ލަވަކިޔުންތެރިޔާ އަދި ނެށުމަށްވެސް ކުޅަދާނަ ޝަކީރާގެ އެންމެ ފަހުގެ ލަވަ 'ޔޫވިލް ސަވައިވް، އިޓްސް ޖަސްޓް ވަން ނައިޓް' އަށް އިންޓަނެޓުގައި ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

ޝަކީރާ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކުރި ވީޑިޔޯ ލަވައަށް ބޮޑު ސަމާލުކަމެއް ލިބެމުންދާއިރު އެއް ދުވަސްތެރޭގައި އެ ވީޑިއޯ ލަވައަށް 3.2 މިލިއަން ލައިކްސް ވަނީ ލިބިފައެވެ.

މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ޝަކީރާގެ ލަވައަށް ބޮޑު ސަމާލުކަމެއް ލިބުނުއިރު އޭނާގެ ލަވަތަކަކީ މީހުންގެ އިހުސާސްތަކާއި ކުޅެލާ އޭނާގެ ލަވަތައް ބަލަން އަދި އަޑުއަހަން އެންމެ ފުރިހަމަ ލަވަތައްކަންވެސް ފާހަގަ ކުރެވެއެވެ.

 

View this post on Instagram

 

A post shared by Shakira (@shakira)

ވޮލްޑްކަޕްގައި ޝަކީރާ ކިޔައިދިން ވައްކާވައްކާ އަކީ މިއަދާއި ޖެހެންދެންވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި މީހުންގެ ފޯނުގެ ރިންގްޓޯނަށްވެސް ބޭނުންކުރާ ހިތްގައިމު ލަވައެކެވެ. މި ލަވަ އަކީ ލަވަ ނެރުނު ދުވަހު އެތައް މިލިއަން ބައެއްގެ ސަމާލުކަން ހޯދި ލަވައެކެވެ.

މީގެ 11 އަހަރުކުރިން ނެރުނު ޝަކީރާގެ ލަވައަށް ޔޫޓުއިބް އިން މިހާރު 2.9 ބިލިއަން ވިއުސް ވަނީ ލިބިފައެވެ.

އުމުރުން 44 އަހަރުގެ ޝަކީރާ އަކީ ކޮލަމްބިޔާ އަށް ނިސްބަތްވާ ލަވަލިޔާ އަދި ލަވަކިޔާ ފަންނާނެކެވެ. އޭނާ ލޭބަލް ވެފައި ވަނީ ކުއީން އޮފް ލެޓިން މިއުޒިކްގެ ލަގަބުންނެވެ. އުމުރުން އެންމެ 13 އަހަރުގައި ޝަކީރާ ލަވަކިޔުމުގެ ދާއިރާއަށް ނުކުމެއްޖެ އެވެ.

ޝަކީރާ އެންމެ ފުރަތަމަ ނެރުނު ދެ ލަވަ އަލްބަލް ފެއިލް އަކަށްވިއިރު 2001 ވަނަ އަހަރު އޭނާ ނެރުނު ލޯންޑްރީ ސާވިސް ލަވަ އަލްބަމަށް ބޮޑު ސަމާލުކަމެއް ލިބި 13 މިލިއަން ކޮޕީސް ވިކުނެވެ. އަދި 2018 ވަނަ އަހަރު ފޯބްސްގެ އެންމެ ގިނަ ލަވަ އަލްބަމް ވިކުނު އާޓިސްޓުގެ ޝަރަފު ޝަކީރާއަށް ލިބިފައިވެއެވެ.