ކިއަރާ އަދްވާނީ އަކީ ބޮލީވުޑްގައި ވަރަށް ހަރުދަނާ ކަމާއި އެކު ފައި ސާބިތު ކޮށްގެން ރިއެކެވެ. އޭނާ ފެނިގެން ގޮސްފައިވާ ފިލްމުތަކުގެ ތެރޭގައި ''ކަބީރް ސިންގް'' (2019)، ''ގުޑް ނިއުޒް'' (2019)، އަދި ''ލަކްޝްމީ'' (2020) ހިމެނެއެވެ. އޭނާ ވަނީ އޭނާ އަށް ސަޕޯޓް ކުރާ ގިނަ މީހުން ތަކެއް ހޯދާފައެވެ.

ކިއަރާ އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ 2014 ވަނަ އަހަރުގެ ހެއްވާ މަޖާ ޑްރާމާ އެއް ކަމަށްވާ ''ފުގްލީ'' އިންނެވެ. އޭގެ ފަހުގައި އޭނާ އަށް 2016 ވަނަ އަހަރު ހިންދީ ސިނަމާގައި މަޝްހޫރު ވެގެން ގޮސްފައިވާ ''މިސް ދޯނީ: ދަ އަންތޯލްޑް ސްޓޯރީ'' އިން ފުރުސަތު ލިބިގެން ގޮސްފައިވެއެވެ.

އޭނާގެ ސަޕޯޓަރުން މިހާރު ކެތްމަދުވެފައި އެތިބީ މީހުންނާ ހަމައަށް އަންނަން ތައްޔާރުވަމުންދާ ސިދާތް މަލްހޮތްރާ އާއި އެކީ ފެނިގެންދާ ވިޝްނު ވަރުދާގެ ''ޝޭރްޝާހް'' އެވެ. އަދި މީގެ އިތުރުން އަނީސް ބާޒްމީގެ ''ބޫލް ބުލައްޔާއިން 2'' އިން ކާރްތިކް އާރްޔާން އާއި އެކީ ބަތަލާއެއްގެ ރޯލް އިން ކިއަރާ ފެނިގެން ދާނެއެވެ.

އަދި ރާޖް މެހެތާ ޑައިރެކްޓް ކޮށްފައިވާ '' ޖުގް ޖުގް ޖީޔޯ'' ބޮޑު ސްކްރީނަށް އަންނަ ދުވަހެއްގެ އިންތިޒާރުގައިވެސް އެތައް ބަޔަކު އެބަތިއްބެވެ. މި ފިލްމުގައި ފެނިގެންދާނީ ކިއެރާއާއި އެކީ އެކްޓްރުންގެ ގޮތުގައި ވަރުން ދަވަން އަދި އަނިލް ކަޕޫރެވެ.

އޭނަގެ މަސައްކަތުގެ ބިޒީ ޝެޑިއުލް އާއި އެކުވެސް އޭނާ އަބަދުވެސް ޗުއްޓި ހޭދަ ކުރުމަށް ވަގުތު ހޯދާ އުޅެއެވެ. ކިއަރާ އަކީ އެނާ ޗުއްޓީ ހޭދަ ކުރުމުގައި ނަގާފައި ހުން ފޮޓޯތަށް މީސްމީޑިއާގައި އާންމު ވަރަށް ގިނައިން ކުރަމުން ދާ މީހެއްވެސް މެއެވެ. އެގޮތުން އޭނާ ޔޯގާ ކުރަމުންދާ ފޮޓޯތައް ހިއްސާ ކޮށްފައެވެ. އަދި މީގެ އިތުރުން ވެސް އޭނާގެ ޗުއްޓީ ދަތުރުގެ ފޮޓޯތަށް އޭނާ އާންމުންނަށް ފެންނާނެހެން ހިއްސާކޮށްފައިވެއެވެ.