ބޮލީވުޑްގެ އެކްޓަރ ސަންޖޭ ދަތުގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ފިލްމް "ސަންޖޫ" ނެރޭ ދުވަސް ދަނީ ކައިރިވަމުންނެވެ. އެ ފިލްމްގައި ސަންޖޭގެ ހަޔާތުގެ ލައްކަ ވާހަކައެއް ކިޔާދޭނެއެވެ. މި ފިލްމްގައި ސަންޖޭގެ ރޯލުން ފެނިގެން ދަނީ ރަންވީރު ސިންގއެވެ.

މި ފިލްމާއި ގުޅޭގޮތުން މިހާރު ތަފާތު ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. މި ވާހަކަތައް ދެކެވެން ފަށާފައި ވަނީ ފިލްމްގުގެ ފުރަތަމަ ޓްރޭލާ ނެރުނު ހިސާބުންނެވެ އެގޮތުން މިހާރު އެންމެ ހަލުވިކަމަށް ދެކެވޭ އެއް ވާހަަކައަކީ ސަންޖޭގެ ލޯބިވެރިންގެ ދިގު ލިސްޓުގެ ވާހަކައެވެ.

ސަންޖޭގެ ހަޔާތުގެ މައްޗަށް ހަދާ އެ ފިލްމް ހެދުމަށް ރާޖް ކުމާރް ހިރާނީ ސަންޖޭ ގާތަށް 25 ދުވަސްވަންދެން ގޮސް ވާހަކަތައް ހޯދިކަމަށް އޭނާ ބުންޏެވެ. އަދި އޭނާ ގާތަށް ގޮސްފައި ވަނީ ޕޭރޯލްގެ ދަށުން މިނިވަން ވެފައި ވަނިކޮށް ކަމަށް ވެއެވެ. އަދި އެ 25 ދުވަސް ވަންދެން ކޮންމެ ދުވަހަކު ހަވީރު 15:00 އިން އަނެއް ދުވަހު ފަތިސް ވަންދެން އޭނާގެ ގާތަށް ވާހަކަ ހޯދަންދާކަމަށް ރާޖް ކުމާރް ބުންޏެވެ.

އެގޮތުން ސަންޖޭ 308 އަންހެނަކާއި ލޯބީގެ ގޮތުން ގުޅުނު ގޮތުގެ ވާހަކަވެސް ފިލްމުގައި ވަނީ ހިމަނާފައެވެ. އަދި ސަންޖޭ ފިލްމީ ދާއިރާއަށް ވަދެ ޑްރަގްގެ ތެރޭގައި އުޅުނު ދުވަސްތަކާއި، އޭނާ ފިލްމީ ދާއިރާގެ ހަޔާތް ވަރަށް ރަނގަޅަށް މި ފިލްމުން ފެނިގެން ދާނެއެވެ.

މި ފިިލްމްގެ ސަންޖޭގެ ރޯލުން ފެނިގެންދާ ރަންބީރު ބުނީ، ސަންޖޭގެ ހަޔާތުގެ މައްޗަށް ބުނާކޮށް ފިލްމެއް ކުޅުނަސް އަމިއްލަ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަން ބޭނުން ނުވާ ކަމަށެވެ. އަދި އޭނާއަށް ލޯބީގެ ގޮތުން ގުޅިފައި ވަނީ ދިހަ ވަރަކަށް އަންހެނުންނާއި ކަމަށް ރަމްބީރު ބުނެއެވެ.