ޕްރިޔަންކާ ޗޯޕްރާގެ ކޮއްކޮ ސިދާތް ޗޯޕްރާގެ ކައިވެނި ކުރަން އުޅުނު އިޝީތާ ޗޯޕްރާ އެހެން މީހަކާއި ކައިވެނިކޮށްފިއެވެ.

ސިދާތް ކައިވެނި ކުރުމަށް މަދު ވަގުތުކޮޅެއް އޮއްވާ އެ ކައިވެނި ކެންސަަލް ކުރީ 2019 ވަނަ އަހަރު ތެރޭގައެވެ.

އިޝީތާ ކައިވެނިކޮށްފައި ވަނީ ލަންޑަންގައެވެ. އިޝީތާ ވަނީ އިންސްޓަގްރާމްގައި ފިރިމީހާއާއެކު ނަގާފައިވާ ފޮޓޯތައް ހިއްސާ ކޮށްފައެވެ. އޭގެ ތެރޭގައި ކައިވެނީގެ ފޮޓޯތައްވެސް ހިމެނެއެވެ.

އެ ފޮޓޯތަކުން އިޝީތާ ފެންނަނީ ވަރަށް އުފާވެރިކޮށެވެ.އޭނާ ހުރީ އިންޑިއާ ވައްޓަފާޅިއަށް ހެދުން އަޅައިގެންނެވެ. އެ ފޮޓޯތައް ހިއްސާ ކޮށް އޭނާ ބުނެފައި ވަނީ "އަހަރެންގެ ހުރިހާ ލޯބި" މިހެންނެވެ.

އެ ފޮޓޯ އާއްމު ކުރުމާއެކު ދެމަފިރިންނަށް މަރުހަބާ ކިޔައި މެސެޖްތައް ބަންޑުކޮށްލާފައި ވެއެވެ.

 

View this post on Instagram

 

A post shared by Ishita Kumar (@ishittaakumar)

ސިދާތް އާއި އިޝީތާގެ ކައިވެނި ކެންސަލް ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ އޭޕްރިލް މަސް ތެރޭގައި ކައިވެނި ކުރަން ތައްޔާރުވަމުން ދަނިކޮށެވެ. އެ ކައިވެނީގެ ހަފްލާއަށް ޕްރިޔަންކާ އާއި ޕްރިނީތީވެސް މުމްބާއީއަށް އައެވެ. ފަހުން އިޝިތާ ވަނީ ލަންޑަނަށް ބަދަލު ވެއެވެ.

އެ ކައިވެނި ކުރިއަށް ނުގެންދަން ނިންމި ހިސާބުން އިޝީތާ ވަނީ ލަންޑަނަށް އެނބުރި އައިސްފައިވާ ކަމަށް ބުނެފައެވެ. އަދި މަސައްކަތަށް ފޯކަސް ކުރުމަށް އުޅޭ ކަަމަށް ބުނެފައި ވެއެވެ.

އިޝިތާ ވަނީ ސިދާތް އާއެކު ކުރިން ނަގާފައި ހުރި ފޮޓޯތައްވެސް ޑިލިޓްކޮށްފައެވެ.