ސްރީ ލަންކާގެ ދުވަސްވީ އެކްޓަރެއް ކަމަށްވާ ހަޔަސެންތު ވިޖަރެޓްނީ ވޭން އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި ލަންކާގެ ފިލްމުތަކުން ފެންނަ އެކްޓަރު މަރުވެފައި ވަނީ ނޫރަލިއާގައި ހިނގި ވޭން އެކްސިޑެންޓެއްގައި ކަމަށެވެ. އުމުރުން 75 އަހަރުގެ އެކްޓަރު މަރުވި އިރު، އޭނާއަކީ ލަންކާގެ އެންމެ ދުވަސްވީ އެއް އެކްޓަރެވެ.

ވޭން ފުރޮޅާލައިގެން ހިނގި އެކްސިޑެންޓާ ގުޅިގެން ވޭން ދުއްވަން އިން މީހާ ވަނީ ހައްޔަރުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ވިޖަރެޓްނީ ދަތުރު ކުރަމުން ދިޔައީ ޑްރާމާއެއްގެ ޝޫޓިން ނިންމުމަށް ފަހު ކޮލަމްބޯއަށެވެ.

ވިޖަރެޓްނީގެ މަޝްހޫރު ޑްރާމާތަކުގެ ތެރޭގައި "ބިތު ސިތުވަމް"، "ކަރުމަކަރަޔޯ"، "ހޯ ގާނާ ޕޮކުނަ އެންޑް ތަރަކަ މަލް" ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު