ސައުދީ އަރަބިއްޔާގައި ކައިވެނިކޮށްގެން އުޅޭ ދެެމަފިރިއެއްގެ ދެމެދުގައި ޖެހުނު މައްސަަލައަކީ، ފިރިހެން މީހާގެ އާއިލާގެ މީހުން އަންހެން މީހާއާ ދިމާލަށް ކާޓޫން ކެރެކްޓާއެއްގެ ނަމާއި އަޅުވާ ކިޔާ މައްސަލައެވެ.
މި މައްސަލަ ހޫނުވެ އެންމެ ފަހުން މިދެމަފިރިން ވަނީ ވަރިވެފައެވެ. ފިރިހެން މީހާގެ އާއިލާއިން އަންހެން މީހާއަށް ޖެއްސުންކޮށް، އޭނާއާ މުހާބަތު ކުރަނީވެސް އެނިމޭޓެޑް ކެރެކްޓާއެއްގެ ނަމުންނެވެ.
މިގޮތަށް އާއިލާއިން އޭނާއަށް މަލާމާތް ކުރަނީ އޭނާއަކީ ހިކޮކޮށް ހުންނަ މީހެއް ކަމަށްވާތީ ކަމަށް އެ އަންހެން މީހާ ބުނެފައި ވެއެވެ.
"އެ މީހުން އަހަރެންގެ ފިރިމީހާ ކުރިމަތީގައި، އަހަރެންނާއި ގުޅޭގޮތުން ތަފާތު އެކި އެއްޗެހި ކިޔާއިރު، ފިރިމީހާވެސް އެކަމުގައި ބައިވެރިވޭ، މިކަމާއި އަހަރުމެން ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހުނީ".
އެ އަންހެން މީހާއަށް ނިސްބަތްކޮށް އެ މީހުން ކިޔާ ކާޓޫން ކެރެކްޓާގެ ނަން ހާމަކޮށްފައެއް ނުވެއެވެ.
ކައިވެނިކޮށްގެން އުޅޭ މީހުންނާއި ގުޅޭ އެކި ކޭސްތަކުގައި އާއިލާ މީހުންގެ ސަބަބުން ކައިވެނި ރޫޅޭ ހިސާބަށް ދެއެވެ. އެއީ ބައެއް ފަހަރު އާއިލާ މީހުން އޭނާއަށް ނުރުހުމުގެ ބަސް ބުނުންފަދަ ކަންކަމާއި، އާއިލާ މީހުން އޭނާ ކަމުނުގޮަސް ދައްކާ ތަފާތު ވާހަކަތަކުގެ ސަބަބުން ކައިވެނި ތެރޭގައި މައްސަލަ ޖެހި ރޫޅެން މެދުވެރިވެއެވެ.
އެކަމަކުވެސް ރާއްޖެ 1 ވަނައިގަ.