ދުނިޔޭގެ އެންމެ އުސް ފެރިން ވީލް ދުބާއީގައި ހުޅުވަން ތައްޔާރުވެއްޖެއެވެ.

މި އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ދުބާއީގައި ހުޅުވަން ތައްޔާރުވަމުންދާ ފެރިން ވީލްގެ އުސްމިނުގައި 250 މީޓަރު ހުންނަ އިރު މި ފެރިން ވީލް ވެގެންދާނީ ދުނިޔޭގެ މިފަދަ އެންމެ އުސް ފެރިން ވީލް އަށެވެ.

ދުނިޔޭގެ އެންމެ އުސް އިމާރާތްތައް އެންމެ ގިނައިން ހުރި އެއް ސިޓީއަށް ދުބާއީ ވާއިރު އެ ގައުމަކީ ދުނިޔޭގެ ފަތުރުވެރިންގެން އެންމެ މަގުބޫލު އެއް މަންޒިލްކަން ފާހަގަކޮށްލެވެއެވެ.

ދުބާއީގެ ބްލޫވޯޓާ އައިލެންޑްގައި ހަދާފައިވާ ފެރިން ވީލް އަށް މިހާރުވެސް ގިނަބައެއްގެ ލޯ ހުއްޓިފައިވާ އިރު މި ފެރިން ވީލްގެ އެންމެ މައްޗަށް ދެވޭއިރު ހުރިހާ ކޮޅަކުން ދުބާއީދުގެ ސަރަހައްދު 360 ޑިގްރީއަށް ފެންނާނެއެވެ.

މި ފެރީ ވީލްއަކީ އެންމެ އުސް ފެރީ ވީލް އަށް ވުރެ 200 އިންސައްތަ އުސް ފެރީ ވީލްއެއްކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ދުނިޔޭގެ އެންމެ އުސް ފެރީ ވީލްތައް ހުރީ ޔޫއެސްއޭގެ ލަސްވެގަސްގައި އާއި އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ.

ލާސްވެގަސް ގައި ހުރި ފެރީ ވީލްގެ އުސްމިނުގައި 167 މީޓަރު ހުންނައިރު ލަންޑަނުގައި ހުރި ފެރީ ވީލް ގައި ހުންނަނީ 135 މީޓަރެވެ.

ކިޔުންތެރިންގެ ހިޔާލު