ލަވަކިޔުމުގެ ދާއިރާއިން މުހައްމަދު އަބްދުލް ޣަނީ (ތޭރަ) އާއި އޭނާގެ އަންހެނުން މަރިޔަމް އަޝްފާ އަކީ ފާހަގަކޮށްލެވޭ ދެމަފިރިންނެވެ.

ކައިވެނި ކޮށްގެންވެސް ލަވަކިޔުމުގެ ދާއިރާއިން ދެމީހުން އެކުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންދާ ޖޯޑެއްގެ ގޮތުގައި އަޝްފާ އާއި ތޭރަ ފާހަގަ ކޮށްލެވެއެވެ. އަޒޯނާ ޓޯކްޝޯގެ ތެރެއިން އަޝްފާ ތޭރައާއި މެދު ދެކޭގޮތް ވަނީ ގެނެސްދީފައެވެ. ތޭރަގެ އަންހެނުން އަޝްފާ އާއި އަލްސަން ފެނިގެންދާ އެ ވީޑިއޯ ކްލިޕްގައި ދެމީހުންވެސް ވަނީ ތޭރައާއި ބެހޭގޮތުން ވާހަކަތައް ހިއްސާކޮށްފައެވެ.

އަޝްފާ ބުނީ ތޭރަ އަކީ ވަރަށް އާދަޔާ ހިލާފަ މިޒާޖެއްގެ މީހެއް ކަމަށެވެ. ހުރިހާ ކަމެއްވެސް އެންމެ ފުރިހަމައަށް ކޮށްދޭ ކަމަށާއި އެއީ ވަރަށް ތަފާތު މީހެއް ކަމަށް އަޝްފާ ބުނެފައިވެއެވެ. ހަމަ އެހެންމެ އަލްސަން އަށް ވެސް އެއީ އެންމެ ފުރިހަމަ ބައްޕައެއް ކަމަށް އަޝްފާ ބުނެފައިވެއެވެ.

އަޝްފާ އާއި ތޭރަ - ފޮޓޯ: އަޝްފާ އިންސްޓަގްރާމް

"ވަރަށް ކުރުކޮށް ބުންނާނަމަ ބުނެވޭނީ ތޭރަ އަކީ އަސްލު ވަރަށް އާދަޔާ ހިލާފަ މިޒާޖެއްގެ މީހެކޭ. ވަރަށް ތަފާތު މީހެއް އެއީ. އެއްވެސް ކަމެއްގައި ހިތްހަމަ ނުޖެހިފައި ހުރި ކަމުގައި ވިޔަސް އެކަމެއް ނުދައްކާނެ. އޭގެ ބަދަލުގައި ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައަށް ކޮށްދޭނެ. ތޭރަގެ ޑިކްޝަނަރީގައި އެއްވެސް އިރެއްގައި ނީންނާނެ 'ނޯ' އެއް. އެހެންވީމަ ވަރަށް ތަފާތު މީހެއްގެ ގޮތުގައި ދެކެނީ. ބުރަކޮށް އުޅެމުންވެސް ކޮންމެ ކަމެއްވެސް، ކޮންމެ ގަޑިއެއްގައި ވެސް އެއްވެސް ވަރަކަށް ހިތްހަމަނުޖެހުމެއް ނެތި ކޮށްދޭނެ. އަޝްފާއަށް އެއީ ހަމަ 'ޕާފެކްޓް' ހަޒްބެންޑެއް" އަޝްފާ ބުނެފައި ވެއެވެ،

އަޝްފާއަށް އެއީ އެންމެ ފުރިހަމަ ފިރިޔެއްގެ އިތުރުން ދެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު އަލްސަން އަށް ތޭރަ އަކީ އެންމެ ފުރިހަމަ ބައްޕައެކެވެ. އަލްސަން ބުނީ ބައްޕަ އަކީ އަލްސަންގެ ދިރިއުޅުމުގައި ވަރަށް މުހިންމު މީހެއް ކަމަށެވެ. ބައްޕަ ވަރަށް ސަކަރާތް ޖަހާހިތްވާނެ ކަމަށާއި، އަލްސަން ގޭމް ކުޅެން އިންނަ ވަގުތު ވަރަށް ޖެއްސުން ކުރާ ކަމަށް ބުނެފައިވެއެވެ. ކޮންމެ ކަމެއްގައި ވެސް ވަރަށް ސަޕޯޓިވްވާނެ ކަމަށާއި، ފިލާވަޅު ނިންމާ ވަގުތުގައި ވެސް ބައްޕަ ވަރަށް އެހީތެރިވާކަން އަލްސަން ފާހަގަ ކުރިއެވެ.

އަޝްފާ ތޭރަ އަދި ދެމަފިރިންގެ ދަރިފުޅު - ފޮޓޯ: އަޝްފާ އިންސްޓަގްރާމް

ވީޑިއޯ ނިންމާލުމުން ތޭރަ ބުނީ އަލްސަން އަކީ ވަރަށް ބަސްމަދު ކުއްޖެއް ކަމަށެވެ. އެހެންވެ އެވަރަށް ވާހަކަ ދެއްކުމުން ވެސް އުފާވެއްޖެކަމަށް ތޭރަ ބުންޏެވެ. މުޅި ވީޑިއޯ ބެލި އިރުވެސް ބެލުނީ އަލްސަން އަށް ކަމަށާއި އަޝްފާ ވާހަކަ ދެއްކިއިރު އެހުނީ ހަމައެކަނި އަޑު ކަން އޭނާ ފާހަގަ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ވަގު

    އެހެންތާވާނީ ކޮންމެ ގޮތަކައްއުޅުނަސް އެއްޗެކޭބުނަން ނުކެރޭ ބުރުގާ އަޅާފަ ބޭލިޔަސް ނޭޅީޔަސް އޯކޭ ތޭރަހުންންނީ ބިރުން އެއްޗެކޭބުނަން ނުކެރިގެން ޖީލަ ގަދަކަމުން

    25
    1
    • ދާލް

      ދެން ތީނައަށް އެނގޭތަ ވަރިނުވެ އެތިބީ ކީއްވެކަން ޒީލަގަދަ އަންހެނެތްކަން އެނގޭއިރު.

  2. ޙާލަތު

    ޕާފެކްޓް ދައްޫޘެކޭ ބުނިނަމަ ޤަބޫލުކުރެވުމަކާ ގާތްވީސް..

    16
  3. ޢަލީ

    ބަލާބެލުމަށް އެހާޕާރފެކްޓް ވައްތަރު ނުޖަހާ

    20
    2
  4. ތުން ތުނާ

    ވަރަށް ފާ ޕެކެޓު ދޯ؟

    3
    2
  5. ދިޔާނާ

    މީހުނަށް ކަން ދެއްކިއަސް ބޮޑުވަރު. އަޝްފާ ކެޔޮ ކޭވަރު އެގޭނީ ބިތުފަންގި ނެގީމަ.

    18
    1
  6. ހުސޭނުބޭ

    މިނޫނީ އަދި އެހެން މީހަކަށް ޕާފެކްޓް ފިރިޔެއް ނުލިބޭ! މަވެސް މިހުރީ ހަމަ އަޖާބުވެފައި!

  7. ަސދަސދަ

    ދައްޔޫސުންނަކީ ކޮބާ ؟