މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ފަސް ވަނަ ކައިވެންޏެއް ކޮށްފި އެވެ.

އިއްޔެ ޔޫއްޕެ ކައިވެނި ކޮށްފައި ވަނީ ރ.އަތޮޅު މަޑުއްވަރީ އަންހެނަކާއިއެވެ. މިއީ އަންހެން މީހާގެ އަލަތު ކައިވެންޏެވެ.

ޔޫއްޕެގެ ފަސް ވަނަ ކައިވެންޏާއި ގުޅޭ ގޮތުން އޭނާގެ ބަހެއް އަދި ނުލިބެއެވެ.

ޔޫއްޕެ މީގެ ކުރިން ކުރި ހަތަރު ކައިވެނީގެ ތެރެއިން ދެކައިވެންޏަށް ދަރިން ލިބިފައި ވެއެވެ. އެއީ އޭނާގެ ފުރަތަމަ ކައިވެންޏަށާއި ދެވަނަ އަށް ކައިވެނި ކުރި ފިލްމީ ތަރި ފާތިމަތު ފަރީލާއަށެވެ.

ޔޫއްޕެ ތިން ވަނަ އަށް ކައިވެނި ކުރީ މިހާރު މާލޭ ސިޓީ ކައުންސިލް މެންބަރެއް ކަމަށްވާ ނަހުލާ އަލީ އާއިއެވެ. 2014 ވަނަ އަހަރު ކުރި އެކައިވެންޏަށް މާގިނަ ދުވަހެއް ނުވެ ވަނީ ރޫޅިފައެވެ. ކައިވެނި ރޫޅުނުއިރު ޔޫއްޕެ ނަހުލާއަށް އަނިޔާ ކުރި މައްސަލައެއް ވެސް ފުލުހުން ތަހްގީގު ކުރިކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ. އޭގެ ފަހުން ދެން ޔޫއްޕެ ކައިވެނި ކުރީ ދެކުދިންގެ މަންމަ އަކާއި ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ.

ޔޫއްޕެ މިހާތަނަށް ފަސް ކައިވެންޏެއް ކޮށްފައި ވީނަމަވެސް އޭނާގެ ޒާތީ ދިރިއުޅުމާއި ގުޅޭ ގޮތުން މީޑިއާގައި ވަރަށް މަދު ފަހަރަކު ނޫނީ ވާހަކައެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަހުމަދު

    ދެން މި ދިވެހިންތައް މަމޮޅޭ ވެގެން މޮޅު ވާހަކަ ދައްކާނެ މިކަމާ. ފާޑުކިޔާނެ ކަމެއް ނުފެނިފަ ތިބޭނި އަނގަޔާ އަތާ ދިމާނުވާ ހާލުގަ ތިއްބަސް. އެކަމް އަމިއްލަ މީހާގެ މިކަހަލަ ކަމަކާ މީހަކު އެއްޗެއްބުނާ އިރަށް ބުނާނެ ނުބެހޭ ކަންކަމާ ނުބެހިބަލާށޭ. ތިމާ ހެޔޮ ކަމާ ކަންފަށާފަ އެހެންމީހުންގެ ދިރިއުޅުމާ ބެހި ދިރިއުޅެންވީ ގޮތް ކިޔައިދީ ނޭފަތްބާނާ އަތް ބާނާ ހެދިޔަސް. ބަލަގަ ޔޫއްޕެ އަދި 3 ކައިވެނި ކުރިޔަސް ކަލޭމެން ޖީބަކުން އެއްވެސް އެއްޗެއް މަދެއްނުވާނެ.

    48
    5
    • ޢަޖީބު

      ކަލޭ ވެސް ޔޫއްޕެއާ އިންނަންވީނު.

      21
      7
  2. Anonymous

    ދެން މަށަށް ކީއް..

    33
    • ރ. އަތޮޅު

      މަށަށް ހެޔޮ ތިޔަ ޔޫސުބު 60 ކައިވެނި ކުރިޔަސް.

      38
      2
  3. ސާރާ

    މުސްކުޅިން ބުނާތީ އަޑުއިވޭ. އެއްފުޅަށް މަތިން ފުންމާލި ބަކަރި ހަތްފުޅަށްމަތިންވެސް ފުންމާލާނޭ.

    52
    1
    • މުސްކުޅިޔާ

      މުސްކުޅިން އެކަންޏެއް ނޫން ތިހެން ބުނަނީ. މިހާރުގެ ޒުވާނުންވެސް ތިހެން ބުނޭ.

      44
      2
  4. ޣަމާރު

    ޔޫއްޕެއާއި ފަސް ވަނައަށް ކައިވެނި ކުރި މީހާ ބުއްދަ ހަމަތަ؟

    39
    6
  5. އައްޑޫކުއްޖާ

    ޢެންމެ ފަހުން ފަރީލާ މަތީން ވެސް ފޫހިވީ..ހައްހައް

    33
    4
  6. ރާކަނި ސައްތާރު

    ތިޔައްވުރެ ހައްގު އެވޯޑެއް ނެތެއްނު...

    42
    5
  7. ޢިންޖިނިއަރ އާޑިލް

    ބުއްދި ސަލާމަތުން ހުރި އަންހެނަ ކު މި ކަހަލަ ކޫޑި އަ ކާ އެ ކު ޒަވާޖީ ހަޔާތެއް ނުފަށާނެ.

    36
    5
  8. ޙަލީ

    ޙިތާމަކުރަން އަލަތު ކައިވެނިކުރި ތިއަންހެންކުއްޖާގެ ދުސްދާތަން ފެންނާތީ

    41
    5
  9. މަޖީދު

    ގިނަ މީހުންނާ އިންނަ މީހުންނަކީ އެންމެ ނާކާމިޔާބު މީހުން ދިރި އުޅުމުގެ މައިދާނުގާ. ހަރުދަނާ ކާމިޔާބު މީހުންނަކީ ކުރާ ކައިވެނީގަ ދެމިތިބެ އިތު ކައިވެނިކޮން ކާމިޔާބު ކަމާއެކީ ކުރާ އިތުރު ކައިވެނިތައް ދަމަހައްޓާމީހުން.
    ޔޫޕެ މީ ހާދަ ނާކާމިޔާބު މީހެއްތާ. ލަދުކުޑަ ކަމުން އަދި އެބަ ނާކާމިޔާބުކަން އިއުލާނުވެސް ކޮށްލާ ހެހެހެ

    18
    7
    • ކެކެކެކެ

      ތިބުނާ އިތުރު ކައިވެނިތައްކޮށް ހުރިހާ އަނބިންތައް ކޯޅިފަ ފިރިގޮލާ ބަހައްޓާފަ އެމީހަކުއައިތާކަށް އެމީހަކު ހިނގައިދާނެ ލޮލް.

      3
      3
  10. އިބްރާހިމް

    ބޯ ހަލާ ކު ދިރިއުޅުމެއް.

    15
    2
  11. Anonymous

    ތި މީސްމީހުންނާއި އިންނަ މީހުން ތިބެނީ ސަލާމަތުންބާ

    19
    2
  12. ފުޖޭރާ

    ކިހާދެރަކަމެއް މިގައުމުގަ ރަންގަޅައް ފަސްވަގުތުނަމާދު ކޮށް ލައިގެން ރަންގަޅުއާމްދަނީއެއް ލިބުނަސް މިއުޅެނީ އިންނާނެ މީހަކުނުވެގެން މިވައްތަރައް އުޅެންޔާ އަންހެނުންވެސް ފައިސާވެސް އަރާމުދިރިއުޅުންވެސް މިލިބެނީ

    19
    3
  13. ޒަމީރު

    ކިރިޔާ ވެސް ދީނަށް ލޯބި ކޮށްގެން އުޅޭ މީހަކު 5 ކައިވެނި ކޮށްފި އޭ ކިޔާފަ ޚަބަރުގަ ލިޔުނު ނަމަ ހުންނާނެ މީހުން އެއްޗެހި ފަށެއް ކިޔާފަ.

  14. އދސާ

    އެމީހެއްގެ ޤާބިލުކަން ހުރިއްޔާ އިންނަންވީ..ކޮބާ މައްސަލަޔަކީ

    4
    2