އާއްމުކޮށް މީހުން މަރުވުމުން ވަޅުލާ އުޅެނީ އެކަމަށްޓަކައި ތައްޔާރުކުރެވިފައިވާ ސަންދޯކަށްލުމަށް ފަހުއެވެ. ނަމަވެސް ނައިޖީރިއާއަށް ނިސްބަތްވާ މީހަކު މަރުވުމުން މި ވަނީ އަގުބޮޑު ބީއެމްޑަބްލިއު ކާރެއްގެ ތެރެއަށް އޭނާގެ ހަށިގަނޑު ލުމަށްފަހު ވަޅުލާފައެވެ.

އަޒްބޫކް ނަމަކަށް ކިޔާ މީހަކު އޭނާގެ ބައްޕަގެ ފުރާނަ ނެތް ހަށިގަނޑު، އަގުބޮޑު ކާރު ތެރެއަށް ލައި ވަޅުލިއިރު، އެ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

މިކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާއިރު، އެފަރާތްތަކުން ވަނީ ފައިސާއަކީ ހުރިހާ އެއްޗެއް ނޫންކަމަށް ބުނެފައެވެ. އަދި ކޮންމެ އެއްޗެއްގައި އެ މީހާ ވަޅުލި ނަމަވެސް މަރުވުމުން ކޮންމެ އިންސާނަކުވެސް އެއްތަން ކުރެވޭނީ އެއްގޮތަކަށް އެއްތަނަކަށްކަންވެސް ބައެއް މީހުން ވަނީ ބުނެފައެވެ. އަދި މަރުވެފައިވާ މީހަކު އެހާ އަގުބޮޑު އެއްޗަކުން ކުރާ ބޭނުން ތަކާއި މެދުވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ.

ނައިޖީރިއާގެ ނޫސްތައް ބުނާގޮތުގައި، އެ ކާރުގެ އަގު ގާތްގަނޑަކަށް 90،000 އެމެރިކާ ޑޮލަރަށް އަރާނެއެވެ.

މިއީ މިފަދަ އަގުބޮޑު ކާރެއްގައި މީހަކު ވަޅުލި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އަގުބޮޑު ކާރެއްގައި މީހަކު ވަނީ ވަޅުލާފައެވެ. ހަމަ އެހެންމެ ދުނިޔޭގެ ބައެއް ހިސާބުތަކުގައި، އަގުބޮޑު މުދަލާއި ގަހަނާތަކާއި އެކުވެސް މީހުން ވަޅުލައި ހަދައެވެ. އެފަރާތްތަކުން ޤަބޫލުކުރާގޮތުގައި، ލޯމަތިން ފެންނާން ނެތަސް، މަރުވުމުން އެމީހުން އެތަކެތި ބޭނުންކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފައްކާ

  2. ބޭރިކް ޖެކްސަން

    ކަލޯ
    އެމީހުން ހަމަ ގަމާރީ
    ފައްކަލީ އެއްނޫން

  3. ވަރަށް ތަފާތު

  4. ބައެއް މުޖުތަމައުގައި މިފަދައިން ކަން ކުރުމުން މަރުވިމީހާ އަށާއި ދިރިތިބި އެމީހާގެ ތިމާގެ މީހުންނަށް އިހްތިރާމާއި ޤަދަރު ލިބޭ. ދިވެހި މުޖުތަމައަކީ ވެސް އެފަދައިން މުއްސަދިންނަށް އިހްތިރާމް ލިބޭ މުޖުތަމައެއް