އަނބިމީހާގެ ވިއްކާލަން އުޅޭތީ އިނގިރޭސިވިލާތުގެ ފިރިހެނަކު އޭނާގެ ގެ އަމިއްލައަށް އަންދާލައިފިއެވެ.

މީޑިއާ ރިޕޯޓް ކޮށްފައިވާ ގޮތުން ނަމަ، ކެންފޯޑްގައި ހުންނަ ޖޯން މެކޮރީގެ ގެ އޭނާ އަންދާލާފައިވާއިރު، އެގެއަކީ 755،977 އެމެރިކާ ޑޮލަރުގެ އަގު ހުރި ގެއެކެވެ.

މި ހާދިސާ ހިނގާދިޔަ ގޮތް ފުލުހުން ތަހުގީގު ކޮށްފައިވާއިރު، ފުލުހުން ބުނެފައިވަނީ އެއީ ސަބަބުތަކަކާއި ލައިގެން މީހަކު ކުރި ކަމެއް ކަމަށެވެ. އެގޮތުން އެކަން ބެލި ބެލުމުން އޭނާ ގެ ރޯކޮށްލާފައިވަނީ އަނބިމީހާ ގެ ވިއްކާލަން އުޅޭތީ ކަމަށް ކަން ވަނީ އެނގިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ގެ ވިއްކާލުމުގެ ތިން ދުވަސް ކުރިން އޭނާ ގެ ރޯކޮށްލިއިރު ހުރީ މަސްތުގެ ހާލަތުގައެވެ. ޖޫން 17 ވަނަ ދުވަހުގެ ރޭ އޭނާ އަމިއްލަަށް މަސްތުވިއިރު، އަނބިމީހާ އެގޭގައި ހުރި ތަކެތި ބޭރު ކުރުމަށް އުޅުމުން އޭނާ ވަނީ އެކަމަށް ވެސް ދެކޮޅު ހަދާފައެވެ.

މި ގެއަކީ އިންސުއަރކޮށްފައިވާ ގެއެއް ނޫނެވެ. އެއީ އޭނޭ އެގޭގެ ޕްރިމިއަމް ދައްކާފައި ނުވުމުންނެވެ.

އޭނާ ވަނީ އެގެ އޭނާ އަމިއްލައަށް އަންދާފައި ނުވާ ކަމަށް ކޯޓުގައި ބުނެފައެވެ. އެހެން ނަމަވެސް އޭނާ މަސްތުހާލުގައި ހުރިކަމަށް އެއްބަސްވެފައި ވެއެވެ.