ބޮލީވުޑުގެ ފަންނާނުންނާއި ވައްތަރު އެތައް ބަޔަކު ދަނީ މީސް މީޑިޔާގައި އެމީހުންގެ ފޮޓޯތައް ހިއްސާ ކުރަމުންނެވެ. އަދި އެ ފޮޓޯތަކަށް ދަނީ ގިނަ ބައެއްގެ ސަމާލުކަން ލިބެމުންނެވެ.

މިފަހަރު މީސް މީޑިޔާގެ ސަމާލުކަން ހޯދާފައިވަނީ އައިޝްވާރިޔާއާއި ވައްތަރު އާޝިތާ ސިންގްއެވެ. އާޝިތާ ސިންގްގެ މި ފޮޓޯތަކަށް ނުވަތަ އޭނާއަށް މީސް މީޑިޔާގައި ބޭނުން ކުރާ ނަމަކީ ''އައިޝްވާރިޔާގެ ޑުބްލިކޭޓް'' އެވެ.

އާޝިތާ ސިންގާ އެންމެ ފަހުން އިންސްޓަގުރާމުގައި ހިއްސާ ކޮށްފައިވާ ވީޑިއޯތަކަށް އެތައް ބަޔަކު ކޮމެންޓް ކޮށްފައިވާ އިރު ގިނަ މީހުން ބުނެފައިވަނީ އާޝިތާއާއި އައިޝްވާރިޔާއާއި ވައްތަރު ކަމަށެވެ.

މި ހުރިހާ ކޮމެންޓެއްގެ ތެރެއިން ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ކޮމެންޓުގައި ވަނީ ބޮލީވުޑު ނުވަތަ ޓޮލީވުޑު ފިލުމެއްގައި އެކްޓު ކުރުމަށް ފެށުމަށް އެދިފައެވެ. އަދި އާޝިތާ ފިލުމު ކުޅެން ފަށާފި ނަމަ އައިޝްވާރިޔާއަށް ފަހު އެންމެ ބޮޑު އަގެއްގައ ފިލުމު ކުޅޭ މީހަކަށް އާޝިތާ ވާނެ ކަމަށް ވެސް މި ކޮމެންޓުގައި ވެއެވެ.

 

View this post on Instagram

 

A post shared by Aashita Singh (@aashitarathore)

އަދި މީގެ އިތުރުން އައިޝްވާރިޔާއާއި އާޝިތާ އެއްމާބަނޑު ދެމީހުންގެ ރޯލު ކުޅުމަށް ވެސް އެންމެ ރަނގަޅު ވާނެ ކަމަށް ވެސް މި ކޮމެންޓުގައި ވެއެވެ.

އާޝިތާ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައިވާ ގިނަ ވީޑިއޯ ތަކުގައި ފެންނަނީ އައިޝްވާރިޔާގެ ފިލުމުތަކުގެ ޑައިލޮގުތަކަށް ލިޕްސިންކް ކޮށްފައިވާ މަންޒަރެވެ.

އާޝިތާގެ އިތުރުން ބޮލީވުޑޫގެ ބަތަލާ ސްނޭހާ އުލާލްއާއި، މަރާތީ ފިލުމު ބަތަލާ މަނާސީ ނައިކްއާއި، ޕާކިސްތާނު ޑޮކްޓަރ އާމްނާ އިމްރާން އަކީ ވެސް އައިޝްވާރިޔާއާއި ވައްތަރު ކަމަށް ބުނެއެވެ.