން ވެސް ވަކި ފާރެއް ފޮޓޯ ފްރޭމްތަކާއި ޖެކްއެލިންގެ ލޯބިވާ މީހުންގެ ފޮޓޯތަކަށް ހާއްސަ ކުރެވިފައިވެއެވެ. އަދި މީގެ އިތުރުން އޭނާއަށް ލިބިފައިވާ ކާމިޔާބީތައް ވެސް މި ފާާރުން ފެންނާން ހުރެއެވެ.
ޖެކުއެލިންނަށް އެންމެ ކަމުދާ ކޯނަރ
ޖެކުއެލިންނަށް އެންމެ ކަމުދާ ކޯނަރު އޭނާގެ ގޭގައި ޑިޒައިން ކޮށްދީފައިވަނީ ބޮލީވުޑުގެ ކިންގް ޚާން ޝާހުރުކް ޚާންގެ އަންހެނުން ގައުރީ ޚާންއެވެ. ގައުރީއަކ ފާހަގަ ކޮށްލެވޭ ފެންވަރުގެ މަޝްހޫރު އިންޓީރިއަރ ޑިޒައިނަރއެކެވެ. މި ކޯނަރަކީ ޖެކުއެލިން އެންމެ ގިނަ ވަގުތު ހޭދަކުރާ އަދި އެންމެ އިންނަ ހިތްވާ ކޯނަރެވެ. މި ތަނުގައި ފޮތް ހަރުގަނޑުގެ އިތުރަށް ބޭރުން ފެންނަ ހިތްގައިމުކަން ފާހަގަ ކޮށްލެވެ.
ނިދާ ކޮޓަރި
ޖެކުއެލިންގެ ކޮޓަރީގައި ފެހިކަންގަދަ ގަސްތަކާއި ޕޮޓްތައް ކުޑަދޮރު ކައިރި އަތުރާލާފައިވެއެވެ. މި ހިތްގައިމު ބޮޑު ކޮޓަރީގައިވާ އެނދުގައި އަޅާފައިވާ ހުދު ބެޑްޝީޓާއި ފިޔާތޮށި ކުލައިގެ ބާލީސްތައް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.
ބަދިގެ
ޒަމާނީ ފެންވަރަށް ހަދާފައިވާ މި ބަދިގޭގައި ތަފާތު ކުލަތަކުގެ ފުލޯރަލް މުށި ބޭނުންކޮށް އާޘާރީ ގޮތް ދައްކުވައިދީފައިވެއެވެ.
😍
ލޯބި ގޮލައެއް.